ބަލިޙާލުގައާއި ދަތިޙާލުގައި ތިމާއާއިއެކު ދެމިހުރި ބައިވެރިޔާގެ ހިތުގަ ޖެހޭނެ އެއްވެސް ކަމެއް ކުރުން މުސްލިމުންނަށް ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ބަލިޙާލުގައާއި ދަތިޙާލުގައި ތިމާއާއިއެކު ދެމިހުރި ބައިވެރިޔާގެ ހިތުގަ ޖެހޭނެ އެއްވެސް ކަމެއް ކުރުން މުސްލިމުންނަށް ހުއްދައެއް ނޫން!

އަހުރެމެން ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ވިސްނައި ސަމާލުކަންދޭންޖެހޭ ކަމެއް އެބައޮތެވެ. އެއީ ދަތިޙާލުގައި ނުވަތަ ތަނަވަސް ޙާލުގައި އުޅެނިކޮށްވެސް ބައިވެރިޔާ ބަލިވުމެވެ. ބައްޔެއްގައި އުޅެންޖެހުމެވެ. ބަލީގައި އުޅެންޖެހުން ދިގުލައި ދިއުމެވެ. 

އެޙާލަތުގައި ބައިވެރިޔާއަށް ޚިދުމަތްކުރަން ބައިވެރިޔާއާއިއެކު ކެތްތެރިވެ ދެމިހުރެވޭނީ ބައިވެރިޔާ ދެކެ ޙަޤީޤީ ލޯބިވާނަމައެވެ. އެފަދަ ބައިވެރިއެއްގެ އަގު އަބަދުވެސް ވަޒަންކުރަންވާނެއެވެ. ބަލިން ޝިފާ ލިބި ހެޔޮޙާލުގައި އުޅުމުގެ ފުރުޞަތު ލިބުމުން ތިމާއަށް ޚިދުމަތްކުރި ބައިވެރިޔާއަށް އެކަމުގެ އަގުއަދާކުރަންޖެހޭނެއެވެ. އަގުއަދާކުރަން ކުރަން ކުރަން އޮތް ކަމަކީ ޢުމުރަށް ލޯބިން އެކުގައި އުޅުމެވެ. އެބައިވެރިޔާގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރުމެވެ. 

ވީމާ އެއްގޮތަކަށްވެސް ހިތުގައި ޖައްސައިގެން ނުވާނެ ބައިވެރިން އެނގިގެން މިދަނީ 2 ކަމަކުންނެވެ. ފުރަތަމަ ކަމަކީ ދަތިޙާލުގައި ތިމާއާއިއެކުގައި ހުރުމެވެ. ދެވަނަ ކަމަކީ ބަލިޙާލުގައި ތިމާއާއިއެކުގައި ހުރުމެވެ. 

ވިސްނާށެވެ! އައްޔޫބްގެފާނު ގަދަވެ ހެޔޮޙާލުކޮޅުގައި އަދި ތަނަވަސްކަމުގައި ހުންނެވިއިރު އެތައް ވަރު އަނބިކަނބަލުންތަކެއް ތިބި ނަމަވެސް ތަނަވަސްކަން ގެއްލިވަޑައިގެން ބަލިޙާލުކޮޅުގައި އުޅުއްވަވަން ޖެހިވަޑައިގަތުމުން އެކުގައި ޘާބިތުވެ ހުންނެވުނީ ހަމަ އެންމެ އަނބިކަނބަލަކަށެވެ. އެކަމަނާއާއި ވަކިވެވަޑައިނުގަތުމަށް ﷲ ތަޢާލާ ޔަޢްޤޫބްގެފާނަށް އެންގެވިއެވެ. 

ވީމާ މިއީ މިފަދަ ހެޔޮލަފާ އަނބިންނާއިމެދު ޢަމަލުކުރަން ހުރިހާ އެންމެންގެ މައްޗަށްވެސް އެންގެވުމެއް ކަމަށް އެންމެންވެސް ޤަބޫލުކުރަންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން