ކައިވެނިކުރެވެން އޮވެމެ އަދި ތައްޔާރުނުވެވޭކަމަށް ވިސްނި ކައިވެނިކުރުން ލަސްކުރެވޭނަމަ ގިނަގިނައިން އަޢޫޛްކިޔައި އަސްތަޣްފާރުވެސް ކުރާށެވެ! ސަބަބުވެސް މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކައިވެނިކުރެވެން އޮވެމެ އަދި ތައްޔާރުނުވެވޭކަމަށް ވިސްނި ކައިވެނިކުރުން ލަސްކުރެވޭނަމަ ގިނަގިނައިން އަޢޫޛްކިޔައި އަސްތަޣްފާރުވެސް ކުރާށެވެ! ސަބަބުވެސް މިއޮތީ!

ކައިވެނިކުރަންވީ ލައްކައިން މުސާރަ ލިބެން ފެށުމަކުންނޫނެވެ. އަދި ދިރިއުޅޭނެ އުސްޢިމާރާތެއް އެޅުމަކުންވެސް ނޫނެވެ. ފިރިހެން މީހާއަށް ލިބޭ އާމްދަނީން ދެމީހުންނަށް މިނިވަންކަމާއިއެކު ދިރިއުޅެލެވޭނެ ފެންވަރުހުރި ނަމަ އޮތީ އަވަހަށް ކައިވެނިކުރުމެވެ.  

ކައިވެނިކުރަން އަދި ތައްޔާރުނުވާކަމަށާއި ހަމަޖެހިލެވެންދެން މަޑުކޮށްލުމުގެ ވިސްނުމަކީ ޝައިޠޯނާދޭ ވިސްނުމެވެ. ބޭނުމަކީ ކައިވެނި ލަސްކުރުވައި ދެމީހުން ލައްވައި ފާފަކުރުވައި ކައިވެނީގެ ބަރަކާތް ކަނޑުވައިލުމެވެ.  

ވީމާ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުރުމަށް އަޢޫޛް ކިޔުން ގިނަކޮށް ޝައިޠޯނާ ދުރަށް ފައްސަމުން ގެންދާށެވެ. އަދި އަސްތަޣްފާރުކުރުން ގިނަކުރާށެވެ. އަސްތަޣްފާރުކުރުން ގިނަކުރުމަކީ ތިމާ އެދޭކަންކަން ހިންމަވައިދެއްވެވުމަށް އޮތް އެންމެ ފަހި ޢަމަލުތަކުގެ ތެރެއިންވެސް ފަހިކަންބޮޑުވެގެންދާ ކަމެކެވެ. އިން ޝާ ﷲ  

އަންހެނުންނަށް ބުނެލަން އޮތީ ކައިވެނިކުރަން އަމިއްލައަށް އެކަނިއެކަނި އެކަން ނުނިންމާށެވެ! ޢާއިލާއާއި މަޝްވަރާކުރާށެވެ! ޢާއިލާ މެދުވެރިކޮށް އޭނާގެ ޢާއިލާ އާއި މަޝްވަރާކުރާށެވެ! އޭނާގެ ޙަޤީޤަތް ރަނގަޅަށް އޮޅުންފިލުވާށެވެ!  

މިހެން ބުނަންޖެހޭ ސަބަބަކީ ކަމެއް ނުރަނގަޅު ގޮތަކަށް މެދުވެރިވެއްޖެނަމަ އަންހެނުންނަށް އަބަދުވެސް އެނބުރިދާންޖެހޭނީ އޭނާގެ ޢާއިލާގެ ގާތަށް ކަމުގައިވާތީއެވެ. ވީމާ ޢާއިލާގެ މަޝްވަރާގެ މަތިން ކަންކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައިވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން