އަނބި ދަރީންގެ މައްޗަށް ޚަރަދު ނުކުރެވޭ މީހާ ޙަޤީޤަތުގައި އެހެން ކައިވެންޏެއް ކުރުމަކަށް ކުފޫ ހަމައެއް ނުވޭ!: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އަނބި ދަރީންގެ މައްޗަށް ޚަރަދު ނުކުރެވޭ މީހާ ޙަޤީޤަތުގައި އެހެން ކައިވެންޏެއް ކުރުމަކަށް ކުފޫ ހަމައެއް ނުވޭ!: ޝައިޚް ޝާފިޢު

އަޅުގަނޑުގެ ފިރިމީހާއަށް ލިބޭ އާމްދަނީން ގޭގެ ޚަރަދުތަކެއްވެސް ނުކުރެވެއެވެ. ދަރިންނަށް ކުރަންޖެހޭ ޚަރަދުތަކެއްވެސް ނުކުރެވެއެވެ. ދަރިން ސްކޫލަށް ފޮނުވަން ކުރަންޖެހޭ ކަންކަންވެސް އޮންނަނީ ކޮށް ނުދެވިފައެވެ. އެކަމަކު މިހާރުވެސް އުޅެނީ ދެއަންތބަށް ކައިވެނިކުރަން ނުރުހިގެން އަޅުގަނޑުދެކެ ރުޅި އައިސްގެންނެވެ. އަޅުގަނޑުގެ ސުވާލަކީ އެއީ އަޅުގަނޑު ކުށްވެރިވާނެ ކަމެއްތޯއެވެ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

އަނބި ދަރީންގެ މައްޗަށް ޚަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށްވާ ވާޖިބެކެވެ. އަނބި ދަރީންގެ މައްޗަށް ޚަރަދު ނުކުރެވޭ މީހާ ޙަޤީޤަތުގައި އެހެން ކައިވެންޏެއް ކުރުމަކަށް ކުފޫ ހަމައެއް ނުވެއެވެ.

އެހެންކަމުން، ޚަރަދު ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހާ އިތުރު ކައިވެންޏެއް ނުކުރެވޭ ގޮތަށް ހަދާފައިވާ ޤަވާޢިދަކީ އެއީ އޭގައި މުޅި މުޖުތަމަޢުގެ އެތައް އަންހެނުންނާއި މަޢުޞޫމު އެތައް ކުދީންގެ މަޞްލަޙަތު ހިމެނިފައިވާ ރަނގަޅު ޤަވާޢިދެކެވެ.

ޚަރަދު ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހާއަށް ޙަޤީޤަތުގައި ކައިވެނި ވާޖިބު ނުވެސް ވާނެއެވެ. އެއްކައިވެނީގެ އަހުލުވެރިންނަށް ޚަރަދު ނުކުރެވޭ މީހާ އަނެއް ކައިވެނީގެ އަހުލުވެރިންނަށް ޚަރަދު ކުރާނީ ކިހިނެއް ހެއްޔެވެ؟

--ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން