ނަރަކަ އާއިމެދު މި ޙަޤީޤަތްތައް އެނގުމުންވެސް ބިރުވެތިނުވެ ނަރަކައަށް ވަންނާނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ނަރަކަ އާއިމެދު މި ޙަޤީޤަތްތައް އެނގުމުންވެސް ބިރުވެތިނުވެ ނަރަކައަށް ވަންނާނީހެއްޔެވެ؟

ދުނިޔެއަކީ ސުވަރުގެ ކަމަށް ހަދައި ހިތަށް އެރިހައި ފާފަތަކެއް ކުރަމުން ގެންދިއުމުގެ ނަތީޖާއަކީ ދުނިޔޭގައި އުޅުނު އެންމެންގެ ތެރެއިން ސުވަރުގެ ވައްދަވާނީ ހާހަކުން އެންމެ މީހެކެވެ. މާނައަކީ ކޮންމެ 1000 މީހަކުން 999 މީހުންނަށް ވަންނަން ޖެހޭނީ ނަރަކައަށެވެ.  

އެހެންކަމަށްވާއިރު ނަރަކައިގައި ތިބެންޖެހޭނެ މީހުންގެ ޢަދަދު ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ! ދެން އެއެންމެން ނަރަކައިން ނުކުތަނުދީ ބަލަހައްޓަވަން ތިބާ މަލާއިކަތުންގެ ޢަދަދަށް ވިސްނައިލާށެވެ!  

عَلَيْهَا تِسْعَةَ عَشَرَ

"(ބެލެހެއްޓެވުމަށް) އެ ނަރަކައިގެ މައްޗަށް އޮނަވިހި މަލާއިކަތުންވެއެވެ."

(އަލް މުއްދަޘިރް: 30) (އޮނަވިހި- ނަވާރަ- 19) 

ޚިޔާލަށް ގެނެވިއްޖެ ހެއްޔެވެ؟ މިބަޔާންކުރިހައި ގިނަމީހުން ބަލަހައްޓަން ލައްވަވާފައިވަޏީ އެންމެ 19 މަލާއިކަތުންނެވެ. އެކަމަކުވެސް ހަމަ އެކަކަށްވެސް ނަރަކައިން ފިލައިގެނެއް ނުދެވޭނެއެވެ. އަދި އެމީހަކަށް ދެއްވަވާ ޢަޛާބުން ޛައްރެއްގެ މިންވަރުވިޔަސް ލުއިވެސް ނުކުރެވޭނެއެވެ. ކާންޖެހޭ ޒައްޤޫމް ނުކައެއްވެސް ނުހުރެވޭނެއެވެ. ބޯންޖެހޭ ކެކިކެކި ހުންނަ ހޫނުފެން ނުބޮއެއްވެސް ނުހުރެވޭނެއެވެ. ޖަހާފައިވާ އަލިފާނުގެ ޗޭނުތަކުން ސަލާމަތެއްވެސް ނުވެވޭނެއެވެ. ބަންޑުން އޮންނަންޖެހޭ މީހަކަށް އުޑުތިލަމަތިން ކީއްކުރަން؟ އަރިއަކަށްވެސް ޖެހިނުލެވޭނެއެވެ! ޖެހޭނީ ރޮއިހޭރެމުންވެސް ގަދަފަދަ ޢަޛާބުގައި ތިބޭށެވެ! ޢަޛާބު ލިބިލިބި ތިބޭށެވެ!  

ބިރުވެތިވެ ސަލާމަތްކަން ހޯދަން މަސައްކަތްކުރަން އޮތް ދުވަހަކީ މިއަދެވެ. ފުރުޞަތުގެ ބޭނުން ހިފަންވެގަންނާށެވެ! ނަރަކައާއިމެދު މިބުނި ބަސްކޮޅުން އެކަނިވެސް ބިރުވެތިވެ ސަލާމަތްކަން ޙޯދަން ބޭނުންވާ މީހަކަށް ފުދޭނެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން