ކޮންމެހެން ދަސްކުރަންޖެހޭ ކަމެއް!: ބައިވެރިޔާވެސް އެހެންމީހަކު ނަމަވެސް ތިބާއަށް ޙަޤީޤީ ސަމާލުކަން ނުދޭ ކަން އަންގައިދޭ 4 ހެއްކެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ކޮންމެހެން ދަސްކުރަންޖެހޭ ކަމެއް!: ބައިވެރިޔާވެސް އެހެންމީހަކު ނަމަވެސް ތިބާއަށް ޙަޤީޤީ ސަމާލުކަން ނުދޭ ކަން އަންގައިދޭ 4 ހެއްކެއް-

ކޮންމެ މީހެއްގެވެސް އެކުވެރިން ތިބޭނެއެވެ. އެކިވަރަށެވެ. ބައެއް މީހުންގެ އެކުވެރިން ގިނަވާނެއެވެ. އަނެއް ބައެއްގެ އެކުވެރިން މަދުވާނެއެވެ. އެކުވެރިންގެ ޢަދަދު ކިތަންމެ ގިނަ ނަމަވެސް އެމީހުންނަކީ ތިބާއަށް ސަމާލުކަން ނުދޭ ބައަކު ކަމުގައިވާނަމަ އެކަމަކުން ކުރާނެ ފައިދާއެއް ނެތެވެ. 

ވީމާ އެކުވެރިންނަކީ ތިމާއަށް ސަމާލުކަންދޭ ބައަކުކަން ދެނެގަންނަން އެބަޖެހެއެވެ. ތިރީގައި މިބަޔާންކުރަނީ މީހަކު ތިބާއަށް ސަމާލުކަން ނުދޭނަމަ އެމީހެއްގެ ކިބައިން ފެނިގެންދާނެ ބައެއް ސިފަތެކެވެ.  

ހަމައެއާއިއެކު ބައިވެރިޔާވެސް ތިބާއަށް ސަމާލުކަން ނުދޭނަމަ އެމީހެއްގެ ކިބައިން މިސިފަތައް ފެނިގެންދާނެއެވެ. ވީމާ ދެމަފިރިންކުރެ ކޮންމެ މީހަކުވެސް މިކަންކަމަށް ވިސްނަންވާނެއެވެ. ބައިވެރިޔާ އާއިމެދު މިފަދަ އެއްވެސް ގޮތަކަށް ކަންކަން ބަހައްޓައިގެން ނުވާނެއެވެ.  

1.    ފުރަތަމަ ކަމަކަށް އެމީހުން ތިބާއާއި ގިނަގިނައިން ވާހަކަ ނުދެއްކުން، ތިބާއާއި އެކުގައި ނުވުން. އާންމުކޮށްވެސް ތިބާގެ މެސެޖްތަކަށް އަވަހަށް ޖަވާބު ނުފޮނުވުން. ތިބާ ވާހަކަ ދައްކަން މަސެއްކަތް ކުރުމުން އަޅާނުލުން. ނުވަތަ ތިބާގެ ހަޔާތުގައި ހިނގާ ކަންކަމާއި މެދު ޝައުޤެއް ނެތުން. 

2.    ދެވަނަ ކަމަކަށް، އެމީހުން އެމީހުންނާއިގެން އުޅުން. އެމީހުން އަބަދުވެސް އެމީންގެ ޒަރޫރަތްތަކާއި ބޭނުންތައް އިސްކުރުން. މަޝްވަރާތަކުގައިވެސް އެމީހުން މައިގަނޑު ގޮތެއްގައި އެމީހުންނާއި ބެހޭގޮތުން ވާހަކަ ދެއްކުމާއި ތިބާއަށްވާ ކަންކަމާއި މެދު ފަރުވާ ކުޑަކުރުން.  

3.    ތިންވަނަ ކަމަކަށް، ތިބާ އެހީތެރިކަމަކަށް ބޭނުންވާ ހިނދު އެމީހުން ތިބާގެ ގާތުގައި ނުތިބުން. ތިބާ ދަތިއުނދަގޫ ހަލަތެއް ތަހައްމަލް ކުރަމުން ދާއިރު އަދި ކޮންމެވެސް މީހަކަށް ތިބާ ބޭނުންވާ ހިނދު އެމީހުން ތިބާ ގާތުގައި ނެތުން. އެމީހުން ތިބާގެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ނުނަގަނީ ކަމަށްވެސް ވެދާނެ. ނުވަތަ ތިބާ ބޭނުންވަ މަޝްވަރާއާއި އެހީތެރިކަން އެމީހުން ނުދިނުން.  

4.    އަދި ހަތަރުވަނަ ކަމަކަށް، އެމީހުން ތިބާއަށް އިޙްތިރާމް ނުކުރުން. މީގެ މާނައަކަށް ވެދާނެ އެމީހުން ތިބާ ނެތްތަންތާގަ ތިބާގެ ވާހަކަ ދެއްކުންވެސް. ތިބާގެ އަމިއްލަ ވަންތަކަމާއި އިޙްސާސްތަކަށް އިޙްތިރާމް ނުކުރުން އަދި ތިބާގެ ބޭނުން ހިފާލުން. ތިބާއަށް މުޙިއްމު ކަންކަމާއި މެދު އެމީހުން ފަރުވާލެއް ނުބަހައްޓަނީ ކަމަށްވެސް ވެދާނެ. އަދި ތިބާއަށް އެމީހުން އިޙްތިރާމް ނުކުރާކަން އަންގައިދޭފަދަ ކަންކަން ކުރުން.

މިއަދު އޮންލައިން