ދަރީން ތަރުބިއްޔަތު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން- 3

ކިޔުމަށް ހޭދަވާނީ 2މ 13ސ
ދަރީން ތަރުބިއްޔަތު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން- 3

ޢާއިޝަތު ރަފާޙް ޢަލީ

· ދަރީންނަށް ރަނގަޅު އިސްލާމީ އަޚްލާޤު ދަސްކޮށްދިނުން: 

ދަރީންގެ ކިބައިގައި އަށަގަންނުވަން ޖެހޭނެ އަދި އެންމެ އިސްކަންދޭންެޖެހޭނެ ކަމަކީ އިސްލާމީ އަޚްލާޤެވެ. އެގޮތުން އިސްލާމީ އަޚްލާޤުގެ ތެރޭގައި ހިމެނޭ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ޙިލްމުވެރިކަމާއި، ލަދުވެތިކަމާއި، އިޚްލާޞްތެރިކަމާއި، މަޢާފް ކުރުމާޢި، ހިތްވަރުގަދަ ކަމާއި، ޢިއްފަތްެރިކަމާއި އަދިވެސް އަޚްލާޤީ ރިވެތި ސިފަތައް އަށަގަންނަވުމަކީ ވަރަށް މުހިއްމު ކަމެކެވެ. 

އަދި މިކަންކަމުގެ އިދިކޮޅު ސިފަތަކުން ލިބޭ ގެއްލުން މައިންބަފައިން ދަރީންނަށް ބަޔާންކޮށްދޭން ޖެހެއެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

كلُّ مولودٍ يولَدُ على الفطرةِ فأبواه يُهوِّدانِه أو يُنصِّرانِه أو يُمجِّسانِه

މާނައީ: ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަން ވަނީ ފިޡުރަތުގެ ސާފުކަން މަތީގައެވެ. އެކުއްޖާ ޔަހޫދީއަކަށްވެސް އަދި ނަސާރާއަކަށްވެސް އަދި މަޖޫށީއަކަށްވެސް ހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ.

އެގޮތުން ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށްޓަކައި އެންމެ އިސްކަމެއް ދޭން ޖެހޭނެ އެއް ކަމަކީ އެކުދީންގެ ރަޙްމަތްތެރީންނަކީ ކޮންކަހަލަ ބައެއްކަން ބެލުމެވެ. ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ."ރަނގަޅު ރަޙްމަތްތެރިއަކާއި ގޯސް ރަހްމަތްތެރިއެއްގެ މިސާލަކީ އަތަރު ވިއްކާ މީހަކާއި ދަގަނޑު ތަޅާ މީހެއްގެ މިސާލެވެ." 

ދެވަނަ ކަމަކަށް މީޑިއާގެ ވަސީލަތްތަކުން އެކުދީންނަށް ދަސްވަނީ ނުރަނގަޅު އެއްޗެހި ކަމުން އެފަދަ އެއްޗެހިން އެކުދީން ސަލާމަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ މީޑިއާގެ ވަސީލަތްތަކުން ދަސްކޮށްދެނީ އަޚްލާޤީ ގޮތުން ދަށް ފެންވަރުގެ އެއްޗިއްސެވެ. އަދި ގިނަފަހަރަށް ނަސޭހަތް ދިންނަމަވެސް އެފަދަ ވެއްޓެއްގައި ދަރީން ބޮޑުކުރާނަމަ ހަލާކުގެ ތެރެއަށް ދިޔުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. 

އެހެންކަމުން ދަރީން ގެއާއި ގެއިން ބޭރުގައި އަޚްލާޤު ބަހައްޓާގޮތާއި، މިފަދަ ވަސީލަތްތައް ބޭނުން ކުރަނީ ކިހިނެއްތޯ ބަލަން ޖެހެއެވެ. އަދި ނުބައި ޢަމަލުތަކަށް މަގުފަހި ވާނަމަ އެފަދަ ކަންކަމުން ސަލާމަތް ކުރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މިއަދު އޮންލައިން