ކޮންމެހެންވެސް ކިޔާލައި އެކުވެރިންނަށް ޙިއްޞާވެސް ކޮށްލާތި! ކައްވަޅުން އޭނާގެ ހުވަފަތް އަނބިމީހާއަށް ފޮނުވި މިސިޓީއަށް ޢަމަލުކޮށްފިނަމަ ސުވަރުގެ ވަނުމަށް މަގުފަހިވާނެ އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ކޮންމެހެންވެސް ކިޔާލައި އެކުވެރިންނަށް ޙިއްޞާވެސް ކޮށްލާތި! ކައްވަޅުން އޭނާގެ ހުވަފަތް އަނބިމީހާއަށް ފޮނުވި މިސިޓީއަށް ޢަމަލުކޮށްފިނަމަ ސުވަރުގެ ވަނުމަށް މަގުފަހިވާނެ އިން ޝާ ﷲ

އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާ ކުއްލި ގޮތަކަށް ވަނީ ނިޔާވެފައެވެ. ނިޔާވިފަހުން އޭނާގެ އުޅުމަށްވަނީ ނުރަނގަޅު ބަދަލުތަކެއް އައިސްފައެވެ. އޭނާއަށް ވިސްނައިދޭން ކުރެވިދާނެ ކަމެއް ބުނެދެއްވާ!

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެކުވެރިޔާ ރުޅި ނުއަންނާނެ ގޮތަށް ވިސްނައިގެން ހެޔޮ ނަޞޭޙަތްދެމުން ގެންދާށެވެ. އަދި އޭނާއަށްޓަކައި ހެޔޮދުޢާވެސްކުރަމުން ގެންދާށެވެ. ތިރީގައިވާ ލިޔުމަކީވެސް ވަރަށް އަގުހުރި ނަޞޭޙަތެކެވެ. ޙިއްޞާކޮށްލާށެވެ!

އިބްރާހީމްގެ ހުވަފަތް އަނބިމީހާ ނިދީ އާދައިގެމަތިން ހަމަ ރަނގަޅަށް ހަމަޖެހިލައިގެންނެވެ. ޛިކުރުތައްވެސް ކިޔައިގެންނެވެ. ނިދިޖެހުނުތަނާހެން (ހުވަފެނުގައި) އަތަށް ލިބެނީ ސިޓީއެކެވެ. އަވަސް އަވަހަށް ހުޅުވައިގެން ކިޔައިލިއެވެ.

"އޭ އަހުރެންގެ ލޯބިވާ ބައިވެރިޔާއެވެ. ތަޤްދީރުގައި ދެމީހުންނަށް ދުނިޔޭގައި އެކުގައި ހޭދަކުރެވެން އޮތް މުއްދަތު ހަމަވުމުން ދެމީހުންގެ ހަށިގަނޑު މިވަނީ ދެތަންވެފައެވެ. ދެން ދުވަހަކުވެސް ދުނިޔެއިން ބައްދަލުނުވާނެ ގޮތަށެވެ.

ތިބާ އަހރެންގެމަތިން އެބަ ހަނދާންކުރަމުއެވެ. އަހުރެންގެ ރަނގަޅުވާހަކަތައްވެސް އެބަ ދައްކަމުއެވެ. އަހުރެންނަށްޓަކައި ހެޔޮ ދުޢާކުރާކަމަށް އެބަބުނަމުއެވެ. ނަމަވެސް ހިތަކުން ނުކުރަމުއެވެ. އެހެންވެ އެކަމުގެ އެއްވެސް ފައިދާއެއް އަހުރެންނަކަށް ނުކުރެއެވެ.

އެންމެ ބޮޑަށް ދެރަވަނީ އަހުރެން ދުނިޔެދޫކުރި ފަހުން ތިބާ އަޅުކަމާއި ދުރުހެލިވެފައިވާތީއެވެ. ހުއްދަނޫން ގޮތުގައި ހިލޭ ފިރިހެނުންނާއި ބައްދަލުކުރާތީއެވެ. ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަޢުރަ ނިވާނުކުރާތީއެވެ. މިބުނަނީ އަދިވެސް ބުރުގާ ނާޅައި އުޅޭ ވާހަކައެވެ. ތިބާ އަވަހަށް މަރުވުމަކަށް ނުއެދެމެވެ. ނަމަވެސް މަރުވާނެ ވަޤުތަކީ އެއްވެސް މީހަކަށް އެނގޭ އެއްޗެއް ނޫނެވެ.

އަހުރެންގެ އެންމެ ބޮޑު އުންމީދަކީ ދުނިޔޭގައިވެސް އެކުގައި ލޯބިން އުޅުނު ފަދައިން ދެމީހުން އެކުގައި ސުވަރުގޭގައިވެސްވުމެވެ. ނަމަވެސް އެކަން ޙާޞިލުކުރެވެން އޮތީ ތިބާއަށްވެސް ސުވަރުގެ ވަދެވިގެންނެވެ. ސުވަރުގެ ވަދެވޭނީ ﷲ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެގެންނެވެ.

އަހުރެންނަށްވުރެ މާރަނގަޅު ފިރިހެނަކާއިވެސް ތިބާއަށް ބައްދަލުވެވިދާނެއެވެ. އަދި އެއީ ފަހުގެ ފިރިމީހާކަމަށްވުމުން ސުވަރުގޭގައި ތިބާވާނީ އޭނާއާއިއެކުގައިކަމަށްވެސް ވެދާނެއެވެ. ނަމަވެސް ވިސްނައިލާށެވެ! އޭނާ އާއިއެކުގައިވެސް ސުވަރުގެ ވަދެވޭނީ ފުރިހަމަ ގޮތުގައި ﷲ އަށް ބިރުވެތިވެގެންނެވެ. ދުނިޔޭގައި ދިރިއުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެގެންނެވެ. އަހުރެންނަށް ދެވަނަ މިފަދަ ސިޓީއެއް ނުފޮނުވިދާނެއެވެ. ވީމާ މިސިޓީގައި މިބުނި ކަންކަން ރަނގަޅަސް ހަނދާނުގައި ބަހައްޓައި އަދި ޢަމަލުކުރާނެކަމަށްވެސް އުންމީދުކުރަމެވެ.

--ސުވަރުގޭގައިވެސް ތިބާ އާއިއެކުގަވުމަށް އެދޭ އިބްރާހީމް"

ސިޓީ ކިޔައި ނިމުނުތަނާ ސިއްސައިގެން ހޭލެވިއްޖެއެވެ. އަތުގައި ސިޓީ އޮތްތޯ ބަލައިވެސް ލެވިއްޖެއެވެ. ނަމަވެސް އެ ސިޓީ އަތަކު ނެތެކެވެ. އެއީ ހަމަ ފެނުނު ހުވަފެނެކެވެ. އެހެނަސް އެސިޓީގައިވާ ކަންކަން އަކުރުން އަކުރަށް އޭނާ އަބަދުވެސް ހަނދާނުގައި ބެހެއްޓިއެވެ. ފިރިމީހާ އެދިފައިވާ ގޮތަށް ޢަމަލުތައް ސީދާކުރިއެވެ.

 

ކޮންމެ "އަންތބަކަށް" މިފަދަ ސިޓީއެއް ނުލިބިދާނެއެވެ. ނަމަވެސް މިސިޓީއަށް ހުރިހާ ހުވަފަތް އަންހެނުންވެސް ޢަމަލުކޮށްފިނަމަ އެކަމުގެ ފައިދާކުރާނެއެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން