ފެންނަ ފެނުމުގައި އެއީ އަތަށް އަނިޔާއެއް ލިބިގެން އެއް އަތް ޙަރަކާތް ނުކުރެވޭ ގޮތަށް ބެންޑޭޖްކޮށްފައިވާ ޒުވާނެކެވެ. އޭނާގެ ބޯޓުގެ ނާޑުވާ މޮހިގެން ނުއެއްސުނީއެވެ. މަގުމަތިން ހިނގާފައިދިއަ މީހުންގެ ގާތުން އޭނާ ދިއައީ އެހީއަށް އެދެމުންނެވެ.
އެންމެންވެސް ދިއައީ އެކަންކޮށްދޭން ދެކޮޅު ހަދަމުންނެވެ. އެހެންވެ މީހުންނަށް އާދޭސްކުރަމުން ހިނގަނިކޮށް އޭނާއަށް އެހީތެރިވީ މަގުގެ އެއްފަރާތުގައި އިށީނދެއިން ސަލާންޖަހާ މީހެކެވެ. އޭނާގެ ނާޑުވާ އައްސައިދިނުމުން ހަދިޔާއަކަށް ސިޓީއުރައެއް ދީފައި ޒުވާނާ ދިއުމުން ހުޅުވައި ބަލައިލިއިރު އޭގައި 300 ޑޮލަރު އޮތެވެ.
މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑަށް ފެނުނު ކުރުކުރު ވީޑިއޯ ކޮޅެކެވެ. އަޅުގަނޑު ޙައިރާންވިއެވެ. އެޒުވާނާ އެދެމުން ދިއައީ ފައިސާއަކަށް ނޫނެވެ. ކުޑަކުޑަ އެހީތެރިކަމަކަށެވެ. އެވަރުގެ ކަމެއް މީހަކަށް ކޮށްލައިދޭންވެސް ދެކޮޅުހެދީއެވެ. އެކަން ކޮށްލައިދިން މީހާއަށް އެލިބުނީ ކިހައި ބޮޑު އިނާމެއް ހެއްޔެވެ؟ އެތައް ދުވަހެއް ވަންދެން ސަލާން ނުޖަހައި ކެވޭނެހައި ފައިށާއެވެ.
އަޅުގަނޑު މިކަމުގައި ބަހެއް ބުނެލަން ބޭނުންވީ މުސްލިމެއްގެ ޙައިޞިއްޔަތުންނެވެ. މީހަކަށް ކަމެއްކޮށްދޭ ކޮންމެ ފަހަރަކު 300 ޑޮލަރު ނޫނީ ގިނަ ފައިސާތަކެއް ނުލިބިދާނެއެވެ. ނަމަވެސް އެމީހަކަށް ﷲ ތަޢާލާ އެތައް ބައިވަރު ޘަވާބުތަކެއް ދެއްވަވާނެތެވެ. ހެޔޮ ރަޙްމަތް ލައްވަވާނެތެވެ.
ސުވާލަކީ ސުވަރުގެ ބޭނުންވެގެން ތިބެމެ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެން ޘަވާބު ދެއްވަވާނެ ކަންކަން ނުކުރެވޭނަމަ އހުރެމެން މިތިބީ ސުވަރުގެ އެދިގެން ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ ކޮންމެ މީހަކުވެސް މިކަންކަމަށް ވިސްނައިލުން ކީއްހެއްޔެވެ؟