ގެއިން މީރުކެއުމާ ކޮފީ ލިބެންހުއްޓާ މަޖާކުރަން ފައިސާ އިސްރާފްކުރާ މީހުން އެނަގައިލަނީ ނަރަކައިން ސަލާމަތްވެވެން އޮތް ފުރުޞަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ގެއިން މީރުކެއުމާ ކޮފީ ލިބެންހުއްޓާ މަޖާކުރަން ފައިސާ އިސްރާފްކުރާ މީހުން އެނަގައިލަނީ ނަރަކައިން ސަލާމަތްވެވެން އޮތް ފުރުޞަތު!

ފުރަތަމަވެސް ބަލައިލަންވީ މި ވަޙީ ބަސްފުޅަށެވެ.  

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! (އެއީ) ދުވަހެއް (ޤިޔާމަތް ދުވަސް) އައުމުގެ ކުރިންނެވެ. އެ ދުވަހުގައި ވިޔަފާރި ކުރުމެއް (އެބަހީ: ފިދުޔަ ދީގެން ސަލާމަތްވާނެ މަގެއް) ނުވެއެވެ. އަދި، (މަންފާއެއް ކޮށްދެނިވި) ރަޙްމަތްތެރިކަމެއްވެސް ނުވެއެވެ. އަދި، (އެކަލާނގެ އިޛްނަ ފުޅުން މެނުވީ) شفاعة ތެރިކަމެއްވެސް ނުމެވޭމެއެވެ. كافر ންނަކީ ހަމަ އަނިޔާވެރިންނެވެ." (ބަޤަރާ ސޫރަތުގެ 254) 

މި އާޔަތަށް ވިސްނާށެވެ! އެކުވެރިންނާއިއެކު ރެސްޓޯރަންޓްތަކަށް ގޮސް އެކުވެރިންނަށް ހޭދަކުރަމުން ގެންދާއިރު ނިކަން ބުނެބަލާށެވެ! ފައިދާ ލިބެން އޮތީ ކޮން ކަމަކުން ހެއްޔެވެ؟ ނުވަތަ ފައިދާ ކުރާނީ ކޮން ކަމަކުން ހެއްޔެވެ؟ 

ކޮންމެ ދުވަހަކީވެސް ހަމަ ޞަދަޤާތްކުރުމުގެ ދުވަހެކެވެ. ނަމަވެސް ހުކުރު ދުވަސް ޚާއްޞަކޮށްލާށެވެ! ހުކުރު ދުވަހުގެ ކޮންމެވެސް ވަގުތުކޮޅަކީ ފަޤީރުން، މިސްކީނުން، ޔަތީމުންނަށް ޒިޔާރަތްކޮށް ކޮންމެ ވެސް މިންވަރެއް ޞަދަޤާތްކުރާ ދުވަހަކަށް ހަދާށެވެ!  

ހަފްތާގެ ކޮންމެ ދުވަހަކުހެން ރެސްޓޯރަންޓްތަކަށް ގޮސް ކައި ހެދުނަފަދަ ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް އެބަ ކުރަމުއެވެ. ވީއިރު އެއް ދުވަހަކީ އާޚިރަތަށްޓަކައި ކޮންމެވެސް މިންވަރެއް ހޭދަކޮށް އާޚިރަތުގެ އެކައުންޓަށް ޖަމާކުރާ ދުވަހަކަށް ހެދުން ކީއްޔެވެ؟  

މުސްލިމުންނަކީ ޞަދަޤާތް ކުރަން ބޭނުންވެގެން އަބަދުވެސް ތިބޭ ބައެކެވެ. ހަމައެކަނި މަދުވެގެން މިއުޅެނީ ކަންކަން ކުރުމުގެ އުޞޫލެވެ. ރިވެތި އަޚްލާޤެވެ. ކުރާ ހެޔޮ އަމަލުތައް ރޭވުންތެރިކަމާއިއެކު ކުރުމުގެ އުޞޫލެވެ. އެކަން ރަނގަޅުކޮށްލަމާ ހެއްޔެވެ؟  

މިޙަދީޘްފުޅުގެ މަތިންވެސް ހަނދާންކުރާށެވެ! ކަދުރުއޮށެއްގެ ފަޅިވަރަކުން ނަމަވެސް ޞަދަޤާތްކުރާށެވެ! ތިމާގެ ނަފްސް ނަރަކައިން ސަލާމަތްކުރާށެވެ! އޮތް ޙަދީޘްފުޅަށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ރާއްޖެއަށް ވިސްނައިފިނަމަ އެންމެން ބޮމުން މިދާ އާދައިގެ އެންމެ ކޮފީއެއްގެ އަގަކީ 2 މިސްކީނަކަށް ކާން ދެވޭނެ މިންވަރެވެ! ބޯ ކޮންމެ ކޮފީއަކަށް 1 ކޮފީ ﷲ ތަޢާލާގެ މަގުގައި ހޭދަކޮށްފިނަމަ 2 މިސްކީނުންނަށް ކާންދެވޭނެއެވެ! ރައްޓެހިންނަށް ދޭ ކޮފީ އިތުރުކޮށްފިނަމަ ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.

 

 

 

މިއަދު އޮންލައިން