ކޮންމެ މީހަކުވެސް ވިސްނާލަންޖެހޭ ކަމެއް!: މަރުވާނެތީ ބިރުނުގަންނަ މީހުން ބައްޔެއް ޖެހިދާނެތީ ބިރުރުން ތުރުތުރު އަޅަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ކޮންމެ މީހަކުވެސް ވިސްނާލަންޖެހޭ ކަމެއް!: މަރުވާނެތީ ބިރުނުގަންނަ މީހުން ބައްޔެއް ޖެހިދާނެތީ ބިރުރުން ތުރުތުރު އަޅަނީ ކީއްވެ؟

ކޮރޯނާއަށްފަހު ގިނަ ބައަކު މާސްއަޅައެވެ. ރޯގާއެއް ފެތުރިލާ ޚަބަރުލިބޭއިރަށް މާސްކްއަޅާމީހުން ގިނަވެއެވެ. އެއީ މީހަކު ކެއްސައިލާތަނުންވެސް ކިނބިއްސެއް އަޅާތަނުންވެސް ތިމާއަށް ރޯގާޖެހިދާނެކަމުގެ ބިރަށެވެ.  

މާސްކް ނާޅަން ބުނަނީއެއް ނޫނެވެ. ނަމަވެސް އޮތީ ސުވާލެކެވެ. ބައްޔެއް ޖެހިދާނެތީ ތިއަހާވަރަށް ބިރުގަނެ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅާއިރު ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމަށް އެބަ ބިރުގަނެވޭހެއްޔެވެ؟ ބިރުގަނެވޭނަމަ އެންމެ ކުޑަމިނުން ނަމާދުނުކުރަނީ ކީއްވެގެންހެއްޔެވެ؟ ބަންގިގޮވާއަޑު ކަންފަތަށް އިވޭއިރުވެސް މިސްކިތަށް ނާރައި ތިއަދަނީ ކީއްވެގެން ހެއްޔެވެ؟  

ކިތަންމެ ނުބައި ބައްޔެއް ފެތުރުނަސް އެބަލި ވަކިމީހަކަށް ޖެހުން ލާޒިމެއް ނޫނެވެ. އަދި ބަލިޖެހުނަސް ބަލީގައި މަރުވުންވެސް ލާޒިމެއް ނޫނެވެ. އަދި ތިމާއަށް އެބަލި ޖެހޭނެކަން އެއީވެސް އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫނެވެ.  

އެކަމަކުވެސް އެންމެންނަށްވެސް ޔަޤީންކުރެވޭ އެއްކަންތައް އެބައޮތެވެ. އެއީ ކޮންމެ ވަޤުތަކުވެސް ތިމާމަރުވެދާނެކަމެވެ. މަރުވުމުން ދުނިޔެދޫކޮށް ދާންޖެހޭނެކަމެވެ. ތިމާގެ ފުރާނަ ހަށިގަނޑާއި ވަކިވުމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލޭނެކަމެވެ. ތިމާގެ މައްޗަށް ﷲ ތަޢާލާ ނިޔާ އިއްވަވާނެ ކަމެވެ. ނިޔާ އިއްވަވާނީ ތިމާ ދުނިޔޭގައި ދިރިހުރިއިރު އުޅުނު ގޮތުގެ މައްޗަށް ކަމެވެ.  

މިހުރިހާ ކަންކަމަކީ ކޮންމެ މީހަކަށްވެސް އެއްވެސް ޝައްކެއް ނެތި ޔަޤީންކުރެވޭނެ ކަންކަމެވެ. އެހެންކަމާއިއެކުވެސް މަރުވުމަށް ތައްޔާރުވެގެން ތިބެނީ ކިތައް މީހުން ހެއްޔެވެ؟ އަހުރެން ބުނާނީ ހަމަ ހާހަކުން މީހަކަށް ކަމަށެވެ. ޤިޔާމަތް ދުވަހު ނަރަކައިން މިންޖުވެވި ސުވަރުގެ ވަދެވެނީ ކޮންމެ ހާހަކުން އެކަކަށްވުމީ މިބުނި ބަހަށް ދަލީލު ލިބިގެންދާ ކަމެކެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ކޮރޯނާގެ ދުވަސްވަރު މުފްތީ މެންކް ވިދާޅުވެފައިވާ ތިރީގައިވާ ބަސްފުޅުވެސް ވިދާޅުވެލައްވާށެވެ!  

ހަލުއިކަމާއިއެކު ކޮރޯނާ ފެތުރެމުންދާތީ ދުނިޔޭގެ އެންމެންހެން މިވަނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް ސުވާލަކީ ޙަޤީޤަތުގައިވެސް ތިބާ ހަމަ ކަންބޮޑުވަން ހެއްޔެވެ؟ ބިރުގަނޭ ހެއްޔެވެ؟ ކަންބޮޑުވެ ބިރުގަންނާތީ ކުރަނީ ކޮންކަމެއް ހެއްޔެވެ؟  

މީސްތަކުންނޭވެ! ޢަމަލުތައް އިޞްލާޙްކުރާށެވެ! ބައެއް މީހުންނަށް ހުރިހާ ކަންކަން އެއްފަހަރާ އިޞްލާޙް ނުކުރެވިދާނެއެވެ. އެއީވެސް މައްސަލައެއް ނޫނެވެ. ފަހަރަކު ކަމެއް އިޞްލާޙްކުރަން މަސައްކަތްކުރާށެވެ.  

ކޮންމެ މީހަކީވެސް ކޮރޯނާ ޖެހުނަސް ނުޖެހުނަސް ކޮންމެ ވަގުތަކުވެސް މަރުވެދާނެ މީހެކެވެ. މުހިންމީ މަރުވާން މެދުވެރިވި ސަބަބެއް ނޫނެވެ. މަރުވުމެވެ. މަރުވާނެކަމެވެ. ވީމާ އަބަދުވެސް މަސައްކަތްކުރަންވީ މަރަށް ތައްޔާރުވެ ތިބުމެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން