ކައިވެންޏަށްފަހު ހަމައެކަނި ތިމާ ބޭނުންވާ ކަންކަން ފުރިހަމަވުމަށް އެދުނަސް އެކަން ޙާޞިލެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކައިވެންޏަށްފަހު ހަމައެކަނި ތިމާ ބޭނުންވާ ކަންކަން ފުރިހަމަވުމަށް އެދުނަސް އެކަން ޙާޞިލެއް ނުކުރެވޭނެ!

ކައިވެނީގައި މައްސަލަތައް ޖެހިގެން އަންނަ ގިނަ ފިރިހެނުން ބުނެއެވެ. "އަހުރެން ބޭނުންވަނީ އަހުރެން ހާސްވެ ކަންބޮޑުވެފައި ހުންނަ ވަޤުތުތަކުގައި އަހުރެންނަށް ސަމާލުކަންދީ ހިތްވަރުދޭނެ އަންތބެކެވެ." ގިނަ އަންހެނުން ބުނަނީ އެމީހުންނަށް ބޭނުންވަނީ ލޯތްބާއި އަޅައިލުންދީ އެކުގައި ވަޤުތު ހޭދަކުރާނެ ފިރިއެކެވެ. 

ދެން ބަލަންވީ މިކަން މިވަނީ ކިހިނެއްތޯއެވެ؟ ރަނގަޅަށް ވިސްނާށެވެ. ކޮންމެ މީހަކުވެސް ކައިވެނިކުރަނީ އަނެކާގެ ކިބައިން ތިމާއަށް ބޭނުންވާ ހުރިހާ ކަމަކަށް އެދިގެންނެވެ. އެކަމަކު އެއްވެސް މީހަކަށް އަނެކާއަށް ބޭނުންވާ ހުރިހާ ކަންކަން ފުރިހަމަކޮށް ނުދެވިދާނެއެވެ. ހުރިހާ ކަމެއް ފުރިހަމަކޮށްދިނުން ވާނީ ވަރަށް ދަތިކަމަކަށެވެ. 

މިފަދަ މައްސަލަތައް ކުރިމަތިވަނީ އަނެކާގެ ބޭނުންތަކަށް އެއްވެސް ވަރަކަށް އަޅައިނުލެވުމުންނެވެ. އަނެކާގެ އިޙްޞާޞްތަކަށް ޙުރުމަތްތެރިކޮށް ނުހިތުމުންނެވެ. އަނބިމީހާ ކަމުގައިވީނަމަވެސް ފިރިމީހާކަމުގައިވީނަމަވެސް އަނެކާގެ އިޙްޞާޞްތަކަށް ޙުރުމަތްތެރިކޮށް ނުހިތައި ތިމާ ބޭނުންވާ ކަންކަމަށް އެދުނަސް އެކަން ފުރިހަމަކޮށެއް ނުދެވޭނެއެވެ. 

އާނއެކެވެ! ފިރިހެނުންގެ މަސްއޫލިއްޔަތުތައް ގިނަވާނެއެވެ. ފިކުރުކުރަންޖެހޭ ކަންކަންވެސް ގިނަވާނެއެވެ. ކަންބޮޑުވުންވެސް ގިނަވާނެއެވެ. އެފަދަ ވަޤުތުތަކުގައި އަނބިމީހާގެ ކިބައިން އެހީތެރިކަން ލިބޭނީ އޭނާގެ އިޙްޞާޞްތަކަށްވެސް ޙުރުމަތްތެރިކޮށް ހިތާނަމައެވެ. 

ކައިވެނިކުރުމަށްފަހު ހަމައެކަނި ތިމާ އެދޭ ކަންކަން ފުރިހަމަވުމަށް އެދުނަސް އެކަން ޙާޞިލެއް ނުކުރެވޭނެއެވެ. އަނެކާއަށް ދޭންޖެހޭ ސަމާލުކަންވެސް ދޭށެވެ. އަނބިމީހާ ފިރިމީހާއަށް އަދި ފިރިމީހާ އަނބިމީހާއަށް އަޅާލައި އެހީތެރިވާށެވެ. ލޯބިދޭށެވެ! އެއިރުން ދެމީހުންނަށްވެސް ދާނީ ބޭނުންތައް ފުދެމުންނެވެ. 

މިއީ ކައިވެނީގެ މައްސަލަތައް ޙައްލުކުރަން ލަފާދޭ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

- އަލަފް / މިއަދުނޫސް  

މިއަދު އޮންލައިން