އެކުވެރިއަކާއިމެދު ޝައްކުކުރެވޭނަމަ ގުޅުން ކުރިއަށް ގެންދަންވާނީ އިސްތިޚާރާކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެކުވެރިއަކާއިމެދު ޝައްކުކުރެވޭނަމަ ގުޅުން ކުރިއަށް ގެންދަންވާނީ އިސްތިޚާރާކޮށްގެން!

ތިމާ ކުރަންބޭނުންވާ ކަންތައް ކުރުމުން ތިމާއަށް ކުރާނީ ފައިދާކަން އަމިއްލައަށް ޔަޤީންނުކުރެވޭ ކޮންމެ ކަމެއްގައިވެސް އޮތީ އިސްތިޚާރާ ކުރުމެވެ. އެއީ ސުންނަތުން ޘާބިތުވާ ކަމެކެވެ. 

އަހުރެން ބުނާނީ އެކުވެރިންގެ ތެރޭގައި ހިމެނޭ މީހެއްގެ ޢަމަލުތައް ހުންނަ ގޮތަކުން އޭނާގެ މައްޗަށް ނުބައި ތުހުމަތެއް ކުރެވޭނަމަވެސް އަދި އޭނާ އާއިއެކު އުޅެގެން ލިބޭނީ ގެއްލުންކަމަށް ވިސްނޭނަމަވެސް އޭނާއާއިއެކު އުޅެންވާނީ އިސްތިޚާރާ ކުރުމަށްފަހުގައި ކަމަށެވެ. މާނައަކީ މިހައި ކުދިކުދި ކަންކަމުގައިވެސް ތިމާއަށް ގޮތް ނިންމަން އުނދަގޫވެއްޖެނަމަ އޮތީ އިސްތިޚާރާ ކުރުމެވެ. 

ދެން ބުނަން އޮތީ މިބުނެވުނީ ކުޑަކުޑަ ކަމެއްގެ ވާހަކައެއް ނޫންކަމަށެވެ. ސަބަބަކީ ގޮތް ނިންމަން ނުއެނގި ދުވަސްތައް ފާއިތުވަމުންދާނަމަ އޭނާގެ ސަބަބުން ކުރިމަތިވާ ކަންތަކުގެ ސަބަބުން ދިރިއުޅުމަށް ކިތަންމެ ބޮޑު ގެއްލުމެއްވެސް ލިބިދާނެތީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

"އިޝްތިޚާރާ ނަމާދުކުރަން ޖެހޭނީ ކިހައި ދުވަހަކުތޯ އާއި އަދި ނަމާދުކުރުމުން ރަނގަޅު ގޮތަކީ ކޮބައިކަން އެނގޭނީ ކޮންކަހަލަ އިޝާރާތަކުންތޯ؟" 

ގޮތެއް ނިންމަން އުނދަގޫވާފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އިސްތިޚާރާ ނަމާދުކުރުންމަތީގައި ދެމިހުންނާށެވެ. އިސްތިޚާރާ ނަމާދުކުރުންމަތީގައި ދެމިހުރުމުން އެއީ ތިމާއަށް ފައިދާކުރާނެ ރަނގަޅު ކަމެއްނަމަ އެކަމެއް ކުރުމުގެ މަގުފަހިވެ އެކަމެއް ކުރަން ފަސޭހަވެގެންދާނެއެވެ. 

އަދި އެކަމަކީ ނުބައިކަމެއް ނަމަ އެކަމަކުން ދުރުހެލިވެވޭނެއެވެ. (ސަބަބުތަކުގައި ހިފަންވާނެ އެވެ. އެގޮތުން އެކަމަކަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ.)

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން