ޚުޠުބާ: ސިޙުރާ ސިޙުރުގެ ނުރައްކާތެރިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން-

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 28ސ
ޚުޠުބާ: ސިޙުރާ ސިޙުރުގެ ނުރައްކާތެރިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން-

މާތް ގެ އަޅުތަކުންނޭވެ! މާތް އަށް تَقْوَى ވެރިވުމަށް، ތިޔަ އެންމެތަކުންނަށާއި، އަހުރެންގެ އަމިއްލަ ނަފްސަށް ވަޞިއްޔަތް ކުރަމެވެ. މާތް وَحِيْ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "މިއީ ރިވެތި ހަނދާން ކުރުމަކާއި، ޝަރަފެކެވެ. އަދި ހަމަކަށަވަރުން، تَقْوَى ވެރިންނަށް އެނބުރިދަނިވި ރިވެތި ވެގެންވާ ތަނެއް ވެއެވެ."  

މުސްލިމް އަޚުންނޭވެ! ސިޙުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެކެވެ. އެއީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެކެވެ. ތިޔަބައިމީހުން ސިޙުރުހާހޫރައާ ދުރުހެލިވާށެވެ! އަދި މުޞީބާތްތަކުން މިންޖުވުމަށާއި، ބޭނުންވާ ކަންކަމުގައި، އިޚްލާޞްތެރިކަމާ އެކު މާތް ގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ! އެކަލާނގެއީ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ. މާތް الله ވަޙީކުރައްވާފައި ވެއެވެ. -- މާނައީ: "އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ وَحِيْ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް دُعَاء ކުރާށެވެ! ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ دُعَاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަން ރަސްކަލާނގެއަށް (دُعَاء ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حَالُ، އެއުރެން ނަރަކަޔަށް ވަންނާނެތެވެ." 

މުސްލިމް އަޚުންނޭވެ! ސިޙުރާއި، ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލާމް ދީނުގައި އަންގަވާފައި ވެއެވެ. އެންމެ މުހިއްމު ކަމަކީ ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުމެވެ. ދެވަނަ ކަމަކީ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް މާތް الله ގެ ޙަޟްރަތުގައި دُعَاء ދެންނެވުމެވެ. މާތް الله ވަޙީކުރައްވާފައި ވެއެވެ. ---- މާނައީ: "އަދި ހަމަކަށަވަރުން، شَيْطَان އާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، މާތް الله ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ތިންވަނަ ކަމަކީ ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިވުމަށް ކީރިތި ރަސޫލާ z ގެ އަރިހުން ވާރިދުވެފައިވާ ދުޢާތައް ކިޔެވުމާއި، އެކަލޭގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތަށް ޢަމަލުކުރުމެވެ.  

ކީރިތި ރަސޫލާ z ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ރޭވެ އަނދިރިވާ ހިނދު، ނުވަތަ އިރުއޮއްސިގެން އަންނަ ހިނދު، ކުޑަކުދިން ބޭރަށް ނުކުތަނުދޭށެވެ! އެވަގުތު ޝައިޠާނުން ފެތުރިގަންނާނެއެވެ. ދެން ރޭވެ ގަޑިއެއްހައި އިރު ފަހުން އެކުދިން ދޫކޮށްލާށެވެ! ދެން ބިސްމި ކިޔައި، ދޮރުތައް ލައްޕާށެވެ! އެހެނީ ބިސްމި ކިޔައި، ލައްޕާފައި ހުންނަ ދޮރެއް ޝައިޠާނާ ނުހުޅުވާނެއެވެ! އަދި ބިސްމި ކިޔައި، ތިޔަބައިމީހުންގެ ފެންޖާޑިތައް މަތިޖަހާށެވެ! އަދި ބިސްމި ކިޔައި، ކަންވާރުތަކުގައި މަތިޖަހާށެވެ! ނުވަތަ އޭގެމަތީގައި އެއްޗެއް ހުރަސްކޮށް ބާއްވާށެވެ! އަދި ބައްތިތައް ނިއްވައިލާށެވެ!"[1] 

މުސްލިމް އަޚުންނޭވެ! އަހަރެމެންގެ މާތް ނަބިއްޔާ مُحَـمَّدٌ z ގެ މައްޗަށް صَلَوَات އާއި سَلَام  ލެއްވުން އެދި دُعَاء  ކުރާށެވެ! އެއީ، مُؤْمِنُ ންނަށް މާތް الله އަމުރު ކުރައްވާފައިވާ ކަމެކެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. "ހަމަކަށަވަރުން، މާތް الله އާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!

މިއަދު އޮންލައިން