އުފާކުރާށެވެ! ﷲ ގެ ދީލަތިވަންތަކަން ބޮޑުކަމުން މީހަކު ފާފައެއްކުރަން ހިތަށް އަރާފަވެސް ނުކުރިނަމަ ހެޔޮކަމެއް ކުރިކަމަށް ލިޔުއްވަވާނެތެވެ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 33ސ
އުފާކުރާށެވެ! ﷲ ގެ ދީލަތިވަންތަކަން ބޮޑުކަމުން މީހަކު ފާފައެއްކުރަން ހިތަށް އަރާފަވެސް ނުކުރިނަމަ ހެޔޮކަމެއް ކުރިކަމަށް ލިޔުއްވަވާނެތެވެ!: ޝައިޚް ޢަލީ ޒައިދު

ހިތްހަމަޖެހުން ހޯދުމުގެ ބޭނުމުގައި ފާފަތަކަށް އަރައިގަންނަ މީހުން މިހައި ގިނަވެފައިވާއިރު މިއީ ކޮންމެ މީހަކު ނަމަވެސް ވިސްނައިލުން ވަރަށް މުހިންމު ދަރުސެކެވެ. އަގުހުރި ނަޞޭޙަތެކެވެ. ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ! 

ހިތަށް ހަމަޖެހުމެއް ނުލިބޭނޭ! ބައްލަވާ ކިތަންމެގިނައިން ރާބުޔަސް ހިތެއް ހަމައެއް ނުޖެހޭނެ! ޔަޤީން ކަށަވަރު ކިތަންމެ ގިނައިން ޒިނޭ ކުރެވުނަސް ހިތެއް ހަމައެއް ނުޖެހޭނެ! ކިތަންމެ ލާރި އޮތަސް ހިތެއް ހަމައެއް ނުޖެހޭނެ! 

ހިތްހަމަ ޖެހޭނީ އޭނާގެ ވެރި ރައްބާ ގުޅުންއޮތް މިންވަރަކުން އެހެންވެގެން ﷲ ތަޢާލާ ވަޙީ ކުރައްވަނީ ކީކޭ؟ " الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ " އީމާންވީ މީސްތަކުން އެމީހުންގެ ހިތްތައް ހަމަޖެހިގެންދެއޭ ހިތްހަމަޖެހުން އެމީހުންނަށް ލިބިގެންދެއޭ ކޮން ކަމަކުން ﷲ މަތިން ހަނދުމަކުރުމުން " أَلَا بِذِكْرِ اللَّهِ " ދަންނާށޭ! ﷲ މަތިން ހަނދުމަކުރުމުންނޭ " تَطْمَئِنُّ الْقُلُوبُ " ހިތްތަކަށް ހަމަޖެހުންވަނީ މުއުމިނުންގެ ސިފަތައް ބަޔާންކުރައްވާ ﷲ ތަޢާލާ ސޫރަތުލް އަންފާލުގާ ވަޙީ ކުރައްވަނީ " إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ " ހަމަކަށަވަރުން މުއުމިނުންނަކީ ﷲ މަތިން ހަނދުމަވެއްޖެނަމަ އެމީހުންގެ ހިތްތައް ބިރުގަންނަ މީހުންނޭ " وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ " އެބައިމީހުންނަށް އެކަލާނގެ އާޔަތްތައް ކިޔައިދެވިއްޖިއްޔާ " زَادَتْهُمْ إِيمَانًا " އެމީހުން އީމާކަން ވަރުގަދަވޭ އިތުރުވޭ " وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ " އަދި އެބައިމީހުންގެ ވެރި ރައްބަށް އެބައިމީހުން ވަކީލު ކުރެއޭ " الَّذِينَ يُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ " އެބައިމީހުންނަކީ ނަމާދު ޤާއިމް ކުރާމީހުންނޭ އަދި ތިމަންރަސްކަލާނގެ އެބައިމީހުންނަށް ދެއްވި ރިޒްޤުން ހޭދަކުރާ މީހުންނޭ " أُولَئِكَ هُمُ الْمُؤْمِنُونَ حَقًّا " އެއިއްޔޭ ޙަޤީޤީ މުއުމިނުންނަކީ ޙައްޤު މުއުމިނުންނަކީ، " لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ" އެބައިމީހުންނަށް ވެއޭ އެބައިމީހުންގެ ވެރި ރައްބުގެ ޙަޟްރަތުގާ މަތިވެރި އަދި ދީލަތިވެގެންވާ ރިޒްޤެއް އެކަލާނގެ ދެއްވާނޭ. 

ބައްލަވާ ވަރަށް ބޮޑު މުޞީބާތެއް އަޅުގަނޑުމެންނަށް ޖެހޭ ހިތްތަކަށް ޖެހޭ އަޅުގަނޑުމެން ހަމަ ފާފައެއް ކުރާހިނދުގާ ﷲ މަތިން ހަނދުމަނައްތާލާ! ފާފައެއް މީހަކު ކުރަންއުޅޭ ހިނދުގާ ﷲ މަތިން ހަނދުމަވޭ! އެފާފަޔަކުން އޭނަ ވަގުތުން ދުރުވެގަތީ! މިސާލަކަށް އޭނަބޭނުންވީ ލާރިޔެއް މީހަކު މިހިރީދީފާ އަމާނާތަކަށް ލާރިޔެއް އޭނަ ބޭނުން ވެއްޖިއްޔާ އަނެއްމީހާޔަށް ނޭނގި މިޔަށް ޚިޔާނާތްތެރިވެސް ވެވެން އެބައޮތް. ފަސޭހަ އެހެންނަމަވެސް ﷲ އަށްޓަކާ ﷲ ބައްލަވާ ވޮޑިގަންނަވާތީ އައްސަވާވޮޑިގަންނަވާތީ ހުރިހާ ޚަބަރެއް މޮޅަށް ދެނެވޮޑިގަންނަވާތީ، އޭނަ މިކަމަށް ދުރުހެލިވަނީ. އޭނަ ބޭނުންނުވަނީ އޭނަގެ އަތުން މިޖަރީމާ ހިންގެންއޮތަސް އެކަން ނުކުރަން ﷲ މަތިން ހަނދުމަކޮށް-/ 

ޔަޤީން ކަށަވަރު އެކަމުގެ ހެޔޮ ޘަވާބާއި ދަރުމަ ﷲ ތަޢާލާ ދެއްވާނެ. ﷲ ތަޢާލާގެ ދީލަތިވަކަން ހުރިވަރަކީ އިންސާނަކު ހެޔޮކަމެއް ކުރަން ހިތަށް އަރާފަ އެކަމަކު އޭނަ ނުކުރޭ އެހެޔޮކަމެއް ނުކުރޭ އެހެންވިޔަސް އޭނާ ހެޔޮކަމެއް ކުރިކަން ﷲ ތަޢާލާ ލިޔުއްވަވައޭ. އިންސާނަކު ހިތަށް އެރީ ނުބައިކަމެއް ކުރަން ހިތަށް އަރާފަ އޭނަ އެނުބައިކަމެއް ނުކުރޭ. އެހެންވެއްޖެއްޔާވެސް ﷲ ތަޢާލާ އެބަލިޔުއްވާ އޭނަ ހެޔޮކަމެއް ކުރިކަމަށް. 

އޭނަ ހިތަށް އެރީ މިސާލަކަށް ވައްކަން ކުރަން، ޚިޔާނާތެއްވާން އެކަން ހިތަށް އަރާފަ އެކަމަކު ހިތަށް އެރީ އުހުއުހު ނުކުރާނަމޭ ﷲ ދެނެވޮޑިގަންނަވައޭ ތިމަންނަޔަށް ކިހިނެއްހޭ ވާނީ ޤިޔާމަތް ދުވަހުން. އެމީހަކަށް ﷲ ތަޢާލާ ލިޔުއްވާނޭ އޭނާ ހެޔޮކަން ކުރިކަމަށް! ދެން އޭނާ ނުބައި ކަމެއް ކުރަން ހިތަށް އަރާފާ ޢަޒުމް ކަނޑައަޅާފާ އެނުބައި ކަމެއް ކުރީ އެހެންވެއްޖިއްޔާ އެކުރި ކަންތަކަށް އޭގެ ބަދަލު އެކަންޏޭ ﷲ ތަޢާލާ ލިޔުއްވަނީ، އޭގެ އެއްފާފަ އެކަމުން އެލިބެނީ އެއްފާފަ އެހެންވީމާ އެފާފަ އެކަންޏޭ އެލިޔުއްވަވަނީ އަދި ބައްލަވާ ހެޔޮކަންތައްތައްތައް އެކަލާނގެ މިލިޔުއްވާ ހެޔޮ ކަންތައްތައް ﷲ އިރާދަ ކުރެއްވި އަޅަކަށް އޭގެ 700 ގުނަ ދަރަޖަޔަށް އިތުރުކުރައްވާ މަލްޓިޕްލެއިވޭ 700 ގުނަ ސުބްޙާނަﷲ

 

- ޝައިޚް ޢަލީ ޒައުދުގެ ދަރުސަކުން

 

މިއަދު އޮންލައިން