ކަންކަމަށް އެދި ދުޢާކޮށް ދުޢާއަށް އަތް އުފުލަން ބޭނުންނަމަ ރިޝްވަތުން ދުރުހެލިވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކަންކަމަށް އެދި ދުޢާކޮށް ދުޢާއަށް އަތް އުފުލަން ބޭނުންނަމަ ރިޝްވަތުން ދުރުހެލިވާންޖެހޭނެ!

އަބަދުހެން އަޑުއިވެމުން މިދަނީ އެމީހަކު އެދޭ ކަންކަން ޙާޞިލުވުން އެދި ދުޢާކުރުމުން ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާތީ ކުރެވޭ ޝަކުވާތަކުގެ ވާހަކައެވެ. ކަންބޮޑުވުންތަކުގެ ވާހަކައެވެ. އެހެންކަމަށްވާއިރު ދުޢާ ކުރުމުގައި ފުރިހަމަކުރަންޖެހޭ ޝަރުޠުތައް ފުރިހަމަކުރަން ޖެހެއެވެ.

"ދުޢާ ޢިޖާބަ ކުރައްވަވަން އެދޭ މީހާ ކާންވާނީ ޙަލާލުތަކެއްޗެވެ. ރިޝްވަތު ހިފުމާއި ދިނުންވެސް ވަނީ ޙަރާމްވެގެންނެވެ. ރިޝްވަތުގެ ގޮތުގައި ލިބޭ ތަކެތިވެސް އަދި ރިޝްވަތުގެ ގޮތުގައި ލިބޭ ފައިސާއަށް ގަންނަ ތަކެތިވެސް ވަނީ ޙަރާމްވެގެންނެވެ.

ރިޝްވަތު ހިފާ މީހާއަށާއި ދޭމީހާއަށް ﷲ ލަޢްނަތް ލެއްވެވިއެވެ."

ލޮބުވެތިއަޚުންނާ އުޚުތުންނޭވެ! ގިނަބައަކު ރިޝްވަތާއި ހަދިޔާ އޮޅުވާލައިފިއެވެ. ހަދިޔާގެ ނަމުގައި ދިނަސް، ހިފިޔަސް ރިޝްވަތު ވާނީ ރިޝްވަތަށެވެ. ވީމާ އެއްވެސް ސިފައެއްގައި ރިޝްވަތު ނުހިފާށެވެ! ﷲ ތަޢާލާ ލަޢްނަތް ލައްވަވާފައިވާ މީހަކަށް ނުވާށެވެ!

ދުނިޔެއިން ތަނަވަސްކަން ނުލިބުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ﷲ ތަޢާލާ ލަޢްނަތް ލައްވަވާފައިވާ މީހަކަށްވެވި އާޚިރަތް ނަގައިލެވިއްޖެނަމަ އެމީހަކު ސަލާމަތްވާނީ ކިހިނަކުންތޯއެވެ؟ ވީމާ އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާގެ ލަޢްނަތަށް ބިރުވެތިވުމެވެ.

ޝަރުޠުތައް ފުރިހަމަކޮށް ދުޢާކުރާށެވެ! ޢިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން