ޢަރަފާތު ދުވަހުގެ އިރުއޮއްސުމުން މިފަދަ ދުޢާތައް ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޢަރަފާތު ދުވަހުގެ އިރުއޮއްސުމުން މިފަދަ ދުޢާތައް ކުރައްވާ!

ކޮންމެ އަޅުކަމެއް ކުރުމަށްފަހުގައިވެސް ކުރި އަޅުކަން ޤަބޫލުފުޅު ކުރެއްވެވުން އެދިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރަންވާނެއެވެ. އެއީ ޞަޙާބީންވެސް ޢަމަލުކުރެއްވެވި ގޮތެވެ. ވީމާ ޢަރަފާތު ދުވަހުގެ އިރު އޮއްސުމުން މިފަދަ ދުޢާއެއް ކުރަންވަން ހަނދުމަފުޅު ބަހައްޓަވާށެވެ! 

ދުޢާ! 

ޔާ ﷲ! މިއަހަރުގެ ދުވަސްތަކުގެ ތެރެއިން އިނބަ ﷲ އެންމެ މާތް ކުރެއްވެވި ދުވަސް، ޢަރަފާތު ދުވަސް އަޅަމެންނާއި ވަކިވެގެން މިދިއައީއެވެ.  ރޯދަ ހިފައި އަޅަމެންނަށް ވެވުނު ވަރަކުން ހެޔޮ ޢަމަލުކޮށް ބޭނުންވާ ކަންކަމަށް އެދި ވަރަށް ގިނައިން ދުޢާކޮށްފީމެވެ.  

ޔާ ﷲ! އަޅަމެން ހިފި ރޯދައާއި ކުރި އަޅުކަން ޤަބޫލުފުޅު ކުރައްވަވައި އަޅަމެން ކުރި ދުޢާ ޢިޖާބަކުރައްވަވާނދޭވެ! އަދި (ޢަރަފާތު ދުވަހު) ނަރަކައިން ސަލާމަތް ކުރެއްވެވި އަޅުންގެ ތެރޭގައި މިއަޅާއާއި މިއަޅާގެ އަނބިންދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ އެންމެން އަދި އެންމެހައި މުސްލިމުން ހިމަނުއްވަވާނދޭވެ! އާމީން

 

މިއަދު އޮންލައިން