ޓީވީތަކުން އަހާ ނުބައި އަޑުތަކަށް ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
ޓީވީތަކުން އަހާ ނުބައި އަޑުތަކަށް ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެ!

ބައެއް ޓީވީޗެނެލްތަކުން ފެންނަ ކަންކަމުގެ ތެރޭގައި ދޮގުވާހަކަތަކާއި މީހުންގެ ޢަބުރު ކަތިލުމާއި ފިތުނަ ފަސާދަ އުފެއްދުމުގެ ވާހަކަތައް ހިމެނެއެވެ. މިކަންކަމަކީ ޣީބަ ބުނުމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށްވާއިރު އެފަދަ ޗެލްތައް ބަލައި އަޑުއެހުމުން ފާފަވެރި ނުވާނެތޯ؟ 

މިސުވާލުކުރަން މިޖެހުނީ މިވާހަކަ އަޅުގަނޑުދެއްކީމަ ގޭގެ ބައެއް މީހުން އަޅުގަނޑުދެކެ ރުޅިއަންނާތީއެވެ. 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

"މީހުންގެ އަބުރަށް އަރައިގަނެ ޣީބަބުނުން ފަދަ ފާފަތައް ކުރެވޭ ތަންތަން ކަމުގައި ހޮޅުއަށި، ޖޯލިފަތި ފަދަ ތަންތަން މީގެ ކުރިން ވަނީ ވެފައެވެ. އެފަދަ ތަނަކަށް ނުދިޔަކަމުގައި ވިޔަސް މިހާރު އަހުރެމެން މިފަދަ ފާފަތަކުގައި ބައިވެރިވަނީ ގޭގެ ސިޓިންގް ރޫމުގައި ޓީވީ ޓީވީ ބަލަން ތިބެގެންނެވެ. އެކި ޗެނަލް ތަކުން އެކި ޕްރޮގްރާމް ތަކުގެ ނަމުގައި ފޮނުވާ އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތައް ދައްކާ އަޑު ޝައުގުވެރިކަމާއި އެކު އަހައިގެންނެވެ. 

ދަންނާށެވެ! ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން އިވުމާއި ބެހޭގޮތުން ސުވާލުކުރެވޭނެއެވެ."

ޢަބްދުﷲ މާހިދު

 

މިއަދު އޮންލައިން