ޙައްޤު ދީނަކީ ކްރިސްޓިއަން ދީންކަމަށާ އެކަން ޤުރްއާނުން އެނގޭނެކަމަށް ފައްޅީގައި ބުނާތީ އެކަން ޤުރްއާނުން ހޯދަން ޤުރްއާނުގެ މާނަކީ އަންހެނަކު އިސްލާމްވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޙައްޤު ދީނަކީ ކްރިސްޓިއަން ދީންކަމަށާ އެކަން ޤުރްއާނުން އެނގޭނެކަމަށް ފައްޅީގައި ބުނާތީ އެކަން ޤުރްއާނުން ހޯދަން ޤުރްއާނުގެ މާނަކީ އަންހެނަކު އިސްލާމްވި ގޮތުގެ ވާހަކަ-

އެއީ އަހުރެންނާއިއެކު މަސައްކަތްކުރަމުން އައި މީހެކެވެ. ނަމުން އޭނާއަކީ ކްރިސްޓިއަނެކެވެ. އެހެންވެ އަހުރެން ޤަބޫލުކޮށްގެން ހުރީ އޭނާއަކީ ކްރިސްޓިއަނެއް ކަމަށެވެ. 

ކޮންމެ ހުކުރު ދުވަހަކު މެންދުރު އޭނާ ގެއްލެއެވެ. އޮފީހަށް އެނބުރި އަންނަނީ ގަޑި ދެގަޑިއިރު ފަހުންނެވެ. އެކަން ފާހަގަކޮށް އޭނާ ކޮންމެ ހުކުރު ދުވަހަކު މެންދުރުދަނީ ކޮންތަނަކަށްތޯ ސުވާލުކުރުމުން ޖަވާބުގައި އޭނާ ބުނީ އޭނާއަކީ މުސްލިމެއް ކަމަށާއި ދަނީ ހުކުރަށް ކަމަށެވެ. 

ދެން އަހުރެން މަސައްކަތްކުރީ އާދިއްތަ ދުވަހު އޭނާ ފައްޅިއަށް ގެންދެވޭތޯއެވެ. ތަކުރާރުކޮށް އޭނާ އެކަމަށް އިންކާރުކުރުމުން އަހުރެން ބުނީމެވެ. "ޙައްޤު ދީނަކީ ކްރިސްޓިއަން ދީންކަން ކަލޭމެންގެ ފޮތުން އަހުރެން ކަލެއަށް ދައްކާނަމެވެ." އެހެންބުނީ ފައްޅީގައި ކޮންމެ ދުވަހަކު ކިޔައިދޭ ވާހަކަތަކަށް އިތުބާރުކޮށެވެ. 

އޭނާއާއި ޗެލެންޖްކުރަން އަހުރެން ބޭނުންވިއެވެ. އެހެންވެ ޤުރްއާނުން އެކަން ހޯދަން އަހުރެން ޤުރްއާން (ތަރުޖަމާ) ކިޔަންފެށީމެވެ. ކިޔައި ނިމުނު އިރު މިހުރީ އެހެން މީހަކަށް ބަދަލުވެފައެވެ. އަހުރެންގެ ބޮލުގައި މިއޮތް ސްކާފް ފެނޭ ނޫންހެއްޔެވެ؟ މިއަދު އަހުރެންނަކީ އިސްލާމް ދީނަށް ޢަމަލުކުރާ މުސްލިމަކީމެވެ. 

މިއީ އަލަށް އިސްލާމްވި އަންހެނަކު އޭނާ އިސްލާމްވި ގޮތުގެ ވާހަކަ ކިޔައިދިން ގޮތެވެ. ކީރިތި ޤުރްއާނުގެ މާނައަށް ވިސްނައިގެން ކިޔައިފި މީހަކަށް އޭނާއަކީ ޙަޤީޤަތް ޤަބޫލުކުރާ މީހަކު ނަމަ އޭނާ ޤުރްއާން ޤަބޫލުކޮށް އިސްލާމް ދީން ޤަބޫލުކުރާނެތެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން