ވިސްނާލަންޖެހޭ ކަމެއް! މިފާފަކޮށްލާފައި ތައުބާވާނީކަމަށް ބުނެ ފާފަކުރާމީހުންނަށް އެމީހުން ކުރިން ކުރި ފާފައިގެ ތައުބާ ޤަބޫލުކުރެއްވެވިކަން އެނގެނީހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ވިސްނާލަންޖެހޭ ކަމެއް! މިފާފަކޮށްލާފައި ތައުބާވާނީކަމަށް ބުނެ ފާފަކުރާމީހުންނަށް އެމީހުން  ކުރިން ކުރި ފާފައިގެ ތައުބާ ޤަބޫލުކުރެއްވެވިކަން އެނގެނީހެއްޔެވެ؟: މުފްތީ މެންކް

މި ފާފަކޮށްލާފައި ތައުބާވާނީ ކަމަށް ހިތަށް އަރުވައިގެން ފާފަ ކުރުމަކީ ވަރަށް ނުރައްކައުތެރި އަދި ބިރުވެރި ކަމެކެވެ. އެހެނީ ފާފަ ފުއްސަވާނެކަމުގެ ޔަޤީންކަން ލިބޭނެ އެއްވެސް ގޮތެއް ނެތުމެވެ. އަދި ފާފަ ނުފުއްސަވައިގެން އުޅެނިކޮށް، ތައުބާވެސް ނުވެވިގެން އުޅެނިކޮށް މަރުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.

އަދިވެސް އިތުރަށް ވިސްނައިލަންޖެހޭ ވަރަށް ބޮޑު މައްސަލައެއް އެބަ އޮތެވެ. އެއީ ތައުބާވުން ލަސްކޮށްފިނަމަ މަރުގެންދަވާނީ އިސްލާމެއްގެ ގޮތުގައިކަމާއިމެދުގައެވެ. ތައުބާ ނުވެވި ހުއްޓައި ކާފިރެއްގެ ގޮތުގައި މަރުގެންދަވައިފިނަމަ ޤިޔާމަތް ދުވަހު ކުރިމަތިވާނެ ޙާލަތަށް ވިސްނައި ބިރުވެތިވާށެވެ! މިކަންކްމުގެ ވާހަކަތައް ކީރިތި ޤްރްއާނުގައި ވަނީ ބަޔާން ކުރައްވަވައިފައެވެ.

އިސްލާމެއްގެ ގޮތުގައި ނޫނީ މަރުނުވުމަށް ﷲ ތަޢާލާ ވަނީ ގަދައަޅުއްވަވައި އަމުރުފުޅު ކުރައްވަވައިފައެވެ. މިކަމުން ވެސް އެނގޭ ކަމަކީ އަހަރެމެންނަށް ފާފައެއް ކުރެވުނު ނަމަވެސް ވަގުތުން ތައުބާވުމަށް އަވަސްވެގަންނަން ޖެހޭނެ ކަމެވެ. މަރުވާނެ ވަގުތު ނުއެނގޭތީއެވެ.

ފަފައެއް ކުރެވުމުން އެންމެ ފަހަރަކު ތައުބާވުމަކުން ނުފުދެއެވެ. ގިނަގިނައިން ތައުބާވާން ޖެހޭނެއެވެ. އަދި އެނގިގެން ފާފައެއް ނުކުރެވުނު ނަމަވެސް އަބަދުވެސް ހުންނަން ވާނީ ތައުބާވުންމަތީގައެވެ. ގިނަގިނައިން ތައުބާވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވައެވެ. ހަމަ އެއާއިއެކު ގިނަގިނައިން ތައުބާވުމަކީ ﷲ ތަޢާލާގެ ޙަމްރަތުގައި އެމީހެއްގެ ދަރަޖަ އުފުލިގެންދާ ކަމެކެވެ. ދަރަޖަ މަތިވެރިވެގެންދާ ކަމެކެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން