އެކުވެރިއަކާ ރުޅިވިނަމަވެސް އެމީހަކާމެދު އެހެން މީހުންގެ ހިތުގަ ނަފްރަތު އުފައްދުވަން ކުރާ ކޮންމެ ކަމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެކުވެރިއަކާ ރުޅިވިނަމަވެސް އެމީހަކާމެދު އެހެން މީހުންގެ ހިތުގަ ނަފްރަތު އުފައްދުވަން ކުރާ ކޮންމެ ކަމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެއް!: މުފްތީ މެންކް

މުސްލިމުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ މީހަކު ތިމާއަށް ދެރައެއް ދިންނަމަވެސް އެކަންކުރި މީހާއަށް ނަފްރަތުކޮށް އޭނާއަށް ދެރައެއްދޭން މަސައްކަތްނުކުރުމެވެ. އަދި އެމީހަކަށް މާފުކޮށް ހިތްސާފުކުރުމެވެ. އުންމީދުކުރަންވީ އެގޮތަށް ކަންތައް ކުރުމުން ތިމާއަށް ﷲ ތަޢާލާ ދެއްވަވާނެ ޘަވާބަށެވެ. އެއީ މާބޮޑު ރަޙްމަތެކެވެ. 

ކިތަންމެ އެކުގައި އުޅެފައިވެސް ދިމާވާ ކަމަކާއި ގުޅިގެން މީހަކު ދެކެ ރުޅި އައިސް ނަފްރަތުކުރެވެންފަށައިފިނަމަ އެމީހަކަށް ގެއްލުން ދިނުމަށް އެކިގޮތްގޮތަށް ތަފާތު މަސައްކަތްތައް ކުރެއެވެ. އެގޮތުން ބައެއް މީހުން ކުރާ އެންމެ ޢާންމު އެއް ކަމަކީ އެހެން މީހުންގެ ހިތުގައި އެމީހަކަށް ނަފްރަތު އުފެއްދުވުމަށްޓަކައި އޮށް އިންދުމެވެ. 

އެކުވެރިންގެ ގާތުގައި ތަފާތު ވާހަކަތައް ދައްކައެވެ. ދޮގުހަދައިގެންވެސް ވާހަކަދައްކައެވެ. އަދި މުޅި ދުނިޔެއަށް ޢާންމުވާނެ ގޮތަށް ސޯޝަލް މީޑިއާގައިވެސް ހާމަކުރެއެވެ. 

މިއީ ކިތަންމެ ކުޑަކަމެއް ކަމަށް ހީކުރެވުނު ނަމަވެސް މިއީ ވަރަށް ބޮޑު ފާފައެކެވެ. އެކަމުގެ ސަބަބުން މީސްތަކުންގެ ހިތްތަކުގައި އެމީހަކަށް އުފެދޭ ހުރިހާ ނަފްރަތެއްގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެ ކަމެކެވެ. އެކަމުގެ ސަބަބުން އެމީހަކަށް ލިބޭ ހުރިހާ ގެއްލުންތަކެއްގެ ޒިންމާ އުފުލަން ޖެހޭނެ ކަމެކެވެ. އެކަމުގެ ސަބަބުން ފެތުރޭ ދޮގު މައުލޫމާތާއި އެމީހެއްގެ އަބުރަށް ލިބޭ ހުރިހާ ގެއްލުންތަކެއްގެ ޒިންމާ އުފުލަން ޖެހޭނެ ކަމެކެވެ. 

އެއިން އެއްވެސް ކަމަކުން އެކަން ކުރި މީހާއަށް ސަލާމަތެއް ނުވެވޭނެއެވެ. އެހުރިހާ ކަންކަން މެދުވެރިވީ އެމީހާގެ ސަބަބުންކަން ﷲ ތަޢާލާ ދެނެވޮޑިގެންވާކަން ހަނދާނުގައި ބަހައްޓާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން