ނިދީގަ ބިރުވެރިހުވަފެން ފެނި ޝައިޠޯނާގެ އުނދަގޫތަކުން ސަލާމަތްވާން އެދޭމީހާ ނިދުމުގެ ކުރިން ވުޟޫކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ނިދީގަ ބިރުވެރިހުވަފެން ފެނި ޝައިޠޯނާގެ އުނދަގޫތަކުން ސަލާމަތްވާން އެދޭމީހާ ނިދުމުގެ ކުރިން ވުޟޫކުރާށެވެ!

ނިދީގައި ބިރުވެރި ހުވަފެން ފެންނަނީހެއްޔެވެ؟ ސިއްސަސިއްސައިގެން ދަނީ ހެއްޔެވެ؟ ނިދީން ހޭލެވިއްޖެނަމަ ބިރުގަނެ ނިދަން އުނދަގޫވަނީހެއްޔެވެ؟ ނިދަން އުޅުމުން ކޮންމެވެސް އުނދަގޫތަކެއްވެ ބިރުވެރިކަން އިޙްޞާޞްކުރެވެނީހެއްޔެވެ؟  

މިކަންކަމަކީ ޝައިޠޯނާގެ ކިބައިން އަންނަ ކަމެކެވެ. ބައްޔެއްގެ ސަބަބުން ނުވަތަ ކަމަކާއި ވިސްނާތީ ނިދަން އުނދަގޫވިނަމަވެސް ބިރުގަނެގެން އުޅޭކަށް ނުޖެހޭނެއެވެ.  

ވުޟޫކުރުމަކީ ޝައިޠޯނާ ދުރުކޮށްދޭ ކަމެކެވެ. އެހެންކަމުން ވެވުނު ވަރަކުން ވުޟޫމަތީގައި ހުންނަން އަބަދުވެސް މަސައްކަތްކުރާށެވެ! ހަމައެއާއިއެކު ނިދުމުގެ ކުރިން ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކުރުމަކީ ސުންނަތެކެވެ. ވީމާ ނިދުމުގެ ކުރިން ވުޟޫކުރަން މަސައްކަތްކުރާށެވެ!  

ވުޟޫކުރުމަކީ އެމީހަކު ނިދީން ހޭލެވެންދެން އެމީހަކަށްޓަކައި ހެޔޮދުޢާކުރައްވަވާނެ މަލާއިކަތަކު ލައްވަވާނެކަމެކެވެ. ވީމާ އެއީވެސް ނިދީގައި ޝައިޠޯނާއަށް ތިބާއާއި ކައިރިނުވެވޭނެ ސަބަބެކެވެ. އިން ޝާ ﷲ. ވުޟޫކޮށް އާޔަތުލްކުރުސި ކިޔަވައި އަދި ޛިކުރުކޮށް ސުންނަތާއި އެއްގޮތަށް ނިދުމުން ޝައިޠޯނާއަށް އެމީހަކާއި ކައިރިއެއް ނުވެވޭނެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން