ކައިވެނި ރޫޅޭ ހިސާބުން ކުށްވެރިޔާއަށް ނުބަލައި އެކަކު އަނެކަކަށް މާފުކޮށް ހިތް ސާފުކޮށް ޠޯހިރުކުރުމަކީ ދެންކުރާ ކައިވެންޏަށް ފަސޭހަވެގެންދާނެކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކައިވެނި ރޫޅޭ ހިސާބުން ކުށްވެރިޔާއަށް ނުބަލައި އެކަކު އަނެކަކަށް މާފުކޮށް ހިތް ސާފުކޮށް ޠޯހިރުކުރުމަކީ ދެންކުރާ ކައިވެންޏަށް ފަސޭހަވެގެންދާނެކަމެއް! އިން ޝާ ﷲ

އެއީ އަހުރެންގެ ވަރަށް ގާތް ޢާއިލާއެއްގެ އަންހަނަކު ވަރިކުރެވުނު ދުވަހެކެވެ. އެވަޤުތު އަހުރެންނަށް އެގެއަށް ދެވުނެވެ. ވަރަށް ހިތާމައާއިއެކު ބުނަމެވެ. އެއީ ވަރަށް ނުރަނގަޅު ފިރިއެކެވެ. އެކަމަކު އަންހެންކުއްޖާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ޝަކުވާ ކުރީ އޭނާގެ މަންމައެވެ.  

މަންމަ ބުނީ އެފިރިހެނާއަށް މާފްނުކުރާނެ ކަމަށެވެ. އެބަހުން އަހުރެންނަށް ވަރަށް އަސަރުކުރިއެވެ. އެހެންވެ ސުވާލުކުރީމެވެ. "ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގައި އަހުރެމެން މިވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. ﷲ ތަޢާލާ އަހުރެމެންނަށް ޢަފޫ ނުކުރައްވަވައިފިނަމަ އަހުރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟"  

ބުނަން ހެއްޔެވެ؟ އެއްވެސް މީހަކަށް މާފުނުކުރެވޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. މީހެއްގެ މަތިން ހަނދާންވުމުން އެމީހަކަށް ނަފްރަތުކުރެވޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެކަމުން އެނގެނީ އަހުރެމެންގެ ހަށިގަނޑުގައިވަނީ ﷲ ތަޢާލާ އެދިވޮޑިގަންނަވާފަދަ ހިތެއް ނޫންކަމެވެ.  

ވިސްނައިލާށެވެ! ވަރަށް މަދު ކައިވެންޏެއް ނޫނީ ރޫޅިގެންދާނީ ދެމީހުންކުރެ އެކެއްގެ ސަބަބުންނެވެ. ދެން ކައިވެނި ރޫޅޭ ޙިސާބުން ނުރަނގަޅު މީހާއަށް މާފްނުކުރީމާ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ ދަރިންތިބިނަމަ ދަރިންގެ ކަންކަމުގައި ކުރިމަތިލާން ދެމީހުންނަށްވެސް ޖެހޭނެއެވެ. އެކަކު އަނެކަކަށް މާފްނުކޮށް ރުޅިވެރިކަންމަތީގައި ތިބެގެން ބައްދަލުކުރުމުން ޙާޞިލްކުރެވޭނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟  

ވީމާ ކައިވެނި ރޫޅައިލެވޭ ހިސާބުން ފުރަތަމަ ކަމަކަށްވެސް އެކަކު އަނެކަކަށް މާފުކުރާށެވެ! ނިމުނު ޞަފްޙާތައް ލައްޕައިލާށެވެ! މުޅިން އައު ޞަފްޙާއެއް ހުޅުވައިލާށެވެ! (ދެމީހުން އަލުން ގުޅެން ބޭނުން ނޫންނަމަ އިތުރު ކައިވެންޏެއް ކުރާށެވެ!) ތިމާގެ ހިތް ސާފުކޮށް ޠޯހިރު ގޮތުގައި ބޭއްވުމުން އެކަމަށްވެސް ފަސޭހަވެގެންދާނެއެވެ. އިން ޝާ ﷲ

 

- މަޢުލުމާތު: ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން