ސިޔަރަތު: މައްކާގައި ހިނގާދިޔަ ނަބީކަމުގެ މަރުހަލާތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ސިޔަރަތު: މައްކާގައި ހިނގާދިޔަ ނަބީކަމުގެ މަރުހަލާތައް-

މައްކާގައި ހިނގާދިޔަ ނަބީކަމުގެ މަރުހަލާތައް: 

އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނަށް ﷲ ތަޢާލާގެ ފާރާތްޕުޅުން ނަބީކަން ޙަވާލުކުރެއްވުމާއެކު އެއްވެސް ފަސްޖެހިވަޑައިގަތުމެއްނެތި އެކަމާ ކުރިމަތިލެއްވިއެވެ. މިގޮތުން އެންމެ ފުރަތަމަ މައްކާގައި 3 އަހަރުވަންދެން ސިއްރިއްޔާތުގައި އެކަލޭގެފާނުގެ ދަޢުވަތު ދެއްވެވިއެވެ. 

އެކަލޭގެފާނު ގިނިކަންޏާ ޙާލުކޮޅު މި މާތްވެގެންވާ އިސްލާމްދީނަށް ގޮވައިލެއްވުމުގެ ބުރަމަސައްކަތް ފެއްޓެވިއެވެ. ސިއްރިއްޔާތުގައި ދީނަށްގޮވާލެއްވުމުގެ ކަންތައްތައް ކުރިޔަށް ގެންދަވަނިކޮށް ﷲ ތަޢާލާގެ މި ވަޙީބަސްފުޅު އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވިއެވެ. އެކަލާނގެ ވަހީކުރެއްވިއެވެ.  

(فَاصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ الْمُشْرِكِينَ ﴿٩٤ )  سورة الحجر  

މާނައީ: " ފަހެ، ކަލޭގެފާނަށް އަމުރުކުރައްވާގޮތަށް، ފާޅުގައި ދީނަށް ގޮވައިލައްވާށެވެ! އަދި ޝަރީކުކުރާ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! " 

ﷲ ތާޢާލާ މި އާޔަތް ބާވައިލެއްވުމާއެކު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ފާޅުގައި ދީނަށް ގޮވާލައްވަން ފެއްޓެވިއެވެ. އަދި އެހާހިސާބުން އެކަލޭގެފާނުގެ ޤައުމުގެ މީހުން ފާޅުގައި އެކަލޭގެފާނާ ޢަދާވާތްތެރިވާން ފެށިއެވެ. އަދި މުސްލިމުންނަށް 2 ހިޖުރައެއް ކުރެއްވުމަށް ﷲ ތަޢާލާ އިޒުނަ ދެއްވައިފުމަށް ދާންދެން މި ޢަދާވާތްތެރިކަމާއި ބޮޑެތި ވޭންހުރި އަނިޔާތަކާއި އުދަގޫތައް އެކަލޭގެފާނާއި އެކަލޭގެފާނަށް ތަބާވީމީހުންނަށް މައްކާގެ މުޝްރިކުން ކުރިމަތި ކުރުވަމުން ގެންދިޔައެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީކަމުގެ ދަޢުވަތުގެ މަރުޙަލާތައް:

ފުރަތަމަ މަރުޙަލާ: ނަބީކަން ޙަވާލުކުރެއްވެމުން.

ދެވަނަ މަރުޙަލާ: ގާތް ތިމާގެ މީހުންނަށް އިންޒާރުދެއްވައި ދީނަށް ގޮވާލެއްވުން.

ތިންވަނަ މަރުޙަލާ: ޤައުމުގެ މީހުންނަށް އިންޒާރުދެއްވައި ދީނަށް ގޮވާލެއްވުން.

ހަތަރުވަނަ މަރުޙަލާ: ކުރީގައި އެބަޔެއްގެ ގާތަށް އިންޒާރުދޭނޭ ބޭކަލަކު ވަޑައިގެންފައިނުވާ ޢަރަބީންގެ އެންމެނަށް އިންޒާރުދެއްވައި ދީނަށްގޮވާލެއްވުން.

ފަސްވަނަ މަރުޙަލާ: ޒަމާނުގެ އެންމެ ފަހުގެ ވަގުތާއި ޖެހެންދެން އިންސީންނާއި ޖިންނީންގެ ތެރެއިން އެކަލޭގެފާނުގެ ދަޢުވަތި ފޯރި ކޮންމެ މީހަކަށް އިންޒާރުދެއްވައި ދީނަށް ގޮވާލެއްވުން. 

- އަދި ނުނިމޭ 

އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު

 

 

 

 

 

 

 

މިއަދު އޮންލައިން