މޮޔަ ވާހަކަ ދެއްކި ނަމަވެސް އޭނާގެ ބުއްދި ސަލާމަތުން ހުރިނަމަ ނަމާދުކުރުވަން މަސައްކަތްކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
މޮޔަ ވާހަކަ ދެއްކި ނަމަވެސް އޭނާގެ ބުއްދި ސަލާމަތުން ހުރިނަމަ ނަމާދުކުރުވަން މަސައްކަތްކުރަންވާނެ!

ބަލިވެ ތަންމަތީގައި ގިނަ ދުވަހު އޮންނަން މީހަކަށް ޖެހިއްޖެނަމަ މޮޔަ ވާހަކަދައްކައިފާނެއެވެ. އެއީ އެގޮތަށް ގިނަ ދުވަހު އޮންނަން ޖެހުމުން ނަފްސާނީ އަސަރުތައްކުރާތީއެވެ. ބައެއް މީހުން އައިސީޔޫގައި އެންމެ ދުވަހަކު އެކަނި އޮންނަން ޖެހުމުންވެސް ނަފްސާނީ މައްސަލަތައް ކުރިމަތިވެ މޮޔަވާހަކަދެއްކައެވެ.

އެގޮތުން މީހަކަށް މޮޔަ ވާހަކަ ދެއްކުމުން އޭނާއަކީ މޮޔައެއް ކަމަށް ބަލައި އެމީހަކު ލައްވައި ނަމާދު ނުކުރުވައި ދޫކޮށްލައިގެންނުވާނެއެވެ. އޭނާ ލައްވައި ނަމާދުކުރުވަން ދަރިން ނުވަތަ އެހީތެރިން އެހީތެރިވެދީ އެކަމަށް މަސައްކަތްކުރަންވާނެއެވެ. އެހެނީ ބުއްދި ސަލާމަތުން ހުރިނަމަ އެމީހެއްގެ މައްޗަށް ނަމާދު ވާޖިބުވާނެއެވެ.  

ހަށިގަނޑުގައި ހޭހުރެފައި ބުއްދި ސަލާމަތުން ހުރިނަމަ ނަމާދު ކުރަން ޖެހޭނެއެވެ. (އެމީހާގެ މައްޗަށް ނަމާދު ވާޖިބުވާނެއެވެ.)  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން