ދަރީން ތަރުބިއްޔަތު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން- 4

ކިޔުމަށް ހޭދަވާނީ 3މ 7ސ
ދަރީން ތަރުބިއްޔަތު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން- 4

ޢާއިޝަތު ރަފާޙް ޢަލީ

 

· ﷲ ތަޢާލާގެ ފަރާތުން މަދަދަށް އެދުމާއި ދަރީންނަށް ބަދު ދުޢާ ނުކުރުން: 

ﷲ ތަޢާލާއަކީ ހުރިހާ ކަމަކަށް ކުޅަދުއްވަންތަ ރަސްކަލާނގެއެވެ. އަދި ކޮންމެ ކަމެއް ކުރުމުގެ ކުރީންވެސް ﷲ ތަޢާލާގެ ޙަޟްރަތުން މަދަދަށް އެދި ދުޢާ ކުރަން ވާނެއެވެ. ހުރިހާ ކަމެއްވެސް ވާނީ ﷲ ތަޢާލާ އިރާދަކުރެއްވުމުންނެވެ. މީގެ އިތުރުން މައިންބަފައިން އެމީހުންގެ ދަރީންނަށް ތެދުމަގު ދެއްކެވުން އެދި އަބަދުވެސް ދުޢާ ކުރަން ވާނެއެވެ. 

ބަދު ދުޢާ ކުރުމަކީ ދަރީންނަށް އެކަމުގެ ނުރަނގަޅު އަސަރު ދަރީންނަށް ކުރާ ކަމެކެވެ. ދަރީންނަށް ކުރާ ބަދު ދުޢާވެސް ﷲ ތަޢާލާ އިޖާބަކުރައްވަވާނެއެވެ. އެހެންކަމުން ބަދު ދުޢާ ކުރުމުން ރައްކާތެރިވާން ޖެހެއެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވަވާފައިވެއެވެ. 

لَا تَدْعُوا عَلَى أَنْفُسِكُمْ ، وَلَا تَدْعُوا عَلَى أَوْلادِكُمْ ، وَلَا تَدْعُوا عَلَى أَ

مْوَالِكُمْ ، لَا تُوَافِقُوا مِنْ اللَّهِ سَاعَةً يُسْأَلُ فِيهَا عَطَاءٌ فَيَسْتَجِيبُ لَكُمْ

މާނައީ: “ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ ދަރީންގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ މުދަލުގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. ﷲ ގެ ޙަޟްރަތުގައި ކަމަކަށް އެދި އެވަޤުތުގައި ދެންނެވުމުން އިޖާބަކޮށްދެއްވާ ވަޤުތަކާ ދިމާ ނުވުމަށްޓަކައެވެ. ފަހެ، އެފަދަ ވަޤުތަކާ ދިމާވެއްޖެނަމަ އެދުޢާ ތިޔަބައިމީހުންނަށް އިޖާބަކުރައްވާނެއެވެ. " 

ދަރީންނަށް ބަދު ދުޢާ ކުރުން ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ނަހީ ކުރައްވާފައިވެއެވެ. މުދަލާއި ނަފްސުތަކުގެ މައްޗަށްވެސް ބަދު ދުޢާ ކުރުން ނަހީ ކުރައްވާފައިވެއެވެ. 

ރަސޫލާ ޞައްލަޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

(ثَلاثُ دَعَوَاتٍ يُسْتَجَابُ لَهُنَّ لا شَكَّ فِيهِنَّ : دَعْوَةُ الْمَظْلُومِ ، وَدَعْوَةُ الْمُسَافِرِ ، وَدَعْوَةُ الْوَالِدِ لِوَلَدِهِ )

މާނައީ “ތިން މީހެއްގެ ދުޢާ އިޖާބަވުމާމެދު ޝައްކެއްނެތެވެ. އަނިޔާ ލިބެމުންދާ މީހާގެ ދުޢާއާއި،  ދަތުރުވެރިޔާގެ ދުޢާ އާއި ބައްޕަ ދަރިފުޅަށް ކުރާ ދުޢާއެވެ.”

މިއަދު އޮންލައިން