ކަމެއް ދިމާވާއިރަށް ލޯބިވެރިޔާ ދޫކޮށްލާ، ކައިވެނި ރޫޅައިލާ މީހަކަށް ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް ނުއުޅެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކަމެއް ދިމާވާއިރަށް ލޯބިވެރިޔާ ދޫކޮށްލާ، ކައިވެނި ރޫޅައިލާ މީހަކަށް ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް ނުއުޅެވޭނެ!

ޒަވާޖީ ހަޔާތެއް ފަށައި ކުރިއަށްދާއިރު ކަމެއް ކުރިމަތިވާއިރަށް ކައިވެނި ރޫޅައިލާ އެއްވެސް މީހަކާއިއެކު ދިރިއުޅުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ސަބަބަކީ ކުރިމަތިވާ މައްސަލަތައް ޙައްލުކޮށްގެން އެކުގައި ދިރިއުޅެން މަސައްކަތްނުކުރާ މީހަކަށް މައްސަލަތައް ޙައްލުކުރަން ދަސްނުވާނެތީއެވެ.  

ކައިވެނީގެ ކުރިން ލޯބިވެގެން އުޅުމުގައިވެސް މެދުވެރިވަނީ މިފަދަ ގޮތެކެވެ. ދުވަސްކޮޅަކު އެކުގައި އުޅެލާފައި ވަކިވެގެންދާ މީހުންނަށް އަބަދުވެސް ކުރަންޖެހޭނީ ތަފާތު ތަޖުރިބާއެކެވެ. ކުރިން ކުރަންޖެހުނު ތަޖުރިބާއިން ފައިދާއެއް ކުރިކަމަށްވާނީ ނުވަތަ ފައިދާއެއް ކުރާނީ އެކަން ހައްލުކޮށް އެމީހަކާއި އެކުގައި ހުރިނަމައެވެ.  

ދެން އޮތީ އެއްވެސް މައްސަލައެއް ނުޖެހި ދިރިއުޅުމެވެ. އެއީ އެއްވެސް މީހަކަށް ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. އަބަދުވެސް ބުނާފަދައިން ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ކުރިމަތިނުވެ ތިބެވޭނީ ހަމައެކަނި ސުވަރުގޭގައެވެ. އެއީ ދުނިޔޭގައި އެއްވެސް މީހަކަށް ލިބޭނެ ނިޢުމަތެއް ނޫނެވެ. މައްސަލައަކަށް މިވަނީ ދުނިޔެއަކީ ސުވަރުގެ ކަމަށް ހަދަން ވިސްނޭތީއެވެ.  

ކޮންމެ ދެމަފިރިއަކަށްވެސް އޮތީ މައްސަލަތައް ކުރިމަތިވާނެކަމާއި ކާމިޔާބު ހޯދޭނީ ކުރިމަތިވާ މައްސަލަތައް ޙައްލުކޮށްގެން ދިރިއުޅެން މަސައްކަތްކުރުމުންނެވެ. ކައިވެނި ރޫޅާލައި ދެމީހުން ވަކިވުމަކީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ ނުކުރާނެ ކަމަކަށް ހެދުމެވެ. އެޢަޒުމްގައި ދިރިއުޅެން މަސައްކަތްކުރުމެވެ. 

ކައިވެނީގައި އެންމެ ބޮޑަށް ކުރިމަތިވަމުން އަންނަ މައްސަލައަކީ ދޫނީގެ ދިރިއުޅުމުން ޢިބްރަތް ޙާޞިލުނުކުރެވޭކަމެވެ. ދޫނިވެސް ނިދީންހޭލެވުމާއިއެކު ހާލިދޫކޮށް ރިޒުޤް ހޯދަން އުދުހިގަންނާނެއެވެ. މުޅި ދުވަހު އެމަސައްކަތުގައި ހޭދަކުރުމަށްފަހު އިރުއެއްސި ނިދަންވާއިރަށް އެނބުރި ހާއްޔަށް އަންނާނެއެވެ. 

ގިނަ ބައަކަށް މިއަދު ވެގެން މިއުޅޭ ގޮތަކީ ނިދަން ގެއަށް ވަންނަން ވަކިވަޤުތެއް ނެތީއެވެ. ގިނަ ބައަކު ގެއަށް ވަންނަނީ ދަމުނަމާދަށް ހޭލަންޖެހޭ ވަޤުތުޖެހެން ގާތްވެފައި ހުއްޓައެވެ. އެއިރުން އެވެއްޓިގަނެވެނީ ކޮންފަދަ ދަށުދަރަޖައަކަށްހެއްޔެވެ؟ ހަމައެކަނި މިކަމަށް ސަމާލުކަން ދިން ނަމަވެސް އުފާވެރިކަމުގައި ގިނަ ބައަކަށް ދިރިއުލެވޭނެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން