ތިބާ ކުރަން އުޅުނު އެންމެ ކަމަކުން ނުވަތަ އެއަށްވުރެ ގިނަ ކަންކަމުން ފޭލްވިނަމަވެސް ހުރިހާ ކަމަކުން ފޭލްވާނެކަމަށް ޤަބޫލުނުކުރާށެވެ! ކެތްތެރިވެލާށެވެ! ކާމިޔާބީއަށްކުރާ ދަތުރު މަޑުނުޖައްސައި ބާރަށް ކުރިއަށްދާށެވެ! އަދި ކާމިޔާބު ޙާޞިލްކުރެވޭނެކަން އަމިއްލަ ނަފްސަށް ޔަޤީންކޮށްގެން ކުރިއަށްދާށެވެ! ތިބާ، ތިބާގެ ނަފްސަށް އިތުބާރުކަނޑާލައިފިނަމަ ތިބާއަށް އިތުބާރުކުރާނީ ކާކުހެއްޔެވެ؟ އެއްވެސް މީހަކު ނުހުންނާނެ ނޫންހެއްޔެވެ؟
އެންމެ މުހިންމު ކަމަކީ ރަނގަޅު ކަންކަން ތިބާއާއި ވަކިވެގެންދާނެކަން ޤަބޫލުކުރުމެވެ. ޔަޤީންކުރަންވީ އެރަނގަޅުކަންތައް ތިމާއާއި ވަކިވެގެން އެދިއައީ އެއަށްވުރެ ރަނގަޅު ކަމެއް ތިމާއަށް ލިބެން ކަމެވެ.
ދެން ބުނެލަން އޮތީ އެންމެ މުހިންމު ކަންތަކުގެ ވާހަކައެވެ. އެއީ އަބަދުވެސް ހިނިތުންވެގެން ހުރުމެވެ. ދުނިޔޭގައި ރަނގަޅު ކަންތައް ބައިވަރެވެ. ގެއްލިގެންދިއަ ކަންތަކަށްވުރެ މާރަނގަޅު ކަންތައްތަކުން އެވަނީ ތިބާވަށައިލެވިފައެވެ. ވިސްނާލާފައި އެންމެ ރަނގަޅު ކަންތައް އިޚްތިޔާރުކުރާށެވެ! ލިބޭނެއެވެ! ކާމިޔާބުވާނެއެވެ! އިން ޝާ ﷲ
- އަލަފް / މިއަދުނޫސް