ލޯބިވުމުގެ ޙަޤީޤީމާނައިގައި ލޯބިވުމަކީ ކޮބައިކަން އެނގޭ މީހުން ވަރަށް މަދުވެއްޖެ! ޢަމަލުކުރާ މީހުން މާބޮޑަށް މަދުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ލޯބިވުމުގެ ޙަޤީޤީމާނައިގައި ލޯބިވުމަކީ ކޮބައިކަން އެނގޭ މީހުން ވަރަށް މަދުވެއްޖެ! ޢަމަލުކުރާ މީހުން މާބޮޑަށް މަދުވެއްޖެ!

ޙަޤީޤީ ލޯބިވުމަކީ ކޮބައިކަން ތަނަވަސްކަން ލިބިފައި ތިބި ގިނަ ބައަކަށް ނުވެސް ވިސްނެއެވެ. އެމީހުންނަށް ލޯބީގެ އަގު ވަޒަން ނުކުރެވެނީވެސް އެހެންވެގެންނެވެ. 

ލޯބީގެ ޙަޤީޤީ އަގު ވަޒަންކުރެވޭނީ ފަޤީރު ޙާލުގައި އުޅެންޖެހުމުންނެވެ. ބޭނުންތައް ނުފުދި، ދަތިޙާލުގައި އުޅެންޖެހުމުންނެވެ. ކުރަން ބޭނުން ގިނަ ކަންތައްތަކެއް ނުކުރެވި، އެކަންކަން ކުރެވޭނެ ދުވަހަކަށް އިންތިޒާރުކުރަން ޖެހުމުންނެވެ. މިޙާލަތްތަކުގައި ދެމީހަކަށް ލޯބުވުންމަތީގައި ދެމިތިބެވޭނަމަ އެއީ ޙަޤީޤީ ލޯބިވެރިންނެވެ. 

ވިސްނާށެވެ! ލޯބީގެ ޙަޤީޤީ މާނައިގައި ލޯބިވުމަކީ ކިތަންމެ ދަތިޙާލުގައިވެސް ދެމީހުން ލޯބިން އެކުގައިވުމެވެ. ކެތްތެރިވުމާއި އެކަކު އަނެކަކަށް އަޅައިލުމެވެ. ލޯތްބަކީ ދަތިޙާލުގައި އެކުގައި އުޅެންޖެހިއްޖެނަމަ ވާންޖެހޭ ޤުރްބާނީއަށް ކިޔާނަމެވެކެވެ. 

ޙަޤީޤީ ލޯބިވާ މީހުން ބަލާނީ ދަތިޙާލުގައި ހުރި ބައިވެރިޔާއާއި ތިމާ ވަކިވެއްޖެނަމަ ތިމާއަށް ލިބެން އޮތް އުފާވެރި ދިރިއުޅުމަކަށް ނޫނެވެ. ބައިވެރިޔާއަށް ކުރިމަތިވެފައިވާ ދަތިޙާލަށެވެ. 

މިބަޔާންކުރި ކަންކަން ގުޅިފައިވަނީ ތަނަވަސްކަން ނެތި ދަތިޙާލުގައި އުޅެންޖެހުމާއިއެވެ. ހިތާމައަކީ ލޯބީގެ ޙަޤީޤީ މާނަ ނުވަތަ ލޯބިވުމުގެ ޙަޤީޤީ މާނަވެސް މިއަދު ގިނަ ބައަކަށް ނުއެނގޭ ކަމެވެ. އެނގުނަސް ޢަމަލުނުކޮށް ތިމާގެ އެކަނި އުފާވެރިކަމަށް އިސްކަންދެވޭކަމެވެ.

 

މިއަދު އޮންލައިން