ޣީބައަށް ނުވާނެ ކަމަށް ޞަޙާބީން ހީފުޅުކުރެއްވެވި ބަސްފުޅުތައްވެސް ވީ ޣީބައަށް- ބިރުވެތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ޣީބައަށް ނުވާނެ ކަމަށް ޞަޙާބީން ހީފުޅުކުރެއްވެވި ބަސްފުޅުތައްވެސް ވީ ޣީބައަށް- ބިރުވެތިވޭ!

ޝައްކެއްނެތް ގޮތުގައި ޣީބައަކީ ބިރުވެރިކަން ބޮޑު، އެކަމުގައި ދެމިހުރި މީހަކަށް، ދެދުނިޔޭގައި ވެސް ގެއްލުމާއި ހަލާކު ހުރި ކަމެކެވެ. ނަމަވެސް ގިނަމީހުންވަނީ މިކަމަށް ޣާފިލުވެފައެވެ. އަދި އެމީހުން ދައްކާ ވާހަކައިގެ ފޮނި މޭވާ އަކީ މީސްތަކުންނަށް ޣީބަ ބުނުން ކަމުގައި ހަދައެވެ. 

އެހެންކަމުން މުޖުތަމަޢުތަކުން އެފަދަ މަންޒަރުތަށް މެދު ކެނޑުމެއްނެތި ރެޔާއި ދުވާލު ހުޅުވާފަ ހުއްނަ ޓީވީ އާއި ރޭޑިއޯ ތަކުން ވެސް އިވި އިވި ހުރެއެވެ. މިކަން މީހާ ފުޅާކޮށް ފެތުރިފައި ވުމުގެ އަސްލަކީ މިކަމުގެ ނުބައިކަން ތަސައްވަރު ކުރެވި، އެނގިފައި ނެތުން ނޫންކަމުގައި ނުވާނެއެވެ. މިކަމުގެ ނުރައްކާތެރިކަމާ ގުޅިގެން އައިސްފައިވާ ޝަރުޢީ ބައެއް ދަލީލުތައް ބަޔާން ކޮށްދެމެވެ. 

وعن عمرو بن شعيب عن أبيه عن جده، أنهم ذكروا عند رسول الله  رجلاً، فقالوالَا يَأْكُلُ حَتَّى يُطْعَمَ، وَلا يَرْحَلُ حَتَّى يُرْحَلَ لَهُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَاغْتَبْتُمُوهُ، فَقَالُواإِنَّمَا حَدَّثْنَا بِمَا فِيهِ، قَالَحَسْبُكَ إِذَا ذَكَرْتَ أَخَاكَ بِمَا فِيهِ)) [صحيح الترغيب والترهيب] 

މާނައީ : ޢަމްރު ބުން ޝުޢައިބު އެކަލޭގެފާނުގެ ބައްޕާފުޅާއި، ކާފާފުޅުގެ އަރިހުން ރިވާކުރެއްވި އެވެ. އެދެބޭކަލުން ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ގެ އަރިހުގައި ފިރިހެނެއްގެ ވާހަކަ ޛިކުރު ކުރައްވަމުން، ވިދާޅުވިއެވެ. : އޭނާ އަށް ކާން އެރުވުމުން ނޫނީ އޭނާ ނުކައެވެ. އަދި ބަޔަކު ދަތުރު ހަދައި ތަނަކަށް ގެންގޮސްފުމަށް ދާންދެން އޭނާ ދަތުރެއް ނުކުރެއެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައި މީހުން އޭނާގެ ޣީބަ ބުނެފިއެވެ."

އެބޭކަލުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަންބޭކަލުން މި ދެންނެވީ އޭނާގެ ކިބައިގައި ހުރި ކަމެއްގެ ވާހަކައެވެ. ޙަދީޘް ކުރެއްވިއެވެ. ތިބާގެ އަޚާގެ ކިބައިގައި ހުރިކަމެއްގެ ވާހަކަދެއްކުން ތިބާއަށް (ޣީބައަކަށް) ފުދެއެވެ." 

- ނުނިމޭ 

- އައްޝައިޚް އަޙްމަދު ޚާލިދު

 

 

މިއަދު އޮންލައިން