ހަނދުމަކޮށްދިނުމެއް: ޢަރަފާތު ދުވަހު ރަސޫލް ޞޢވ އެންމެ ގިނައިން ކުރެއްވެވި ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 43ސ
ހަނދުމަކޮށްދިނުމެއް: ޢަރަފާތު ދުވަހު ރަސޫލް ޞޢވ އެންމެ ގިނައިން ކުރެއްވެވި ދުޢާ-

ޢަރަފާތް ދުވަހު ކުރެވޭ ދުޢާއާ ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ.

"أفضل الدعاء دعاء يوم عرفة"  

މާނައީ: "އެންމެ މާތް ދުޢާއަކީ ޢަރަފާތް ދުވަހުގެ ދުޢާއެވެ." 

ތެދުވެރި ހިތަކާއިގެން، އިޚްލާޞްތެރިކަމާއެކު، ގިނަގިނައިން ﷲގެ އެއްކައުވަންތަ ކަމަށް ހެކިވުން: 

ރަސޫލުﷲ صلى الله عليه وسلم ޢަރަފާތް ދުވަހު ގިނަގިނައިން ﷲގެ އެއްކައުވަންތަކަމަށް ހެކިވެ ދުޢާ ކުރެއްވި ކަމުގައި ރިވާވެގެން ވެއެވެ. 

"كان أكثر دعاء النبي -صلى الله عليه وسلم- يوم عرفة (لا إله إلا الله وحده لا شريك له, له الملك وله الحمد, بيده الخير وهو على كل شيء قدير) 

މާނައީ: “ޢަރަފާތް ދުވަހު ރަސޫލުﷲ صلى الله عليه وسلم އެންމެ ގިނައިން ދެންނެވި ދުޢާއަކީ " 

"لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْر" އެވެ. 

(މާނައީ: ﷲ އީ އެކަލާނގެ ފިޔަވައި ޙައްޤުގޮތުގައި އެއްވެސް އަޅުކަމެއްވެވޭ އިލާހަކުނުވާ އެއްކައުވަންތަ އިލާހެވެ. އެކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. ޙަމްދުހުރީ އެކަލާނގެއަށެވެ. އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.) 

އަދި މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބްން ޢަމްރު ބްނުލް ޢާޞްގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. 

"خير الدعاء دعاء يوم عرفة، وخير ما قلت أنا والنبيّون من قبلي: لا إله إلا الله وحده لا شريك له، له الملك، وله الحمد، وهو على كل شيء قدير"  

މާނައީ: "އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތް ދުވަހުގެ ދުޢާއެވެ. ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރިން އައި އެންމެހާ ނަބީންގެ އެންމެ ހެޔޮ ބަސްފުޅަކީ:  

"لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْر" 

(ﷲ އީ އެކަލާނގެ ފިޔަވައި ޙައްޤުގޮތުގައި އަޅުކަމެއްވެވޭ އެއްވެސް އިލާހަކުނުވާ އެއްކައުވަންތަ އިލާހެވެ. އެކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. ޙަމްދުހުރީ އެކަލާނގެއަށެވެ. އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.) 

ތަކުބީރު ކިޔުން: 

ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން ޢަބްދުﷲ ބްން ޢުމަރު رضي الله عنهما ރިވާކުރެއްވިއެވެ.

"ما من أيام أعظم عند الله ولا أحب إليه العمل فيهن من هذه الأيام العشر فأكثروا فيهن من التهليل والتكبير والتحميد"   

މާނައީ: "މި ދިހަ ދުވަހަށްވުރެ ﷲގެ ޙަޟްރަތުގައި މަތިވެރިވެގެންވާ، އަދި އެދުވަސްތަކުގައި ކުރެވޭ ޢަމަލަށްވުރެ ﷲގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ޢަމަލެއް ނުވެއެވެ.  ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހްލީލާލި[އެބަހީ: لا إله إلا الله] ތަކްބީރާއި[އެބަހީ: الله أكبر] ތަޙްމީދު ކިޔުން ގިނަ ކުރާހުށިކަމެވެ." 

އިސްވެދިޔަ ޙަދީޘްގައި އެވަނީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ މާތްކަމުގެ ވާހަކައެވެ. މިދިހަ ދުވަހުގެ މައްޗަށް ޢިއްޒަތާއި ޤަދަރު ލިބިގެންވާ ދުވަހަކީ ޢަރަފާތް ދުވަހެވެ. އެހެންކަމުން ޢަރަފާތްދުވަހު ގިނަގިނައިން ތަކުބީރު ކިޔައި އުޅުން ހުއްޓެވެ. އެއީ ﷲ ތަޢާލާގެ މާތްކަމާއި މަތިވެރިކަން އިޢުލާން ކުރުމާއި ތިމާމެންގެ އިސްލާމްކަން ފާޅުކުރުމަށްޓަކައެވެ. 

ތަކުބީރު ކިޔުމުގައި އަންނަނިވި ތިންގޮތުން ކުރެ ކޮންމެ ގޮތެއްވެސް ޘާބިތުވެގެން ވެއެވެ.

ހ) "اللهُ أَكْبَرُ، اللهُ أَكْبَرُ لاَإِلَهَ إِلاَّ اللهُ، وَاللهُ أَكْبَرُ وَلِلّهِ الحَمْد"

ށ) "اللّهُ أَكْبَرُ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ كَبِيرَا"

ނ) "اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لاَ إِلَهَ إِلاَّ اللّه ،وَاللّهُ أَكْبَرُ ،اللّهُ أَكْبَرُ ، وَلِلّهِ الْحَمْد" 

ދުޢާއަކީ އަޅުގަނޑުމެންނާ ކުރިމަތި ލާފައިމިވާ މަތިވެރި މައްސަރުގެ ހެޔޮކަން އަޅުގަނޑުމެންނަށް، ﷲ ތަބާރަކަ ވަތަޢާލާ ދެއްވުމެވެ. އަދި ޢަރަފާތް ދުވަހުގައި އެންމެހާ ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤް އަޅުގަނޑުމެންނަށް ދެއްވާ، އަޅުގަނޑުމެންގެ ފާފަތައް އެކަލާނގެ ފުއްސަވާދެއްވުމެވެ. އާމީން.

وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين. والحمد لله رب العالمين. 

މަސްދަރު: --ދިސަލަފިއްޔާ

 

މިއަދު އޮންލައިން