ކޮންމެ ޢުމުރެއްގަވިޔަސް ޢިލްމް އުނގެނެން މަސައްކަތް ކުރަންޖެހޭނެ! ދުނިޔެއާ އާޚިރަތުގެ ކާމިޔާބީ ގުޅިފައިވަނީ ޢިލްމާ!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 20ސ
ކޮންމެ ޢުމުރެއްގަވިޔަސް ޢިލްމް އުނގެނެން މަސައްކަތް ކުރަންޖެހޭނެ! ދުނިޔެއާ އާޚިރަތުގެ ކާމިޔާބީ ގުޅިފައިވަނީ ޢިލްމާ!: ޑރ. ޢަލީ ޒާހިރު

بسم الله الرحمن الرحيم

إن الحمد لله نحمده ونستعينه ونستغفره ونعوذ بالله من شرور أنفسنا ومن سيئات أعمالنا، من يهده الله فلا مضل له ومن يضلله فلا هادي له، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدا عبدهورسوله صلى الله عليه وسلم، فإن خير الكلام كلام الله، وخير الهدي هدي محمد صلى الله عليه وسلم، وشر الأمور محدثاتها وكل محدثة بدعة وكل بدعة ضلالة وكل ضلالة في النار 

ލޮބުވެތި އަޚުންނާއި އުޚުތުން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.

ﷲ ތަބާރަކަ ވަތަޢާލާ އެކަލާނގެ ނަބިއްޔާ محمد صلى الله عليه وسلم އާ މުޚާތަބު ކުރައްވައި ވަޙީ ކުރައްވާފައި ވެއެވެ " وقل ربّ زدني علما ކަލޭގެފާނު ވިދާޅުވާށޭ، އޭ ހައްދަވާ ގެންނުޅުއްވާ ރައްބެވެ، ތިމަންނައަށް ޢިލްމު އިތުރު ކޮށްދެއަވާންދޭވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަބާރަކަ ވަތަޢާލާ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗެއް ގިނަކުރުމަށް، ހޯދުމަށް، އިތުރު ކުރެއްވުމަށް، އެދިވަޑައިގެންފައި ވާކަން ﷲ ތަބާރަކަ ވަތަޢާލާ އެކަމަށް އެދިވޮޑިގެން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މުޚާތަބު ކުރައްވާފަ ވާކަން، އަޅުގަނޑުމެންނަށް މި ފެންނަނީ ހަމައެކަނި ޢިލްމުގަ. 

އެހެނިހެން ކަންކަމުގަ އެކަލޭގެފާނު އެހެން މީހުންނަށް ދެއްވުމަށް އަންގަވާފަ. މިސާލަކަށް: މުދަލުން އެހެން މީހުންނަށްވެސް ދެއްވުމަށް، ހޭދަ ކުރުމުގެ ބައިތައް އަޅުގަނޑުމެންނަށް އާންމުގޮތެއްގާ އެކަންކަމަށް ބާރު އެޅިފަ ވާތަން ފެންނަން އޮތީ، އެކަމަކު މި އާޔަތުގެ މި ބައިގަ ﷲ ތަބާރަކަ ވަތަޢާލާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަންގަވާ، ﷲ ހަޟްރަތުން އެދޭށޭ ޢިލްމު ގިނަކޮށްދިނުމަށް، އެހެންވީމަ އިތުރަށް ހޯދާ ގިނަކުރެއްވުމަށް ދުޢާކޮށް، ﷲ ގެ ހަޟްރަތުގައި ދެންނެވުމަށް އަންގަވާފައި އެވަނީ. މީ މިއާ ދޭތެރޭގައި ކޮންމެސް ވަރަކަށް އަޅުގަނޑުމެން ވިސްނާ ފިކުރު ހިންގާލަން ރަނގަޅު ކަމެއް ކަމުގައި އަޅުގަނޑަށް ޤަބޫލު ކުރެވުނީ. 

ﷲ ތަބާރަކަ ވަތަޢާލާ ކީއްވެގެންތޯ އެކަލާނގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެގޮތަށް އެދިވޮޑިގެންފަ އެވަނީ، ޢިލްމު އިތުރުކުރެއްވުމަށްއެދި ދުޢާކުރުމަށް އަންގަވާފައިވަނީ. ޙަޤީގަތަކީ މުޅި ހުރިހާ އިންސާނުންގެ ތެރެއިން އެންމެ ބޮޑަށް ތަންދޮރު ދެނެވަޑައިގެން ހުންނެވި ބޭކަލަކީވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ. ސީދާ ވަޙީ جبريل الأمين މެދުވެރި ކުރައްވާ ﷲ ތަބާރަކަ ވަތަޢާލާ އެކަލޭގެފާނަށް ބާއްވާލައްވަމުން ދިޔައީ. އެ ހާލަތުގަވެސް ޢިލްމު އިތުރުކުރެއް ވުމަށް ދުޢާ ކުރެއްވުމަށް، އެކަލޭގެފާނުގެ ވެރި ރައްބަށް ދެންނެވުމަށް، ﷲ ތަބާރަކަ ވަތަޢާލާ އަންގަވާފަވާ އެންގެވުމުން، ޢިލްމު ހޯދަން މަސައްކަތް ކުރުމާ އެކަމަށް އެދި ﷲގެ ހަޟްރަތުގަ ދެންނެވުމާ އެކަމުގެ މުހިއްމުކަން އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންނަށްވެސް އެކަން އެބަ ފާހަގަވެގެން ދޭ. 

އެހެންވީމަ، އަޅުގަނޑުމެންގެ ދުޢާ އަކަށްވެސް ވާންވާނެ "ربّ زذني علما ": ހައްދަވާ ގެންގުޅުއްވާ ރައްބޭ، ތިމަންނަ އަށް ޢިލްމު އިތުރުކޮށްދެއްވާށޭ. ޢިލްމަކީ ހަމައެކަނި ކުލާހަކަށް ހާޒިރުވެގެން އުނގެނޭ އެއްޗެއް ނޫން. ޢިލްމަކީ ހަމައެކަނި ފޮތް ކިޔާގެން ޙާސިލުކުރާ އެއްޗެއް ނޫން. ޢިލްމަކީ ހަމައެކަނި މީހަކު ދައްކާ ވާހަކަ އަޑުއަހައިގެން ޙާސިލުކުރާ އެއްޗެއްވެސް ނޫން. އެޔަށްވުރެން ޢިލްމު އުނގެނޭ ގޮތްތަކާ ޢިލްމުގެ ބާވަތްތައް ވަރަށް ގިނަވެފާ ތަފާތުކަން ބޮޑުވެގެންވޭ. ކުލާސްތަކަށް ހާޒިރުވެގެން ކިޔަވާދޭ އެދުރުގެތަކަށް ގޮސްގެން ޙާސިލުކުރާ ޢިލްމަކީ އެއީ ރަސްމީ ޢިލްމު ޙާސިލު ކުރާގޮތް. އެ ޢިލްމު ޙާސިލު ކުރުމުގެ މައްޗަށް ސަނަދު ދީ ކަންކަން ކުރަމުން ދަނީ. 

- އަދި ނުނިމޭ 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

 

މިއަދު އޮންލައިން