ސަމާވީ ފޮތްތައް- 2: ޞުޙުފް އިބްރާހީމް

ކިޔުމަށް ހޭދަވާނީ 3މ 8ސ
ސަމާވީ ފޮތްތައް- 2: ޞުޙުފް އިބްރާހީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

«الإيمان أن تؤمن بالله وملائكته وكتبه ورسله...»

މާނައީ: އީމާންވުމަކީ ﷲ ތަޢާލާއަށް އީމާންވުމާއި މަލާއިކަތުންނަށް އީމާންވުމާއި ފޮތްތަކަށް އީމާންވުމާއި، ރަސޫލުންނަށް އީމާންވުމެވެ." 

ދެން މިބަލާލަނީ ސަމާވީ ފޮތްތަކުގެ ތެރެއިން ޞުޙުފް އިބްރާހީމަށެވެ. 

2ޞުޙުފް އިބްރާހީމް 

ޞުޙުފް އަކީ ޞަހީފާގެ ގިނަގޮތެވެ. ޞުޙުފް އިބްރާހީމަކީ ﷲ ތަޢާލާ އިބްރާހީމް ޢަލައިހިއްސަލާމަށް ބާވައިލެއްވި ފޮތްތަކެވެ. އަދި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އެފޮތްތަކުގައި ޙިކްމަތާއި ޢިބްރަތް އެކުލެވިގެންވެއެވެ. އަދި މަޝްހޫރް ޢިލްމުވެރިޔާ ޢުޘައިމީން ވިދާޅުވެފައިވަނީ ޞުޙުފް އިބްރާހީމްގައި އައިސްފައިވަނީ މަވާޢިޡުތަކާއި ޙުކުމްތަކެވެ. ނަމަވެސް އަހަރެމެންނަށް އެއިގެއިން އިބްރާހީމް ޢަލައިހިއްސަލާމްގެ ތަޢުޙީދަކީ ވަރަށް ސާފު އެއްޗެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް އެނގިފައެއް ނުވެއެވެ. 

ﷲ ތަޢާލާ ނަޙްލު ސޫރަތުގެ 121 އަދި 122 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ ﴿١٢٠﴾‏ شَاكِرًا لِّأَنْعُمِهِ ۚ اجْتَبَاهُ وَهَدَاهُ إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿١٢١﴾‏

މާނައީ: "ހަމަކަށަވަރުން، إبراهيم ގެފާނީ، اللَّه އަށް ކިޔަމަންތެރިވެވަޑައިގެން، باطل މަގުން އެއްކިބާވެ، ސީދާމަގުގައި ހުންނެވި، ހެޔޮކަމުގެ ހުރިހާކަމެއް އެކުލެވިގެންވާ أمّة އެއް ކަމުގައިވިއެވެ. އަދި شريك ކުރާމީހުންގެ ތެރެއިން، އެކަލޭގެފާނު ނުވެތެވެ. (120) އެކަލާނގެ ދެއްވި نعمة ތަކަށް، شكر ކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އެކަލާނގެ، އެކަލޭގެފާނު خيار ކުރެއްވިއެވެ. އަދި ސީދާވެގެންވާ މަގަށް، އެކަލޭގެފާނަށް މަގު ދެއްކެވިއެވެ. (121)" 

އަދިވެސް އަޢްލާ ސޫރަތުގެ 19 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

صُحُفِ إِبْرَاهِيمَ وَمُوسَىٰ ﴿١٩﴾‏

މާނައީ: "إبراهيم ގެފާނާއި، موسى ގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ. (19)"

މިއަދު އޮންލައިން