އެންމެ ފަސޭހައިން ކުރެވޭނެ އެންމެ ފައިދާހުރި ރުޤްޔާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 36ސ
އެންމެ ފަސޭހައިން ކުރެވޭނެ އެންމެ ފައިދާހުރި ރުޤްޔާ-

އެކިއެކި ކަންކަން ކުރިމަތިވުމުން ފުރަތަމަ ދާންވީ ރުޤްޔާކުރާ މީހެއްގެ ގާތަކަށް ނޫނެވެ. އަމިއްލައަށް އެކަންކުރެވޭތޯ ބަލަންވީއެވެ. އަމިއްލައަށް ރުޤްޔާކުރުމަކީ އެހައި ބުރަކަމެއްވެސް ނޫނެވެ. މިބަޔާންކުރަނީ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ކުރެވިދާނެ 2 ރުޤްޔާއެވެ. އެއް ރުޤްޔާއަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޖިބްރީލްގެފާނު ކުރެއްވެވި ރުޤްޔާއެވެ. ދެވަނަ ރުޤްޔާއަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަޙާބީންނަށް ކޮށްދެއްވެވި ރުޤްޔާއެވެ.  

ވީމާ މި 2 ރުޤްޔާއަށްވުރެ ވަކިން މަތިވެރި، ފައިދާހުރި ރުޤްޔާއެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރަމެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ނަބިއްޔާ صلى الله عليه وسلم އަށް ބައްޔެއް އިޙުސާސްވެވަޑައިގެންފިނަމަ (قل هو الله أحد) ތިންފަހަރަށް އަދި ފަލަޤިއާއި ނާސް ސޫރަތް ތިންފަހަރަށް ވިދާޅުވެ އަތަށް ނަފަޘްކުރައްވައެވެ.( نفث ކުރުމަކީ: އަނގައިންފުމުމެވެ. التفل އާއި نفث ގެ ތަފާތަކީ التفل ކުރާއިރު ކުޅުއަންނާނެއެވެ. ނަމަވެސް نفث ކުރާއިރު ކުޅުއައުން އެއީ ލާޒިމުކަމެއްނޫނެވެ. އަދި نفخ ކުރާއިރު އެއްގޮތަކަށްވެސް ކުޅުނާންނާނެއެވެ. ބައްލަވާ تاج العروس من جواهر القاموس)  

އަދި ދެއަތުން ނިދާއިރު ކޮންމެ ފަހަރަކު ހަށިގަނޑުގައި އަތްފޯރާ ހިސާބުގައި އެކަލޭގެފާނު صلى الله عليه وسلم ގެ އަތްޕުޅު ފިރުމާލައްވައެވެ. އެއީ އެކަލޭގެފާނުގެ ބޮލުންފަށައިގެން މޫނުފުޅާއި މޭފުޅުގައެވެ. އެއީ ޞައްޙަ ޙަދީޘްގައި ޢާއިޝާ رضي الله عنها ޚަބަރުދެއްވާފައިވާގޮތުގައެވެ.  

އަދި އެކަލޭގެފާނު އާލާސްކަންފުޅާ އުޅުއްވިއިރު ޖިބްރީލުގެފާނު އެކަލޭގެފާނަށް، ފެނަށް ރުޤްޔާކުރެއްވިއެވެ. އެއީ އަންނަނިވި ބަސްފުޅުންނެވެ.  

(بِاسْمِ اللَّهِ أَرْقِيكَ، مِنْ كُلِّ شَىْءٍ يُؤْذِيكَ، مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ، بِاسْمِ اللَّهِ أَرْقِيكَ.) 

މާނައީ: "ﷲގެ އިސްމުފުޅުން ކަލޭގެފާނަށް ރުޤްޔާކުރަމެވެ. ކަލޭގެފާނަށް އުނދަގޫފުޅުވާ ކޮންމެ ކަމަކުންނެވެ. ކޮންމެ ނަފްސެއްގެ ނުބައިކަމުންނެވެ. ނުވަތަ ޙަސަދަވެރިލޮލެއްގެ ނުބައިކަމުންނެވެ. ﷲ ކަލޭގެފާނަށް ޝިފާދެއްވާނދޭވެ. ﷲގެ އިސްމުފުޅުން ކަލޭގެފާނު ރުޤްޔާކުރައްވަމެވެ" (މިފަދައިން ތިންފަހަރުއެވެ.) އަދި މިއީ ޝަރުޢުކުރެވިގެންވާ ފައިދާކުރުވަނިވި ރުޤްޔާއެކެވެ. 

އަދިވެސް އެކަލޭގެފާނު صلى الله عليه وسلم ޘާބިތު އިބްނު ޤައިސް رضي الله عنه އަށް ފެނަށް ކިޔެވިއެވެ. އަދި އެކަލޭގެފާނުގެ މައްޗަށް އޮއްސާލުމަށް އަމުރުކުރެއްވިއެވެ. އެއީ ޙަސަން ދަރަޖައަށްދާ ސަނަދަކުން އަބޫ ދާވޫދު ރިވާކުރައްވާފައިވާ ފަދައިންނެވެ އަދި މިނޫނަސްވެސް އެހެން ވައްތަރުތަކުގެ ރުޤްޔާވެސް އެކަލޭގެފާނު  صلى الله عليه وسلم ގެ ދުވަސްވަރު ހިނގާފައިވެއެވެ. 

އޭގެ ތެރޭގައި ހަމަކަށަވަރުން އެކަލޭގެފާނު ބައެއް ބަލިމީހުންނަށް އަންނަނިވި ބަސްފުޅުން ރުޤްޔާކުރެއްވިއެވެ.  

(اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِهِ وَأَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا)) [صحيح البخاري الطب (5418),صحيح مسلم السلام (2191),سنن ابن ماجه الطب (3520),مسند أحمد بن حنبل (6/126)] 

މާނައީ: "އޭ މީސްތަކުންގެ ރައްބެވެ. ބަލިގެންދަވާފާނދޭވެ. އަދި އޭނާއަށް ޝިފާދެއްވަވާނދޭއެވެ. އިބައިލާހުދެއްވާ ޝިފާ ނޫނީ ޝިފާއެއްނުވެއެވެ. އިބައިލާހަކީ ޝިފާދެއްވާފަރާތެވެ. އެޝިފާއަކަށްފަހު ބަލިކަމެއް ދޫނުކުރާނެ ޝިފާއެކެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން