ޙައްޖުމަސް ފެށުމުން ކުރަން އެންމެ ރަނގަޅު ދުޢާ ހޯއްދަވާ ބޭފުޅުންނަށް: އަވަހަށް މިދުޢާ ކުރައްވަން ފަށްޓަވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 54ސ
ޙައްޖުމަސް ފެށުމުން ކުރަން އެންމެ ރަނގަޅު ދުޢާ ހޯއްދަވާ ބޭފުޅުންނަށް: އަވަހަށް މިދުޢާ ކުރައްވަން ފަށްޓަވާ!

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް، އަހަރުގެ އެންމެ ޙުރުމަތްތެރިކަން ބޮޑު 10 ދުވަސް ފެށުނީއެވެ. ކުރާނެ ރަނގަޅު ދުޢާ ހޯދަން ގިނަ ބައަކު އުޅެއެވެ.  

މިއީ "މިފަދަ ދުޢާތައް ކުރުން ގިނަކުރަން" ވިދާޅުވެ ޝައިޚް ޝަފީޢު ޢަބްދުﷲ ޢާންމުކުރައްވާފައިވާ ޙަދީޘްފުޅެކެވެ. ދުޢާތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއް ދުޢާއެވެ.  

މި ދުޢާއަކީ އިބްން މާޖާ އާއި އިމާމް އަހްމަދު ޞައްހަ މަގުން ބަޔާން ކުރައްވަވާފައިވާ ޙަދީޘްފުޅެކެވެ. މިއީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޢައިޝަތުގެފާނަށް ދަސްފުޅުކޮށްދެއްވެވި ދުޢާއެކެވެ.  

اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ،

عَاجِلِهِ وَآجِلِهِ،

مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، 

އޭ ހައްދަވާ ބޮޑުކުރެއްވި ﷲ އެވެ! ތިމަން އަޅާއަށް ހުރިހާ ހެޔޮ ކަމެއް ދެއްވަވާނދޭވެ! އެއީ އަވަހަށް އަންނަން ހުރި ހެޔޮކަމެއް ވިޔަސް ފަހުން އަންނަންހުރި ހެޔޮކަމެއް ވިޔަސް މެއެވެ. އެއީ ތިމަން އަޅާއަށް އެނގޭ ކަމަކަށްވީނަމަވެސް އަދި ނުއެނގޭ ކަމަކަށްވީ ނަމަވެސްމެއެވެ. 

وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ،

عَاجِلِهِ وَآجِلِهِ،

مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمِ، 

އަދި ނުބައިކަމެއް ކަމުގައިވާނަމަ އެކަމަކުން ތިމަން އަޅާ ދުރުކުރައްވަވައި ރައްކައުތެރިކޮށްދެއްވަވާނދޭވެ! އެއީ އަވަހަށް އަންނަން ހުރި ކަމަކަށްވިޔަސް، އަދި ފަހުން އަންނަން ހުރި ކަމަކަށްވިޔަސްމެއެވެ. އަދި އެއީ ތިމަން އަޅާއަށް އެނގޭ ކަމަކަށް ވީނަމަވެސް އަދި ނުއެނގޭ ކަމަކަށްވީނަމަވެސް މެއެވެ. 

اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، 

އަދި ﷲ ސުބްޙަނަހޫ ވަތަޢާލާއެވެ! ތިމަން އަޅާއަށް ހެޔޮ ކަންތައް ދެއްވަވާނދޭވެ! އެއީ އިބަ ﷲ ސުބްޙަނަހޫ ވަތަޢާލާގެ އަޅާ އަދި ނަބިއްޔާ صلى الله عليه وسلم އެދިވަޑައިގެންނެވި ހުރިހާ ހެޔޮ ކަމެކެވެ.  

وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ، 

އަދި ރައްކައުތެރިކަމަށް އެކަލޭގެފާނު صلى الله عليه وسلم އެދިވަޑައިގެންނެވި ހުރިހާ ކަމެއްވެސްމެއެވެ.  

اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، 

އޭ ހައްދަވާބޮޑުކުރެއްވި ﷲ އެވެ! ތިމަން އަޅާ ސުވަރުގެއަށް އެދެމެވެ. އަދި ތިމަން އަޅާ ސުވަރުގެއާ ކައިރިކޮށްލާނެ ފަދަ ޢަމަލަކާ އަދި ބަސްތަކަކަށް އެދެމެވެ.  

وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، 

އަދި ހަމައެފަދައިން ތިމަން އަޅާ ނަރަކައާ މެދުގައި ރައްކައުތެރިކަމަށް އެދެމެވެ. އަދި ނަރަކައާ ކައިރިކޮށްލާނެ ބަސްތަކަކާ އަދި އަމަލުތަކުންވެސް ދުރުކުރައްވާ ރައްކައުތެރި ކުރެއްވުމަށް އެދެމެވެ.  

وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا 

އަދި އިބަ ﷲ، ތިމަން އަޅާގެ މައްޗަށް ކަނޑައަޅުއްވަވާ ހުރިހާ ކަމަކީ އެއީ ހެޔޮ ކަންކަން ކަމުގައި ތިމަން އަޅާއަށް ލައްވަވާނދޭވެ! 

މިއީ ވަރަށް އިތުރުކަން ބޮޑުވެގެންވާ ދުޢާއެކެވެ. އެންމެހައި ހެޔޮ ބަސްތަކެއް މިދުޢާގައި ހިމެނިގެންވެއެވެ. މިދުޢާގައި މިވަނީ ހުރިހާ ހެޔޮ ކަންތައްތަކަށް އެދިފައެވެ. އަދި ހުރިހާ ނުބައި ކަންތައްތަކުން ރައްކައުތެރިކަމަށް އެދިފައެވެ.  

މިއީ މާތް ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުންނަށް ދަސްފުޅުކޮށްދެއްވެވި މަތިވެރި ދުޢާތަކެކެވެ. ވީމާ މިފަދަ މަތިވެރި ދުޢާތައް ގިނަގިނައިން ކުރުމުގައި ދެމިތިބުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ދުޢާތަކަކީ އަބަދުވެސް އަޅުގަނޑުމެން ކުރާ ދުޢާތަކަކަށް ހަދަންވާނެއެވެ. މިއީ މާތް ނަބިއްޔާ صلى الله عليه وسلم ދަސްފުޅުކޮށް ދެއްވެވި ދުޢާތަކަކަށްވާތީ އެކަމުގެ ފައިދާ ފެންނާނެއެވެ.  

وَٱللَّهُ أَعْلَمُ. 

 -ޝައިޚް ޝަފީޢު ޢަބްދުﷲ 

ދުޢާ: 

"اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ،

وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمِ،

اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ،

اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ،

وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ،

وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا ".

މިއަދު އޮންލައިން