ޢާއިޝަތު ރަފާޙް ޢަލީ
· ޛިކުރުކުރުން:
މުޞީބާތްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރެއިން ދެން މި ބަލާލަނީ ޛިކުރުކުރުމަށެވެ.
ﷲ ތަޢާލާއަށް ޛިކުރުކުރުމަކީ ވަރަށް މާތް އަޅުކަމެކެވެ. އެކަމުގެ ސަބަބުން އަޅާ އާއި އޭނާގެ ވެރި ރައްބާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެންދެއެވެ.
ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
﴿فَاذْكُرُونِي أَذْكُرْكُمْ﴾
މާނައީ: “ފަހެ، ތިޔަބައިމީހުން ތިމަންއިލާހު ހަނދުމަ ކުރާށެވެ! އޭރުން ތިމަންއިލާހު ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ."
ޛިކުރުކުރުމަށް ވަކި ވަގުތުތަކެއް ނޯވެއެވެ. ގޭތެރޭ މަސައްކަތުގައި އުޅޭއިރުވެސް އަދި މަގުމަތީގައި އުޅޭއިރުވެސް ޛިކުރު ކުރެވިދާނެއެވެ. އިށީނދެ އިނދެގެންނާއި އޮށޯވެ އޮވެގެންނާއި، ގޭތެރޭގައާއި ގެއިން ބޭރުގައާއި، އެއްގަމު އުޅަނދުފަހަރުގައާއި އޮފީސް މަސައްކަތްތައް ކުރުމުގައިވެސް ޛިކުރު ކުރެވިދާނެއެވެ.
ޛިކުރުކުރުމުގެ ސަބަބުން އިންސާނާގެ ހިތަށް ހިތްހަމަޖެހުން ލިބި ފާފަތަކުން ދުރުހެލިވުމަށް ލިބޭ ބާރަކަށް ވެގެންދެއެވެ.
ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ އާލް ޢިމްރާން ސޫރަތުގެ 191 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ
"އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، باطل ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ!"
ޛިކުރުކުރުމުގެ ގޮތުން ކުރެވޭނެ ދުޢާތަކުގެ ތެރޭގައި
· سبحان الله
· الحمد لله
· الله أكبر
· لاَ حَوْلَ وَلاَ قُوَّةَ إِلَّا بِاللَّهِ
· سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ العَظِيمِ