ލޯބިވެރިޔާ ނުވަތަ 2 ދަރިން އިޚްތިޔާރުކުރަންޖެހުމުން އަންހެނަކު ކުރާ ސުވާލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ލޯބިވެރިޔާ ނުވަތަ 2 ދަރިން އިޚްތިޔާރުކުރަންޖެހުމުން އަންހެނަކު ކުރާ ސުވާލު-

އަޅުގަނޑަކީ އެކަނިވެރި މައަކީމެވެ. އެކަނި އިންނަތާ ވަރަށް ގިނަ ދުވަސްވީފަހުން ކައިވެނިކުރަން ބޭނުންވާ މީހަކާއި ބައްދަލުވެއްޖެއެވެ. އޭނާއަކީ ރަނގަޅު ގިނަ ސިފަތަކެއް ލިބިގެންހުރި މީހެކެވެ. އެކަމަކު އޭނާ ހުށަހަޅާ ޝަރުޠެއް އެބައޮތެވެ. އެއީ އެކަނި ގެންގުޅެ ބޮޑުކުރި 2 ދަރިން ގޭގައި ބައިތިއްބާފައި އޭނާގެ ގެއަށް އަޅުގަނޑު ބަދަލުވުމެވެ.

ދެ ދަރިންގެ ޢުމުރަކީ 20 އަހަރާއި 22 އަހަރެވެ. އަންހެންކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ދިރިއުޅެނީވެސް އަމިއްލަ މަސައްކަތުންނެވެ. އެކަމަކު ދެކުދިންވެސް ތިބީ އަދި ކައިވެނިނުކޮށެވެ. ވީމާ 2 ކުދިން ދޫކޮށްލާފައި ދިއުމާއިމެދު އަޅުގަނޑަށް ވަނީ ގޮތެއް ނުނިންމިފައެވެ. އެއީ 2 ދަރިން ނުބައި މަގަކުން ހިނގައްޖެނަމަ ލިބޭނެ ދެރަ މާބޮޑުވެ މިހައިތަނަށް މިކުރި މަސައްކަތް ބޭކާރުވާނެތީއެވެ.

މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިއަމީހާގތެ ކިބައިގައި ރަނގަޅު ސިފަތައް ކިތަންމެ ގިނަ ނަމަވެސް މިފަދަ ޒަމާނެއްގައި ދަރިންނާއި ވަކިކުރަން އޭނާ ނިންމާ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. ކިޔުންތެރިޔާ ތިއަ ފާހަގަކުރެއްވި ފަދައިން ދަރިން ގޯޅިއެއް އަޅައިފިނަމަ މިހައިތަނަށް ތިއަ އުފުލި ބުރައާއި ވީޤުރްބާނީ ފޭލްވީއެވެ.

ދެން ވިސްނަންޖެހޭނެ ކަމަކީ އަދިވެސް ފިރިއަކު ލިބިދާނެއެވެ. ވީމާ ފިރިއަކަށްޓަކައި 2 ދަރިން ޤުރްބާންކުރަން ހެޔޮނުވާނެއެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! ފައިދާކުރާނެއެވެ. އިން ޝާ ﷲ

އޭނާގެ އުމުރަކީ 40 އަހަރެވެ. ނަމަވެސް ފެންނަ ފެނުމުގައި އެކަމެއް ނޭނގެއެވެ. ގިނަ ބައަކު ހީކުރަނީ 25 ވަރަކަށް އަހަރުކަމަށެވެ. އޭނާގެ 20 އަހަރުގެ އަންހެން ދަރިއަކު ހުރެއެވެ.

އޭނާގެ ފިރިމީހާ އޭނާ ވަރިކުރިތާ 5 އަހަރުފަހުން ދަރިފުޅާ އެއް އުމުރުގެ ޒުވާނަކު އޭނާގެ ފަހަތުން އަޅައިގެންފިއެވެ. އެއީ ވަރަށް ރީތި ވެސް ޒުވާނެކެވެ. ގެއަށްވެސް އަންނަން ފަށައިފިއެވެ. އެތަން ދަރިފުޅަށްވެސް ފެނިއްޖެއެވެ. އެކަމާ ދަރިފުޅު ލަދުގަނެއެވެ. ދަރިފުޅު ބުނަނީ މަންމަ އޭނާ އާ ވާހަކަ ދައްކާނަމަ މަންމަ ދޫކޮށް ބައްޕަގާތަށް ދާނެ ކަމަށެވެ.

އެއް ދުވަހަކު ޒުވާނާ ގެއަށް އައުމުން އުމުރަކީ 40 އަހަރުކަމަށާއި އެއީ ޒުވާނާގެ މަންމަގެ އުމުރުކަމަށް ބުނުމުން ޒުވާނާ ބުނީ އެއީ އޭނާއަށް އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އޭނާއަށް މައްސަލައެއް އެބައޮތެވެ. އެއީ ދަރިފުޅު ގެއްލޭނެ ކަމެވެ. އެހެންވެ އޭނާ ޒުވާނާ ނުވައްދައި ހިތާއި ދެކޮޅަށް ދޮރުޖަހާފައި ގެއަށްވަނީއެވެ.

މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު ބޭނުންވަނީ އެވާހަކަ ނިންމާލަމުން ކޮށްފައި އިން ސުވާލު މިއަދުނޫހުގެ އަންހެން ކިޔުންތެރިންނާއި ކޮށްލުމަށެވެ. އެސުވާލަކީ:

މިފަދަ ޙާލަތެއްގައި ތިބާ ކަންތައް ކުރާނީ ކިހިނަކުންހެއްޔެވެ؟

--ޝަޒޫ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން