"ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން އިސްވެދިއަ އަހަރުގެ ފާފަ އާއި ކުރިއަސް އޮތް އަހަރުގެ ފާފަ ފުއްސަވައި ދެއްވަވާނެކަމަށް، ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ."
ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ. ވީމާ މިއީ ކުޑަކުޑަ ނިޢްމަތެއް ނޫނެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އެއީ އެމީހަކަށް ކުރެވޭ ކުދިފާފަތަކެވެ. ބޮޑެތި ފާފަތައް ފުއްސަވައިދެއްވަވާނީ ފުއްސަވައި ދެއްވެވުން އެދި ދެންނެވުމުންނެވެ. އެހެންކަމުން ޢަރަފާތު ދުވަހު ރޯދައަށް ހުރެ އެމީހަކަށް ކުރެވިފައިވާ ހުރިހާ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދަންނަވަންވާނެއެވެ.
ހަމަ އެއާއިއެކު މިފަދަ މެސެޖުތައް ޝެއާކޮށްގެންވެސް ފޯނުން ގުޅައިގެންވެސް ބައްދަލުވުމުންވެސް މާދަމާ ރޯދަ ހިފުމަށް އެކުވެރިންނަށް ހަނދާންކޮށްދޭށެވެ. ތިބާގެ ސަބަބުން މީހަކު ރޯދަ ހިފައިފިނަމަ ރޯދަހިފި މީހާއަށް އެއްވެސް މިންވަރެއް އުނިކުރެއްވެވުމެއް ނެތި ތިބާއަށްވެސް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
އުފާވެރިކަން ލިބެނީ މިއަހަރުގެ ޙައްޖުމަހުން ފާއިތުވި 8 ދުވަހުވެސް ގިނަ ބައަކު ރޯދަހިފުމުންނެވެ. މިރެއަކީ އެހެން ރޭތަކަށްވުރެ ވިޔަފާރިވެރިންގެ މިސްކިތުގެ ސުފުރާ ދިގުކުރަންޖެހުނު ރެއެކެވެ. ކޮޅަށް ތިބެގެންވެސް ބައިވެރިވަން ޖެހުނު ރެއެކެވެ.