ތަނަވަސްކަން ނެތުމުން ހުކުރު ދުވަހު އެކުވެރިޔާއަށް ދޭނެ ހަދިޔާއެއް ނެތިގެން ކަންބޮޑުވާކަށް މުސްލިމުންނަކަށް ނުޖެހޭނެ! އެއްވެސް ޚަރަދެއް ނުކޮށް މާއަގުބޮޑު ހަދިޔާއެއް ދެވެން އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ތަނަވަސްކަން ނެތުމުން ހުކުރު ދުވަހު އެކުވެރިޔާއަށް ދޭނެ ހަދިޔާއެއް ނެތިގެން ކަންބޮޑުވާކަށް މުސްލިމުންނަކަށް ނުޖެހޭނެ! އެއްވެސް ޚަރަދެއް ނުކޮށް މާއަގުބޮޑު ހަދިޔާއެއް ދެވެން އެބައޮތް!

ﷲ ތަޢާލާ މުސްލިމުންނަށް ކަންކަން މިންވަރުކުރައްވަވާފައިވަނީ އެއްވެސް ކަމަކާއިހުރެ މާޔޫސްވާންޖެހޭނެ ގޮތަކަށް ނޫނެވެ. އެއަށްވުރެ މާފުރިހަމައަށެވެ. ޘަވާބު ހޯދަން މަސައްކަތްކުރަން ވަކިފެންވަރެއް ނެތެވެ. އެމީހެއްގެ ފެންވަރުން އެމީހަކަށް މަސައްކަތްކުރެވޭނެ ގޮތަށެވެ.  

ހުކުރު ދުވަހަކީ ޞަދަޤާތްކުރުން ގިނަކުރަންވީ ދުވަހެކެވެ. އެގޮތުން އެކުވެރިންނަށް ހަދިޔާވެސް ދޭންވީއެވެ. ދަތި ޙާލުގައި ތިބި އެކުވެރިންނަށް ޞަދަޤާތްކުރަންވީއެވެ. އެމީހުންނަށް އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރަންވީއެވެ. 

ދެން ފާހަގަކޮށްލަން މިޖެހޭ ކަމަކީ އަތުގައި ފައިސާ ނެތްނަމަ ހަދިޔާވެސް ނުވަތަ ޞަދަޤާތެއްވެސް ދޭނީ ކިހިނަކުންހެއްޔެވެ؟ ހަދިޔާދީ ޞަދަޤާތްކޮށްގެން މުސްލިމުން ހޯދާ ޘަވާބު ހޯދޭނީ ކިހިނަކުން ހެއްޔެވެ؟ 

އެކުވެރިންނޭވެ! ތިބާހުރީ އެފަދަ ދަތިޙާލަތެއްގައިނަމަވެސް މާޔޫސް ނުވެ ޘަވާބު އިތުރުކުރަމުން ދެވޭނެ މަގު ﷲ ތަޢާލާ ވަނީ ދައްކަވައިދެއްވަވައިފައެވެ. މާގިނަ ޘަވާބު ހޯދޭނެ ގޮތަށެވެ. 

އެކުވެރިންނަށްޓަކައި އެމީހުންނަށް އެންގުމަކާއި ނުލައި ސިއްރުން ހެޔޮ ދުޢާކުރާށެވެ. އެއިރުން ފައިދާކުރަނީ ހަމައެކަނި ދުޢާ ރައްދުވި އެކުވެރިޔާއަކަށް ނޫނެވެ. ތިބާއަށްވެސް މެއެވެ. އެކުވެރިޔާއަށްޓަކައި ތިބާ ދުޢާކުރި ކަންތައްތައް ތިބާއަށްޓަކައި ވެސް ދެއްވެވުން އެދި މަލާއިކަތް ބޭކަލުން ދުޢާކުރައްވަވާނެތީއެވެ! 

ވީމާ މިއީ އެންމެ ފައިދާބޮޑު، ފައިދާ ޔަޤީން އިންވެސްޓްމަންޓެވެ. 

The Prophet said:

The Du'a of a Muslim for his (Muslim) brother in his absence will certainly be answered. Every time he makes a Du'a for good for his brother, the angel appointed for this particular task says: 'Ameen! May it be for you, too'

[Muslim]  

- އިސްލާމީ ތިލަފަތުގެ ދަތުސަކުން

 

 

 

މިއަދު އޮންލައިން