ބައްލަވާ ޢިލްމުވެރިންގެ ތެރޭގާ އުޅުއްވި ވަރަށް ފުންނާބުއުސް ޢިލްމުވެރިޔެއް ފުޟައިލުބުނު ޢިޔާމް ކިހިނެއްތޯވީ؟ ފުޟައިޟު ބުނު ޢިޔާމަކީ ކުރިން ވައްކަން ކުރަމުން ވަޑައިގެންނެވި ބޭކަލެއް. ވައްކަން ކުރައްވަން އުޅުއްވިއިރު އެއްދުވަހަކު ފާރެއްގެ މަތިން މިއަރަނީ. ގެޔަކަށް ވަންނަން. ވައްކަން ކުރަންވެގެން ރޭގަނޑު ދަންވަރު.
ދެން އަޑު މިއިވެނީ ކޮންއާޔަތެއް؟ ﷲ ގެ ވަޙީ ބަސްފުޅު މީހަކު ކިޔާ އަޑު އިވެނީ ރޭގަނޑުގެ ދަންވަރު މީހުން ނިދާފަވަނިކޮށް އެތަނުގަ މީހުންނެއް ނެތް އޭނަޔަށް މިއިވޭނީ މަޑުމަޑުން މީހަކު ޤުރްއާން ކިޔަވަމުން ކިޔާއަޑު" أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ " އީމާންވި މީހުންނަށް ވަގުތު ނާދޭހެއްޔޭ؟ ﷲ ގެމަތިން ހަނދުމަކުރާނޭ ﷲ ގެމަތިން ހަނދުމަކުރާނޭ ވަޤުތު އީމާންވީ މީހުންނަށް ނާދޭހެއްޔޭ؟
އޭނަޔަށް ވަގުތުން މިއާޔަތުގެ އަޑު ކަންފަތުގަ ޖެހެނީ. އޭނަ ކުއްލިއަކަށް ތުރުތުރު އަޅައިގެން ބުނަނީ ( ބަލާ ) އައިއްސިޔޭ ވަގުތު އައިއްސިއޭ، އެވަގުތު އައިއްސިއޭ ވަގުތުން އެކަން ހުއްޓާލެއްވީ. ދެން ކިހިނެއް ހެއްދެވީ؟ ޢިލްމު އުގެނިވަޑައިގަންނަވަން ފެއްޓެވީ. އުގެނެމުން އުގެނެމުން ގޮސް ބޮޑުސިންގާ ޢިލްމުވެރިޔަކަށް އެކަލޭގެފާނުފަހުން ވެވަޑައިގެންނެވީ،
ބައްލަވާ މީ މީގެކުރިން ވައްކަންކުރަން އުޅުނު ވަގެކޭ އެހެންނަމަވެސް ކިހިނެއްވީ ފަހުން ބޮޑުސިންގާ ޢިލްމުވެރިޔަކަށް ވެވަޑައިގެންނެވީ މިއަދު ނިކަން ބައްލަވާ އެކަލޭގެފާނުގެ ޢިލްމުގާ ބަރަކާތް ލެއްވެވިވަރާއި އެކަލޭގެފާނުގެ ޙަޔާތްޕުޅުގާ ބަރަކާތްލެއްވެވި ވަރު. މިއަދު މީގެ އެތައް ޤަރްނެއްފަހުން އަޅުގަނޑުމެން މިއަދު މިމިސްކިތުގާ މިދައްކަނީ އެކަލޭގެފާނުގެ ވާހަކަ.
މިހިރީ الله سُبْحَانَهُ وَتَعَالى ތައުބާވާ މީހުންނަށް ތައުބާ ލައްވާގޮތް. އެމީހުންގެ ޙަޔާތުގާ ބަރަކާތް ލައްވާގޮތް. އެމީހުން މަރުވުމަށް ފަހުވެސް އެމީހުންގެ ނަން ﷲ ތަޢާލާ ފަހުގެ ޖީލުތަކަށް ދަންމަވާލައްވައޭ. އެކަން އެމީހުންގެ ނަން ޛިކުރު ކުރުމަށްޓަކައި މީހުންގެ މެދުގާ އެމީހުންގެ ނަން ޛިކުރު ކުރެވުމަށްޓަކައި މަސައްކަތް ކުރާމީހުން އެމީހުންގެ ޙަޔާތުން އަސަރުތަކެއް ނާދޭ. މީހުން އެމީހުންގެ ވާހަކައެއް ނުދައްކާ އެމީހުން މަރުވުމާއެއްކޮށް އެމީހުން އެދިޔައީ. ނިކަން ބައްލަވާ ކުރީގެ ރަސްރަސްކަލުން ކިތައް ރަސްރަސްކަލުންގެ ވާހަކަތޯ އަޅުގަނޑުމެނަށް އެގެނީ؟ ނޭނގޭ އެކައްޗެއްވެސް ނޭނގޭ. ބާރުގަދަ ވެގެން ދުނިޔޭގަ ލެއްވިހާކަމެއް ތިމަންނަމެން ކުރަމުންދިޔަ ރަސްރަސްކަލުން އެބައުޅޭ. ނުބައި ފާސިޤު ރަސްރަސްކަލުން އެމީހުންގެ ޙަޔާތުގަ ބަރަކާތެއް ނުލައްވާ އެހެންވީމާ މިއަދު އަޅުގަނޑުމެންނަކަށް މާބޮޑަކަށް ނޭނގޭ އެމީހުންނެއް. އެކަމަކު ބައްލަވާ އިބްނު ތައިމީއާއި ޢިލްމުވެރިން އަޅުގަނޑުމެންނަށް އެބައެގޭ އަލްއިމާމުއްޝާފިޢީ އެބައެނގޭ އަލްއިމާމް މާލިކް އަޅުގަނޑުމެންނަށް އެބައެނގޭ މިހުންނަނީ ﷲ ތަޢާލާ ބަރަކާތް ލެއްވެވި ބޭކަލުން-
ދުޢާއަކީ الله سُبْحَانَهُ وَتَعَالى އަޅުގަނޑުމެންނަށް ހިދާޔަތް ދައްކަވާ އަޅުގަނޑުމެންގެ ޙަޔާތުގާ ބަރަކާތް ލެއްވުން އަދި ހަމަ އެހެންމެ އަޅުގަނޑުމެންނަކީ الله سُبْحَانَهُ وَتَعَالى މަތިން ވަރުގަދަޔަށް ހަނދުމަކުރާ ބައެއްކަމުގާ ލެއްވުން.
- ޝައިޚް ޢަލީ ޒައިދުގެ ދަރުސަކުން