ޝައިޠާނާގެ ބުރިކަށި ބިންދާލައި އޭތި ބަލިކޮށްލުމަށް އެންމެ މޮޅު ކަލިމައާ ޘަވާބު އިތުރުކުރަން ވީހާ ގިނަޢަދަދަކަށް ގިނައިން ކިޔަންވީ ކަލިމަ- ދޫމައްޗަށްވެސް ވަރަށް ފަސޭހަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޝައިޠާނާގެ ބުރިކަށި ބިންދާލައި އޭތި ބަލިކޮށްލުމަށް އެންމެ މޮޅު ކަލިމައާ ޘަވާބު އިތުރުކުރަން ވީހާ ގިނަޢަދަދަކަށް ގިނައިން ކިޔަންވީ ކަލިމަ- ދޫމައްޗަށްވެސް ވަރަށް ފަސޭހަ!

سفيان الثوري رحمه الله ވިދާޅުވިއެވެ. 

"ޝައިޠާނާގެ ބުރިކަށި ބިންދާލައި އެސޮރު ބަލިކޮށްލުމަށް "لا إله إلا الله" އަށްވުރެ މޮޅު ކަލިމައެއްނުވެއެވެ. އަދި ޘަވާބު އިތުރުކުރުމަށް "الحمد لله" އަށްވުރެ އިތުރުކަން ބޮޑު އެއްވެސް އެއްޗެއް ނުވެއެވެ." 

ޝައިޠޯނާގެ ކިބައިން ސަލާމަތްވެ ހުރުމަށާއި ޘަވާބު އިތުރުކުރަން މިދެ ކަލިމަ ކިޔުން ގިނަކުރާށެވެ! ވަކިތަނެއްގައި ހުރެގެނެއް ނޫނެވެ. ކޮންމެ ތަނެއްގައި ހުރެގެންވެސް ކިޔަންވީއެވެ. ކިޔާންވީ ވަކި ވަޤުތެއްވެސް ނެތެވެ. ކޮންމެ ވަޤުތަކުވެސް ކިޔަމުން ގެންދަންވީއެވެ. ކިޔަންވީ ވަކި ޢަދަދެއްވެސް ނެތެވެ. ވަޤުވީ ވަރަކުން ކިޔަމުން ގެންދަންވީއެވެ.

 

މިއަދު އޮންލައިން