ގެއިން ބޭރުގަ އުޅޭއިރު މީހަކު ވަޅިން ދީފާނެ ހަމަލާއަކަށްވުރެ ނުރައްކަލީ ޝައިޠޯނާ ތިބާގެ ހިތަށް ދޭނެ ޙަމަލާ! ސަލާމަތްވެވޭނެ ގޮތަށް ނޫނީ ގެއިން ނުނުކުންނާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ގެއިން ބޭރުގަ އުޅޭއިރު މީހަކު ވަޅިން ދީފާނެ ހަމަލާއަކަށްވުރެ ނުރައްކަލީ ޝައިޠޯނާ ތިބާގެ ހިތަށް ދޭނެ ޙަމަލާ! ސަލާމަތްވެވޭނެ ގޮތަށް ނޫނީ ގެއިން ނުނުކުންނާތި!

ފުރަތަމަ ކަމަކަށްވެސް ބުނެލަން ބޭނުންވަނީ މަގުމަތީގައި އުޅޭއިރުވެސް އަދި ކޮންމެ ތަނެއްގައި އުޅުނުނަމަވެސް މީހަކު ވަޅިއަކުން ދީފާނެ ޙަމަލާއަކަށް ގަންނަ ބިރަށްވުރެ ބޮޑަށް ބިރުގަންނަންވީ ތިބާއަށް ޝައިޠޯނާ ދީފާނެ ޙަމަލާއަކަށެވެ. އެންމެ ނުރައްކާތެރި ޙަމަލާޢަކީ އެއީއެވެ. ޝައިޠޯނާ ހަމަލާދޭނީ ތިބާގެ ހިތަށެވެ! ގެއިން ނުކުންނަމުން ކިޔަންޖެހޭ ޛިކުރުތައް ކިޔަން ސަމާލުކަންދޭންވީވެސް އެސަބަބަށްޓަކައެވެ.

ރަނގަޅަށް ވިސްނާށެވެ! އެއްވެސް ފާފައެއް ކުރަން ޝައުޤުވެރިވެވޭނަމަ އެކަމުން އަންގައިދެނީ ތިބާގެ ހިތުގައި ޝައިޠާނާ އަތްގަދަކުރަމުން އަންނަ ކަމެވެ. ހިތުތެރެއިން ޝައިޠާނާ ބޭރުކުރުމުގެ މަސައްކަތް އަވަހަށް ފަށާށެވެ. އެގޮތަށް އެކަން ނުކުރިނަމަ ތިބާ ލައްވައި ޝައިޠާނާ އެފާފަ ކުރުވާނެއެވެ. އެއަށްފަހު އެހެން ފާފަތައްވެސް ކުރުވާނެއެވެ!

އަންހެނަކަށް ފިރިހެނަކަށް ދެވޭ ސަމާލުކަން އިތުރުވާނަމަ، އަދި ފިރިހެނަކަށް އަންހެނަކަށް ދެވޭ ސަމާލުކަން އިތުރުވާނަމަ ކައިވެނި ކުރުން އަވަސްކުރާށެވެ. ކައިވެނި ކުރެވެން ނެތް ނަމަ އަވަހަށް ހިތް ޠާހިރުކުރާށެވެ. އެހެން ނޫންނަމަ ދެމެދަށް ޝައިޠާނާ ވަދެ ފާހިޟް ޢަމަލުތައް ކުރުވާނެއެވެ.

މަސްތުވާތަކެތި ބޭނުންކުރަން ފެށުންވެސް ހަމަ އެފަދައެވެ. މަސްތުވާތަކެތި ބޭނުންކުރަން ހިތުގައި ޝައުޤުވެރިކަން އުފެދިއްޖެ ނަމަ އެއިގެ މާނައަކީ ޝައިޠޯނާ ތިބާގެ ހިތަށް އަތްގަދަކޮށްފިކަމެވެ. އަވަހަށް ހިތުގެ ތެރެއިން ޝައިޠާނާ ނެރެ ބޭރުކޮށްލާށެވެ! ނޫން ނަމަ އެ ނުބައި އަމަލު ތިބާ ލައްވައި ކުރުވާނެއެވެ.

އެކަމަށް އޮތް މަގަކީ އަޅުކަންކުރުން ގިނަކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމެވެ. އަދި އިސްލާމް ދީނުގައި ސާބިތުކަން ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން