ބޮޑުބައްޔެއްގަ އުޅެންޖެހިފައިވާނަމަ މިދުޢާކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ބޮޑުބައްޔެއްގަ އުޅެންޖެހިފައިވާނަމަ މިދުޢާކުރައްވާ!

ބޮޑެތި ބަލިތަކުގައި އުޅެންޖެހިފައިވާ މީހުން ވަރަށް ގިނައެވެ. ކެތްތެރިކަމާއިއެކު މިދުޢާ ކުރައްވަމުން ގެންދަވާށެވެ! މިއީ އައްޔޫބްގެފާނަށް ޖެހިވަޑައިގެންނެވި ބޮޑު އާލާސްކަންފުޅުގައި އެތައް އަހަރެއްވަންދެން ކެތްތެރިވެވަޑައިގެންނެވުމަށްފަހު ﷲ ތަޢާލާގެ ޙަޟްރަތަށް ކުރެއްވެވި ދުޢާއެވެ. މިދުޢާ ވަނީ ވަޤުތުން ޢިޖާބަ ކުރައްވަވައިފައެވެ.  

ހަނދުމަކުރާށެވެ! ދުޢާކުރަންވާނީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުންނެވެ.  

﴿83 ۞ وَأَيُّوبَ إِذْ نَادَىٰ رَبَّهُ 

أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ 

"އަދި އައްޔޫބުގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ދުޢާ ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، ރަޙްމަތް ލައްވާ، އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ."

(އަލް އަންބިޔާ: 83)  

މިދުޢާ ކުރުމާއިއެކު މިފަދައިންވެސް ދުޢާކުރައްވާށެވެ!  

ޔާ ﷲ! މިއަޅާއަށް މިވަނީ ބަލިމަޑުކަމެއް ޖެހިފައެވެ، އިނބަ ﷲ މެނުވީ މިއަޅާއަށް ޝިފާއެއް ދެއްވެވޭނޭ ފަރާތެއް ނުވެއެވެ. މިއަޅާއަށް ރަޙުމްކުރައްވަވައި ޝިފާ ދެއްވަވާނދޭވެ! އިނބަ ﷲ އީ މީސްތަކުންނަށް ރަޙުމް ކުރައްވަވާ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ.އާމީން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން