ރަންކިޔުމަށްފަހު އެކުގައި އުޅެވިދާނެތޯ؟ ގައިގަ ބީހުން ހުއްދަވާނެތޯ؟
ކިޔުންތެރިއަކު ކޮށްފައިވާ މިސުވާލަށް ބުނެލަން އޮތީ ގައިގައި ނުބީހި އެކުގައި އުޅުމަކީ ކުރެވިދާނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން މުހިންމީ ދެވަ ސުވާލެވެ. ރަންކިޔުމަށްފަހު ގައިގައި ބީހުން ހުއްދަވާނެތޯ ކުރައްވާފައި އޮތް ސުވާލެވެ.
ތިރިގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
"ކައިވެނިކުރަން އަނބިމީހާ ރަން ކިޔުމަކީ އަނބިމީހާގެ ހަށިގަނޑުން އެންމެ ތަންކޮޅެއްވެސް، ފިރިހެން މީހާއަށް ހުއްދަވާ ކަމެއް ނޫނެވެ. ހުއްދަވާނީ ކައިވެނި ޢަޤްދް ކުރުމުންނެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް މިޖަވާބު ދެއްވާފައިވަނީ "ރަންކިޔުމުން މިހާރު އެއްފަޅި ޙަލާލުވާނެ ކަމަށް" ބައެއް ފިރިހެނުން ބުނާ ކަމަށާއި ރަންކިޔުމުން އަނބިމީހާގެ ގައިގައި އެއްވެސް ވަރަކަށް އަތްލުން ފިރިހެން މީހާއަށް ހުއްދަވާނެތޯ؟ މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
ޑރ. އިޔާޟްގެ ޖަވާބުން އެނގިގެންދަނީ ރަންކީ ނަމަވެސް ގައިގައި އަތްލުމުގެ ހުއްދަ އެއްވެސް ވަރަކަށް ނުލިބޭނެ ކަމާއި އެ ހުއްދަ ލިބޭނީ ކައިވެނި ކުރުމުން ކަމެވެ. ވީމާ ފިރިހެން މީހާ ކޮންމެ އިބާރާތަކުން އެދުނު ނަމަވެސް ކައިވެނީގެ ކުރިން އަންހެން މީހާގެ ގައިގައި އަތްލުމުގެ ހުއްދަ އެއްވެސް މިންވަރަކަށް ނެތް ކަމެވެ.