ފާފަ ފުއްސެވުމަށް އެދޭ މީހާ ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުމަކީ އެންމެ ފައިދާހުރި އެއް ކަންތަކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ފާފަ ފުއްސެވުމަށް އެދޭ މީހާ ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުމަކީ އެންމެ ފައިދާހުރި އެއް ކަންތަކެވެ!

ނަމާދުވަގުތު ޖެހޭއިރު ގޭގައި ހުރިނަމަ ގެއިން ވުޟޫކޮށްގެން ނަމާދަށް ދިއުމުގެ މުހިންމުކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދިޘްފުޅު ކުރައްވަވައިފައެވެ.

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްފުޅު ކުރެއްވެވިއެވެ.

"މީހަކު ނަމާދަށް ވުޟޫކޮށް، އަދި ވުޟޫ ފުރިހަމަކޮށް، ދެން ފަރުޟު ނަމާދަށް ގޮސް، މީސްތަކުންނާއިއެކު ނަމާދުކޮށްފިނަމަ، ނުވަތަ ޖަމާޢަތުގައި ނަމާދުކޮށްފިނަމަ، ނުވަތަ މިސްކިތުގައި ނަމާދުކޮށްފިނަމަ، މާތް ﷲ އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވާނެއެވެ."

(ޞަޙީޙް މުސްލިމް: 341)

މިޙަދީޘްފުޅުން އެނގިގެންދަނީ ވުޟޫކުރަންވާނީ ނަމާދުކުރުމަށް ނިޔަތް ގަނެގެން ކަމެވެ. އަދި ވުޟޫކުރަންވާނީ ސުންނަތުގައިވާފަދައިން ހުރިހާ ކަންކަން އަދާކޮށްގެން ފުރިހަމައަށް ކަމެވެ. އަދި ވުޟޫކުރުން އޮތީ ގޭގައި ކަމެވެ. އެއީ ވުޟޫކޮށްގެން މިސްކިތަށް އައުމަށް އަންގަވާފައިވާތީއެވެ. އަދި ފަރުޟު ނަމާދުކުރުން (ފިރިހެނުންނަށް) އޮތީ މިސްކިތުގައި ކަމެވެ.

މީގެ އިތުރުން މިގޮތަށް ފާފަ ފުސްވައި ދެއްވެވުމުގައި ޖަމާޢަތް ލިބުން މުހިންމުކަމާއި، ޖަމާޢަތުން ބައެއް ލިބުނު ނަމަވެސް ފުދިދާނެ ކަމާއި ޖަމާޢަތަށްޓަކައި ގެއިން ވުޟޫކޮށްލައިގެން ދިއަ މީހަކަށް ޖަމާއަތް ނުލިބުނު ނަމަވެސް މިސްކިތުގައި ނަމާދުކޮށްފުމުން އޭނާ އެކަމަށް ނިޔަތް ގްނެފައިވާތީ އޭނާއަށް އެކަމުން ލިބެންވާ ސަވާބެއް އުނިނުވާނެ ކަމާއި ފާފަ ފުއްސަވައި ދެއްވެވުމުގައިވެސް އުނިނުވާނެކަން އެނގިގެންދެއެވެ.

މިގޮތަށް ފާފަ ފުއްސަވައި ދެއްވެވުމުގައި ޝަރުޠެއްގެ ގޮތުގައި އައިސްފައި އޮތީ ބޮޑުފާފައެއް ނުކުރާ ކަމުގައި ވާނަމައެވެ.

--ޞަޙީޙް މުސްލިމް/ އުސްތާޛް ޙުސައިން ރަޝީދު އަހްމަދު

މިއަދު އޮންލައިން