ދުނިޔޭގެ ހުރިހާ މުސްލިމުން އެއްކަމަކަށް ކަންބޮޑުވެ މިހާބާރަށް ގޮވަމުންދާއިރުވެސް އެއަޑު ދުނިޔެއަށް ނީވިގެން މިއުޅެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ދުނިޔޭގެ ހުރިހާ މުސްލިމުން އެއްކަމަކަށް ކަންބޮޑުވެ މިހާބާރަށް ގޮވަމުންދާއިރުވެސް އެއަޑު ދުނިޔެއަށް ނީވިގެން މިއުޅެނީ ކީއްވެ؟

ދުނިޔޭގެ އާބާދީއަށް ބަލައިފިނަމަ ތިންބައިކުޅައެއްބައިހާ މީހުންނަކީ މިއަދު މުސްލިމުންނެވެ. ހަމަ އެންމެ ކަމަކަށް އެދިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ހުރިހާ މުސްލިމުން އަޑުއުފުލަމުން ގެންދާތާ 6،7 މަސްދުވަސް ފާއިތުވެގެންދިއައީއެވެ. އެއަޑު އިވުނު މީހަކު ދުނިޔޭގައި ހުރިކަމަކަށް ނުވެއެވެ. މާނައަކީ ނެރެވުނު ނަތީޖާއެއް ފެންނާކަށް ނެތެވެ. 

ސުވާލަކީ މިހެން މިވަނީ ކީއްވެގެންހެއްޔެވެ؟ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. މުސލިމުންގެ ޢަދަދު ކިތަންމެ ގިނަ ނަމަވެސް މުސްލިމުންގެ އަތުގައި އެއްވެސް ބާރެއް މިއަދުނެތީއެވެ. ބާރުހުރި އެންމެ ޤައުމަކުން އެންމެ ބަހެއް ބުނިނަމަވެސް މުޅި ދުނިޔެ ވަޤުތުން އެއަޑު އަހާނެއެވެ. ތިބޭނީ ބިރުން ސިހިސިހިއެވެ. 

ދެން އޮތް ސުވާލަކީ މިހެންމިވީ ކީއްވެގެން ހައްޔެވެ؟ މިސުވާލުގެ ޖަވާބަކީ ބާރުވެރިވުމަށް ﷲ ތަޢާލާ އަންގަވާފައިވާ އެންގެވުމަށް ސަމާލުކަން ނުދެވުނީއެވެ. ބާރުވެރިވުމަށް ޢަމަލުކުރަން އަންގަވާފައިވާ ގޮތަށް ޢަމަލުނުކުރެވުނީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ފޭލްވީއެވެ. 

ދެން އޮތް ސުވާލަކީ ޙައްލަކީ ކޮބައިހެއްޔެވެ؟ އެސުވާލުގެ ޖަވާބަކީ ދެންވެސް މުސްލިމުން ޢަމަލުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ. އަމިއްލަ އެދުންތައް ދޫކޮށްލައި ﷲ ތަޢާލާގެ ދީނަށް ނަޞްރުދީ ﷲ ތަޢާލާގެ ކަލިމަފުޅު މަތިވެރިކުރަން ގަދައަޅައި މަސައްކަތްކުރުމެވެ.

- ޑރ. ނޫމާން ޢަލީ ޚާންގެ ވާހަކަފުޅަކުން 

މުސްލިމުން މިޙާލަތަށް ވެއްޓުނު ސަބަބު: 

"އެއްވެސް ބައެއްގެ މައްޗަށް ވެރިކަން ހިންގުމުގެ ބާރު ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުން އެބައެއްގެ ކަންކަން ބެލެހެއްޓުމުގައި ތެދުވެރިނުވެއްޖެ މީހާ ސުވަރުގޭގެ ވަސްވެސް ނުދެކޭ ހެއްޓެވެ!" (ޞަޙީޙް ބުޚާރީ: 7150) 

މީސްތަކުންނޭވެ! ވެރިކަމުގެ ދަހިވެތިކަމުގައި އެންމެން ތެޅިފޮޅެމުންދާއިރު ތެދުބަހުން ބުނާނަމަ ތެދުވެރިކަމެއް ނެތެވެ. ތެދުވެރިކަން ހުރި މީހަކު ހަމަ ނެތްކަމަށް ބުނަން ޖެހޭ ޙާލަތަކަށް ތެދުވެރިކަން މިވަނީ ފިލައިގެން ގޮސްފައެވެ. ނަތީޖާއަކަށްވެފައިވެފައި މިވަނީ ވެރިކަމާއި ތެދުވެރިކަމާއި އެއްވެސް ގުޅުމެއް ނެތުމެވެ. 

އިސްލާމީ ޤައުމުތަކުގައި ވައްކަކާއި މަކަރާއި ޙީލަތް ހެދުމާއި ޚިޔާނާތްތެރިވުން އިތުރުވަމުން ގޮސް ހައްދުފަހަނައަޅައި ދިއުމުން ރައްޔިތުންގެ ލޯމަތީގައި މަންޒަރު ރީތިކުރަން ތަފާތު ނަންނަމުގައި މުއައްސަސާތައް ހަދާނެއެވެ! އުފެއްދުމުން އެ މުއްސަސާތަކުން ވެސް ކުރާތަން ފެންނަނީ ހަމަ އެއްބާވަތުގެ ކަންކަމެވެ. 

އެކަން އެހެން އެވަނީ އެކަމާއި ފަހުޒަމާނުގައި ފައުޅުވާނެ މުޢްޖިޒާތްތަކާއި ގުޅިފައިވުމެވެ. ރައްޔިތުންގެ ކަންކަން ބެލެހެއްޓުމަށް ނާޤާބިލު މީހުން އިސްކުރާނެކަން އެއީ ފަހުޒަމާނުގެ ޢަލާމާތެކެވެ. އެއް ބައެއްގެ ކަންކަން ބަލަން އިސްކުރަނީ އެއަށްވުރެ ނާޤާބިލު އެހެން ބައެކެވެ. ނަތީޖާއަކަށްވަނީ ކަންކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކުރެވުމެވެ. ވައްކަމާއި ކޮރަޕްޝަނާއި މަކަރާއި ޙީލަތް ހެދުން އިތުރުވަމުން ދިއުމެވެ. 

މީސްތަކުންނޭވެ! އިސްލާމީ އުންމަތް ދިރި އުޖާލާވަމުން މުސްލިމުންގެ ވެރިންގެ މެދުގައި ތެދުވެރިކަން އޮތް ޒަމާނުގައެވެ. ވެރިން ތެދުވެރިވުމުން ރައްޔިތުންނަށް ތެދުވެރިވާން މަޖުބުރުވާނެއެވެ!  ނަމަވެސް ވެރި މީހާ ތެދުވެރި ނޫން ނަމަ މީސްތަކުން ދާނީ ހަލާކުގެ މަގަށެވެ. މިއަދު ފެންނަމުން މިދަނީ އެކަންކަމެވެ.  

Narrated Ma'qil: 

I heard the Prophet () saying, "Any man whom Allah has given the authority of ruling some people and he does not look after them in an honest manner, will never feel even the smell of Paradise." 

Reference

 : Sahih al-Bukhari 7150

    

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން