ދުޢާކުރުމުގައި ﷲ ތަޢާލާއަށް ޙަމްދުޘަނާ ދަންނަވައި ރަސޫލާ ޞޢޥ އަށް ޞަލަވާތާ ސަލާމް ލެއްވެވުން އެދި ދަންނަވާނޭ ރިވެތި ޢިބާރާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ދުޢާކުރުމުގައި ﷲ ތަޢާލާއަށް ޙަމްދުޘަނާ ދަންނަވައި ރަސޫލާ ޞޢޥ އަށް ޞަލަވާތާ ސަލާމް ލެއްވެވުން އެދި ދަންނަވާނޭ ރިވެތި ޢިބާރާތެއް!

ދުޢާކުރާނަމަ ﷲ ތަޢާލާއަށް ޙަމްދުޘަނާ ދަންނަވައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޞަލަވާތާ ސަލާމް ލެއްވެވުން އެދި ދަންނަވާނެއެވެ. އެއީ ދުޢާކުރުމުގެ އަދަބުތަކުގެތެރެއިންވާ ކަމެކެވެ.

ދުޢާކުރުމުގައި ﷲ ތަޢާލާއަށް ޙަމްދުޘަނާ ދަންނަވައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޞަލަވާތާ ސަލާމް ލެއްވެވުން އެދި ދަންނަވާނޭ ރިވެތި ޢިބާރާތަކަށް ބައެއް ކިޔުންތެރިން އެދިލައްވާތީ ތިރީގައިވާ ޢިބާރާތް ނަކަލުކޮށްލަމުއެވެ. އަދި މިޢިބާރާތަކީވެސް ދުޢާއެކެވެ.

إن الحمد لله نحمده ونستعينه ونستغفره ونعوذ بالله من شرور أنفسنا ومن سيئات أعمالنا، من يهده الله فلا مضل له ومن يضلل فلا هادي له. وأشهد أن لا إله إلاّ الله وأن محمد رسول الله, وصلىّ الله وسلّم على نبيِّنا محمّد وعلى آله وصحبه وسلّم.

ހަމަކަށަވަރުން އެންމެހާ ޙަމްދު ޘަނާއެއްވަނީ  الله سبحانه وتعالى އަށެވެ. އަހަރެމެން الله سبحانه وتعالىއަށް ޙަމްދު ކުރަމެވެ. އަދި އެފަރާތުގެ މަދަދާއި ފާފަ ފުއްސެވުމާއި އެދެމެވެ. އަހަރެމެންގެ ނަފްސުތަކާއި އަހަރެމެންގެ ޢަމަލުތަކުގެ ނުބައިކަމުން الله سبحانه وتعالىގެ ރައްކާތެރިކަންއެދެމެވެ.  الله سبحانه وتعالى، އެމީހަކު ހިދާޔަތަށް (ތެދުމަގަށް) ގެންނަވައިފި މީހަކު މަގުފުރައްދާނޭ މީހަކު ނުވެއެވެ. އަދި الله سبحانه وتعالى، އެމީހަކު މަގުފުރައްދަވައިފި މީހަކު ހިދާޔަތަށް ގެންނާނެ މީހަކު ނުވެއެވެ.  الله سبحانه وتعالى ފިޔަވައި (ޙައްޤު) އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ ﷲގެ ރަސޫލު ކަމަށް އަޅު ހެކިވަމެވެ.  الله سبحانه وتعالىގެ ޞަލަޥާތާއި ސަލާމް، އަޅަމެންގެ ނަބިއްޔާ މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ލައްވާށިއެވެ.

- ތަރުޖަމާ: ޝައިޚް އާދަމް ނިޝާން ޢަލީ

 

 

މިއަދު އޮންލައިން