ކިތަންމެ ބޮޑަށް ލޯބިވިނަމަވެސް އަނިޔާވެރިވި މީހާގެ ފަހަތުން ދުވާ މީހަކަށް ގާތީ ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް ނުލިބުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކިތަންމެ ބޮޑަށް ލޯބިވިނަމަވެސް އަނިޔާވެރިވި މީހާގެ ފަހަތުން ދުވާ މީހަކަށް ގާތީ ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް ނުލިބުން!

ކައިވެނިކޮށްގެން އެކުގައި ތިބިނަމަ ތިމާއަށް އަނިޔާލިބުނަސް އެއީ ކެތްތެރިވެވޭވަރުގެ ކަންކަން ކަމުގައިވެފައި އަދި ކެތްތެރިވެލައިފިނަމަ ރަނގަޅު ގޮތެއް މެދުވެރިވެދާނެ ކަމުގެ އުންމީދު އޮތްނަމަ ކެތްތެރިވެލުމަކީ އެންމެ ރަނގަޅު ގޮތެވެ. އެކަމުން ލިބޭ ކާމިޔާބީގައި އުފާވެރިކަން އިތުރުވެފައިވެސް އެބަހުއްޓެވެ. 

ހަމައެއާއިއެކު ވިސްނާލަން ޖެހޭނެ ކަމެއް އެބައޮތެވެ. އެއީ އެމީހަކު ދެކެ ކިތަންމެ ބޮޑަށް ލޯބިވީ ނަމަވެސް ތިބާއަށް އަނިޔާވެރިވެ ތިބާ ދޫކޮށްލާފައިވުމެވެ. ކިތަންމެ ބޮޑަށް ލޯބިވީނަމވެސް އަނިޔާވެރިވެ ތިބާ ދޫކޮށްލައިފިނަމަ އެމީހެއްގެ ފަހަތުން ނުދުވާށެވެ. އެގޮތަށް ފަހަތުން ދުވާ މީހުންނަށް ގާތީ ދުވަހަކުވެސް އުފާވެރިކަން ނުލިބުމެވެ.  

އޭނާއަށް ވިސްނޭނީ ކޮންމެ ގޮތަކަށް ތިބާއާއިމެދު ކަންކަން ކުރިނަމަވެސް ފުދިގެން ހުންނާނެކަމެވެ. ވީމާ އެއްވެސް ކަމެއް އިޞްލާޙްކުރާކަށް ބޭނުމެއް ނުވާނެއެވެ. އަދި އެމީހެއްގެ ނުބައިކަން ދެއްކުމާއި އަނިޔާވެރިވުން ގެންދާނީ އިތުރުކުރަމުންނެވެ.  

މިމެސެޖް އަހުރެން މިދެނީ އަންހެނުންނަށް ނުވަތަ ފިރިހެނުންނަކަށް ނޫނެވެ. އަންހެނުންނަށާއި ފިރިހެނުންނަށެވެ. ސަބަބަކީ ކޮންމެ މީހަކަށްވީނަމަވެސް މީހަކު ދެކެ ލޯބިވާއިރު އެންމެ ފުރަތަމަ ލޯބިވާންޖެހޭނީ އަދި އެންމެ ބޮޑަށް ލޯބިވާންޖެހޭނީވެސް ތިމާގެ އަމިއްލަ ނަފްސްދެކެއެވެ. އަނެކަކު ދެކެ ލޯބިވާންވާނީ އެމީހަކު ތިމާދެކެ ލޯބިވާނަމައެވެ.  

ތިމާގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އެއްވެސް މީހަކު ދެކެ ލޯބިވެއްޖެނަމަ އެކަމުން ތިމާއަށް ލިބޭނީ އަނިޔާއެވެ. ވީމާ ތިމާގެ ހަށިގަނޑަށް އަދި ތިމާގެ އިޙްޞާޞްތަކަށް ލޯބިދޭން ބޭނުންނުވާ މީހަކުދެކެ ތިމާ ލޯބިވެގެން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.  

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން