މާދަމާއަކީ ހުކުރު ދުވަސްކަމަށްވީނަމަވެސް އަވަހަށް ރޯދަހިފަން ފަށާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މާދަމާއަކީ ހުކުރު ދުވަސްކަމަށްވީނަމަވެސް އަވަހަށް ރޯދަހިފަން ފަށާ!

މިއަހަރުގެ ޛުލްޙައްޖު މަހުގެ ފުރަތަމަ ދުވަސް މިދިމާވީ ހުކުރު ދުވަހަކަށެވެ. ވީމާ މާދަމާއިން ފެށިގެން ހިނގަމުން ދާނީ ޛުލްޙައްޖު މަހުގެ ފުރަތަމަ 10 ދުވަހެވެ. އަހަރުގެ ދުވަސްތަކުގެ ތެރެއިން އެންމެ އިތުރުކަން ބޮޑު އެންމެ މަތިވެރިކަން ބޮޑު ދުވަސްތަކެވެ. 

ހުކުރު ދުވަހުން ފެށިގެން ރޯދަހިފުމާއިމެދު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވެއެވެ.  

"މާދަމާ، ހުކުރު ދުވަހުން ފެށިގެން ރޯދަހިފަން ފެށިދާނެއެވެ. މަނާވެގެންވަނީ ހުކުރު ދުވަހު އެކަހެރިކޮށް (ހުކުރު ދުވަހު އެކަނި) ރޯދަ ހިފުމެވެ. ވީމާ ހުކުރު ދުވަހު ރޯދަ ހިފާފައި ހޮނިހިރު ދުވަހުވެސް ރޯދަ ހިފާނަމަ މައްސަލައެއް ނެތެވެ." 

ޛުލްޙައްޖު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢަރަފާތު ދުވަހާއި ހަމައަށް ރޯދަ ހިފުމަކީ އެންމެ ފައިދާހުރި ގޮތެވެ. އެހެންކަމާއިއެކުވެސް ކުރަންޖެހޭ މަސައްކަތް ބުރަވެފައި ހުރިހާ ދުވަހަކު ރޯދަ ނުހިފޭނެ މީހުންވެސް މާދަމާ އާއި ހޮނިހިރު ދުވަހު ރޯދަ ހިފާނަމަ އެއޮތީ ރަނގަޅު ފެށުމަކޫން ފެށިފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެމީހަކަށް ރޯދަހިފޭ ވަރަކުން ހިފަމުން ގެންދަންވީއެވެ. 

ކަލަންޑަރަށް މިއައި ބަދަލާއިއެކު މިއަހަރުގެ ޢަރަފާތު ދުވަސް ދިމާވާނީ 15 ވާ ހޮނިހިރު ދުވަހަށެވެ. ޢީދުވާނީ 16 ވާ އާދީއްތަ ދުވަހެވެ. 

ޛުލްޙައްޖު މަސް ފެށުމުން ރޯދަ ހިފަން ފަށަންވީ ކީއްވެ؟ 

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ދުވަސްތަކުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލުކުރުމަށެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޛުލްޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު ރޯދަހިއްޕެވިއެވެ. 

ތިރީގައިވާ ލިޔުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ

https://islamqa.info/en/answers/1699/virtues-of-the-ten-days-of-dhul-hijjah#virtues-of-the-first-ten-days-of-dhul-hijjah

 

 

 

މިއަދު އޮންލައިން