ނަމާދުނުކުރާ މީހުންނަށް ﷲ ތަޢާލާ ދެއްވަވާފައިވަނީ ބިރުވެރި ޖަވާބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ނަމާދުނުކުރާ މީހުންނަށް ﷲ ތަޢާލާ ދެއްވަވާފައިވަނީ ބިރުވެރި ޖަވާބެއް!

 

ބައެއް މީހުން ސުވާލުކުރެއެވެ. މުސްލިމުން ނަމާދުނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ސަބަބަުތައް ދެއްކިދާނެއެވެ. ކިތަންމެ ގިނަ ޖަވާބެއްވެސް ދެވިދާނެއެވެ. ނަމަވެސް އަހުރެމެން ބަލަންޖެހޭނީ ﷲ ތަޢާލާ ދެއްވަވާފައިވާ ޖަވާބަށެވެ. އެއީ ބިރުވެރި ޖަވާބެކެވެ. 

އެޖަވާބަކީ އޭނާއަށް އޭނާއަށް އެނގުނު ނަމަވެސް ޤަބޫނުކުރަނީއެވެ. އީމާން ނުވަނީއެވެ. މާނައަކީ ނަމާދުކުރަންޖެހޭކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެއީ ކުރަންޖެހޭ އެންމެ މުހިންމު ކަންތައްކަން އޭނާއަށް ޤަބޫލުނުކުރެވެނީއެވެ. 

މިއީ އާދައިގެ ވާހަކައެއް ނޫންކަން އެކަމަށް ވިސްނައިފި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ވީމާ ބުއްދި ސަލާމަތުން ހުރެ ނަމާދު ނުކުރަން ދެއްކޭނެ އެއްވެސް ޢުޛުރެއް ނުއޮންނާނެއެވެ. ﷲ ތަޢާލާއަށް އީމާންވެގެން ހުރިނަމަ ޖެހޭނީ ނަމާދުކުރާށެވެ! އަދި މަޤްބޫލު ޢުޛުރެއް ނެތި ނަމާދުކުރުން ފަސްވެސް ނުކުރެވޭނެއެވެ. އޮތީ ވަޤުތުޖެހުމުން ނަމާދުކުރުމަށް އަވަސްވެގަތުމެވެ. 

އެގޮތަށް ޢަމަލުކުރާނަމަ އޭނާއަކީ ބުއްދިން ﷲ ތަޢާލާ ޤަބޫލުކޮށްގެން ހުރި މީހަކު ނަމަވެސް ޢަމަލުތަކުން ޤަބޫލުކުރާ މީހަކަށް ނުވާނެއެވެ. ހިތުން ޤަބޫލުކުރާ މީހަކަށްވެގެން ނޫނީ ޢަމަލެއް ނުކުރެވޭނެއެވެ. ވީމާ ނަމާދުނުކޮށް ހުންނަން ޢުޛުރު ދައްކަން މަސައްކަތް ނުކުރާށެވެ!

- ޑރ. ނޫމާން ޢަލީޚާންގެ ޚުޠުބާއަކުން

މިއަދު އޮންލައިން