ﷲ ތަޢާލާ ކުރައްވަވާފައިވާ ޝަރުޠު ތިބާގެ ކިބައިގަ ފުރިހަމަނަމަ ތިބާ ވާނީ އުފަލުގައެވެ! ސަލާމަތްކަމުގައެވެ! އެކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ﷲ ތަޢާލާ ކުރައްވަވާފައިވާ ޝަރުޠު ތިބާގެ ކިބައިގަ ފުރިހަމަނަމަ ތިބާ ވާނީ އުފަލުގައެވެ! ސަލާމަތްކަމުގައެވެ! އެކަން ޤުރްއާނުން-

އަހުރެމެންނަށް ކުރިމަތިވާ ހުރިހާ މައްސަލަތަކެއްވެސް އުފެދެނީ ﷲ ތަޢާލާ އަހުރެމެންނަށް ކުރައްވަވާފައިވާ ޝަރުޠާއި ހަމައިންނެވެ! އަހުރެމެން ފޭލްވެ ޑިސްކޮލިފައިވަނީ އެ ހިސާބުންނެވެ! ފުރިހަމަ މުއްމިނަކަށްވުމުގެ ޝަރުޠާއި ހަމައިންނެވެ.

ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާއި ކުރަންޖެހޭ ސުވާލަކީ ތިމާއަކީ މުއްމިނެއް ހެއްޔެވެ؟ މުއްމިނެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތައް ތިމާގެ ކިބައިގައި ފުރިހަމަވޭ ހެއްޔެވެ؟

ﷲ ތަޢާލާއަށް އީމާންވުމަށްފަހު ކުރަންޖެހޭ ޢަމަލުތައް ފުރިހަމައަށް ކުރަމު ހެއްޔެވެ؟ އިސްލާމަކަށް ވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް މުއްމިނަކަށްވުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ! އިސްލާމް ދީނަށް އަމަލު ނުކޮށް މުއްމިނަކަށް ނުވެވޭނެތީއެވެ!

ދުނިޔޭގެ ކިތަންމެ ގިނަ ބައަކު ކިތަންމެ ބޮޑަށް މާޔޫސްވެ ކަންބޮޑުވެގެން އުޅުނު ނަމަވެސް ތިބާ އެމީހުންގެ ތެރޭގައި ނުހިމެނޭށެވެ! ތިބާގެ ވެރިފަރާތަކީ އެންމެހައި ކަންކަމުގެ މިލްކްވެރިފަރާތެވެ! އެންމެހައި ކަންކަމަށް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާ ފަރާތެވެ! ހަމައެކަނި މިއަދަކު ނޫނެވެ! މާދަމާވެސް އަދި ހުރިހާ ދުވަހަކުވެސް މީސްތަކުން އެދި ދަންނަވާ ހުރިހާ ކަންކަން ވެސް ފުއްދަވައި ދެއްވެވުން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޞްރަތަށެވެ!

ޔަޤީންކުރަންވީ މިއާޔަތުގައި މިވާ ވަޙީ ބަސްފުޅެވެ.

"ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ މުއުމިން ތަކުން ސަލާމަތްކުރައްވަމެވެ." (އަލް އަންބިޔާ: 88)

".. އަދި އެފަދައިން ތިމަންރަސްކަލާނގެ މުއުމިން ތަކުން ސަލާމަތްކުރައްވަމެވެ." މި ވަހީ ބަސްފުޅު ބަދަލެއް ނުވާނެއެވެ! މުއްމިންތަކުންނަށް ކުރިމަތިވާ މުޞީބާތްތަކުން ﷲ ތަޢާލާ އެބައަކު ސަލާމަތްކޮށްދެއްވަވާނެތެވެ! އެއީ ހަމަ ޔަޤީންކަމެކެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން